Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޔޫއޭއީ

އެކުވެރި އަރަބި އިމާރާތުން ޖައްވުގައި ހޮސްޕިޓަލެއް ހުޅުވަނީ

1 ފެބުރުއަރީ 2018 | ބުރާސްފަތި 07:49

މި ހޮސްޕިޓަލުން ފަރުވާދޭނީ އެސްޓްރޮނޯޓުންނަށް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 1 ފެބުރުއަރީ 2018 | ބުރާސްފަތި 07:49
ޖައްވީ ހޮސްޕިޓަލް މަޝްރޫޢު ހިންގުމަށް ހަމަޖެހިފައި ވަނީ ޔޫއޭއީ ސެންޓެންނިއަލް 2071 ގެ މަޝްރޫޢުއެއްގެ ގޮތުގައި

ޖައްވީ ހޮސްޕިޓަލް މަޝްރޫޢު ހިންގުމަށް ހަމަޖެހިފައި ވަނީ ޔޫއޭއީ ސެންޓެންނިއަލް 2071 ގެ މަޝްރޫޢުއެއްގެ ގޮތުގައި

އެކުވެރި އަރަބި އިމާރާތުން ޖައްވުގައި ހޮސްޕިޓަލެއް ޤާއިމް ކުރަން ނިންމައި، އެ މަޝްރޫޢު އިޢުލާނުކޮށްފިއެވެ.

"އެމިރޭޓްސް ސްޕޭސް ހޮސްޕިޓަލް" މަޝްރޫޢު އިޢުލާނުކޮށްފައި ވަނީ މިހާރު ދުބާއީގައި ކުރިއަށްދާ އަރަބް ހެލްތު ކޮންފަރެންސްގައެވެ.

އެކުވެރި އަރަބި އިމާރާތުގެ މި މަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވަނީ، އެ ޤައުމުގެ ނޭޝަނަލް ސްޕޭސް ޕްރޮގްރާމްގެ ބެލުމުގެ ދަށުން، ޔޫއޭއީ ސެންޓެންނިއަލް 2071 ގެ މަޝްރޫޢުއެއްގެ ގޮތުގައެވެ.

"ޔޫއޭއީ ސެންޓެންނިއަލް 2071" އަކީ 2017 ވަނަ އަހަރު، އެކުވެރި އަރަބި އިމާރާތުގެ ނާއިބު ރައީސް ޝައިޚް މުޙައްމަދު ބިން ރާޝިދް އަލް މަޚްތޫމް އިޢުލާނުކުރެއްވި ދިގުމުއްދަތުގެ ތަރައްޤީގެ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ، އެކުވެރި އަރަބި އިމާރާތް އުފެދުނުތާ 100 އަހަރު ފުރޭ، 2071 ވަނަ އަހަރު އަންނަންވާއިރަށް އެ ޤައުމަކީ، ހުރިހާ ގޮތަކުން ދުނިޔޭގެ އެންމެ ފުރިހަމަ ޤައުމަށް ހެދުމެވެ.

ޖައްވުގައި ޤާއިމްކުރާ ހޮސްޕިޓަލާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ދެއްވަމުން، އެކުވެރި އަރަބި އިމާރާތުގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ޕްރޮޓެކްޝަންގެ ޑިރެކްޓަރ އޮފް ހޮސްޕިޓަލް އެޑްމިނިސްޓްރޭޝަން، ޑރ. ކުލްޘޫމް އަލް ބަލޫޝީ ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން، ޖައްވުގައި ޤާއިމްކުރެވޭ ހޮސްޕިޓަލްގެ ޚިދުމަތް ދޭނީ ޖައްވުގައި ތިބޭ އެސްޓްރޮނޯޓުންނަށް ކަމަށެވެ. އަދި އެ ޚިދުމަތް ދޭނީ ނެނޯޓެކްނޮލޮޖީ ބޭނުންކޮށްގެން ކަމަށެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ، އެ ހޮސްޕިޓަލުން ޚިދުމަތް ދޭނީ ޓެލެމެޑިސިން މެދުވެރިކޮށް ކަމަށާއި، ޓެލެމެޑިސިންއަކީ ހަމައެކަނި ދުނިޔޭގައި ހުރި ހޮސްޕިޓަލްތަކުން ލިބޭ ޚިދުމަތަކަށް ވާން ނުޖެހޭ ކަމަށެވެ.

އިތުރަށް ކިޔާލަން

24 މެއި 2021

ކޮވިޑް ފިޔަވަޅުތަކުން ރެކިގަތުމަށް ކައިވެނީގެ ހަފްލާ ޖައްވުގައި

24 މެއި 2021
ކޮވިޑް ފިޔަވަޅުތަކުން ރެކިގަތުމަށް ކައިވެނީގެ ހަފްލާ ޖައްވުގައި
05 މެއި 2020

މެޑޯނާ ކޮވިޑް-19 ޕޮޒިޓިވްވިކަން ހާމަކުރިތާ އެއްދުވަސް ފަހުން އެކުވެރިއެއްގެ ޕާޓީއެއްގައި ބައިވެރިވެއްޖެ

05 މެއި 2020
މެޑޯނާ ކޮވިޑް-19 ޕޮޒިޓިވްވިކަން ހާމަކުރިތާ އެއްދުވަސް ފަހުން އެކުވެރިއެއްގެ ޕާޓީއެއްގައި ބައިވެރިވެއްޖެ
20 ފެބުރުއަރީ 2019

ކައިލީގެ އެންމެ ގާތް އެކުވެރިޔާ އާއިލާއަށް ބޭވަފާތެރިވީތަ؟

20 ފެބުރުއަރީ 2019
ކައިލީގެ އެންމެ ގާތް އެކުވެރިޔާ އާއިލާއަށް ބޭވަފާތެރިވީތަ؟
27 ޖެނުއަރީ 2019

އޮސްކާ އަށް ނޮމިނޭޓްވި ފުރަތަމަ އަރަބި އަންހެނަކަށް ނަދިން ލަބަކީ

27 ޖެނުއަރީ 2019
އޮސްކާ އަށް ނޮމިނޭޓްވި ފުރަތަމަ އަރަބި އަންހެނަކަށް ނަދިން ލަބަކީ
14 މެއި 2018

އައިމެކްސްވެސް ސައުދީ އަރަބިއާއަށް

14 މެއި 2018
އައިމެކްސްވެސް ސައުދީ އަރަބިއާއަށް
27 މާރިޗު 2018

'މާޗް ފޯ އަވަރ ލައިވްސް'ގައި ބައިވެރިވީ ގާތް އެކުވެރިޔާ ޖޯން ލެނަންގެ ހަނދާނުގައި

27 މާރިޗު 2018
'މާޗް ފޯ އަވަރ ލައިވްސް'ގައި ބައިވެރިވީ ގާތް އެކުވެރިޔާ ޖޯން ލެނަންގެ ހަނދާނުގައި
03 ޑިސެމްބަރު 2017

އަރަބިންގެ ނޯ ވުމަން ނޯ ކްރައިއަށް ބޮޑު ތަރުޙީބެއް

03 ޑިސެމްބަރު 2017
އަރަބިންގެ ނޯ ވުމަން ނޯ ކްރައިއަށް ބޮޑު ތަރުޙީބެއް
26 އޮކްޓޯބަރު 2017

ސައުދީ އަރަބިއްޔާ އިން ރޮބޮޓަކަށް ރަށްވެހިކަން ދީފި

26 އޮކްޓޯބަރު 2017
ސައުދީ އަރަބިއްޔާ އިން ރޮބޮޓަކަށް ރަށްވެހިކަން ދީފި
19 ޖުލައި 2017

"ޖަބް ހެރީ މެޓް ސޭޖަލް"  ފުރަތަމަ އަޅުވަނީ އަރަބި ގައުމުތަކުގައި

19 ޖުލައި 2017
"ޖަބް ހެރީ މެޓް ސޭޖަލް"  ފުރަތަމަ އަޅުވަނީ އަރަބި ގައުމުތަކުގައި
05 އެޕްރީލު 2017

އާލިޔާ އެކުވެރިންނާ އެކު މަޖާ ވަގުތުކޮޅެއް ހޭދަކޮށްފި

05 އެޕްރީލު 2017
އާލިޔާ އެކުވެރިންނާ އެކު މަޖާ ވަގުތުކޮޅެއް ހޭދަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް