Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުނަދީން ލަބަކީ

އޮސްކާ އަށް ނޮމިނޭޓްވި ފުރަތަމަ އަރަބި އަންހެނަކަށް ނަދިން ލަބަކީ

ނޮމިނޭޓްވެފައި ވަނީ '' ކަޕްހާރްނައުމް'' ފިލްމު

އަލީ ސަމާޚް
އަލީ ސަމާޚް | 27 ޖެނުއަރީ 2019 | އާދީއްތަ 04:04
ލުބްނާނުގެ ޑައިރެކްޓަރ ނަދިން ލަބަކީ

ލުބްނާނުގެ ޑައިރެކްޓަރ ނަދިން ލަބަކީ

މަޝްހޫރު ''އޮސްކާ އެވޯޑް'' އަށް ނޮމިނޭޓްވި ފުރަތަމަ އަރަބި އަންހެނަކަށް ލުބްނާނުގެ ޑައިރެކްޓަރ ނަދިން ލަބަކީ ހިމެނިއްޖެއެވެ.

އޮސްކާގައި ހިމެނޭ ''ފޮރިން ލެންގުއޭޖް'' ފިލްމު ކެޓަގަރީ ގައި ނަދިން ޑައިރެކްޓް ކޮށްފައިވާ ''ކަޕްހާރްނައުމް'' ވަނީ ހިމެނިފައެވެ.

މިއާއެކު އޭނާ ވެގެން ގޮސްފައިވަނީ އޮސްކާ އަށް ނޮމިނޭޓްވި ފުރަތަމަ އަރަބި އަންހެނާއަށެވެ. އަދި މި އަހަރުގެ ބެސްޓް ޑައިރެކްޓްރީ ކެޓަގަރީގައި ނޮމިނޭޓްވެފައިވާ ހަމައެކަނި އަންހެނަކީ ވެސް ނަދިންއެވެ.

އަރަބި ނޫސްތަކަށް ދިން އިންޓަވިއުއެއްގައި ނަދިން ބުނީ، އޭނާގެ މަގްސަދަކީ ފިލްމުތައް ހެދުމަށް މަސައްކަތް ކުރާ ހުރިހާ އަންހެނުން ތަމްސީލް ކޮށް ދިނުން ކަމަށެވެ.

އަރަބި ބަހުން ހަދާފައިވާ ''ކަޕްހާރްނައުމް'' ފިލްމު 2018 އަށް ވަނަ އަހަރުގެ ކޭންސް ފިލްމު ފެސްޓިވަލް އަށް ވެސް ނޮމިނޭޓް ވެފައިވާއިރު، އެމެރިކާގެ މަޝްހޫރު ޕްރެޒެންޓަރ އޮޕްރާ ވިންފްރޭގެ އިތުރުން ލުބްނާންގެ ފޮރިން މިނިސްޓަރު ގެބްރަން ވެސް ވަނީ އެފިލްމަށް ތައުރީފްކޮށްފައެވެ.

އެ ފިލްމުގައި ދައްކުވައި ދެނީ އުމުރުން 12 އަހަރުގެ ރެފިއުޖީ ކުއްޖަކައީ ކެންޔާގެ ކުއްޖަކު ލުބްނާންގެ ވެރިރަށުގެ މަގުމަތީގައި ދިމާވާ ކަންތައްތަކުގެ މައްޗަށެވެ.

ލުބްނާނުގެ ދާހިލީ ހަނގުރާމައިގެ ތެރޭގައި ޅައުމުރު ދުވަސްތައް ހޭދަކުރި ނަދީން ފިލްމީ ދާއިރާ އަށް ނުކުމެފައިވަނީ 2003 ވަނަ އަހަރުއެވެ. ''ކަޕްހާރްނައުމް'' ފިލްމަކީ އޭނާގެ ތިންވަނަ ޑައިރެކްޝަންއެވެ.

އިތުރަށް ކިޔާލަން

05 މާރިޗު 2017

"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!

05 މާރިޗު 2017
"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!
01 މާރިޗު 2017

ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި

01 މާރިޗު 2017
ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި
28 ފެބުރުއަރީ 2017

ބެސްޓް ޕިކްޗަރގެ އޮސްކާ އޮޅިގެން "ލާލާ ލޭންޑަށް" ދީފި!

28 ފެބުރުއަރީ 2017
ބެސްޓް ޕިކްޗަރގެ އޮސްކާ އޮޅިގެން "ލާލާ ލޭންޑަށް" ދީފި!
27 ފެބުރުއަރީ 2017

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރާއި ދެކޮޅަށް އިހްތިޖާޖްކުރި އިރާންގެ ފިލްމު ޑިރެކްޓަރަށް އޮސްކާ އެވޯޑް ލިބިއްޖެ

27 ފެބުރުއަރީ 2017
ޓްރަމްޕްގެ އިމިގްރޭޝަން ގަރާރާއި ދެކޮޅަށް އިހްތިޖާޖްކުރި އިރާންގެ ފިލްމު ޑިރެކްޓަރަށް އޮސްކާ އެވޯޑް ލިބިއްޖެ
26 ފެބުރުއަރީ 2017

ވައިޓް ހެލްމެޓްސް ޖަމާޢަތް އޮސްކާއަކަށް ނުދާނެ

26 ފެބުރުއަރީ 2017
ވައިޓް ހެލްމެޓްސް ޖަމާޢަތް އޮސްކާއަކަށް ނުދާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު