Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމެޑޯނާ ޕާޓީއެއްގައި ބައިވެރިވުން

މެޑޯނާ ކޮވިޑް-19 ޕޮޒިޓިވްވިކަން ހާމަކުރިތާ އެއްދުވަސް ފަހުން އެކުވެރިއެއްގެ ޕާޓީއެއްގައި ބައިވެރިވެއްޖެ

މެޑޯނާ ހުރީ އޭނާގެ ގޭގައި ކަރަންޓީންގައި ކަމަށް މެނޭޖަރ ވަނީ ބުނެފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 5 މެއި 2020 | އަންގާރަ 16:27
މެޑޯނާ އާއި ސްޓީވަން ކްލެއިން

މެޑޯނާ އާއި ސްޓީވަން ކްލެއިން

މައްޝޫރު ލަވަކިއުންތެރިޔާ މެޑޯނާ ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ހާމަކުރިތާ އެއްދުވަސް ފަހުން އޭނާގެ އެކުވެރިއެއްގެ ޕާޓީގައި ބައިވެރިވެއްޖެއެވެ.

މެޑޯނާ ބައިވެފައިވަނީ ފިލްމް މޭކަރ އަދި ސެލެބްރިޓީ ފޮޓޯގްރާފަރ ސްޓީވަން ކްލެއިންގެ އުފަންދުވަހުގެ ޕާޓީގައެވެ.

ސްޓީވަން ކްލެއިން އޭނާ ގެ އިންސްޓަގްރާމްގައި މެޑޯނާއާއިއެކު ވަރަށް ގާތްކޮށްހުރެ ޕާޓީ ތެރޭގައި ނަގާފައިވާ ފޮޓޯއެއް ވަނީ ހިއްސާކޮށްފައެވެ. އެކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި މެޑޯނާ ސޯޝަލް ޑިސްޓެންސިންއަށް ފަރުވާ ނުބަހައްޓާކަމަށް ބުނެ ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފައެވެ.

ނަމަވެސް މެޑޯނާގެ މެނޭޖަރ ވަނީ މި ޚަބަރު ދޮގުކޮށްފައެވެ. މެޑޯނާގެ މެނޭޖަރ ބުނެފައިވަނީ އެ ޕާޓީއަކީ ވަރޗުއަލްކޮށް ބޭއްވި ޕާޓީއެއް ކަމަށާއި މެޑޯނާ ކަރަންޓީން ވެގެން ހުރީ އޭނާގެ ގޭގައި އާއިލާ އާއި ކްރޫއިންނާއި އެކުގައި ކަމަށެވެ.

މި ޕާޓީއަށް އައީ 5 ވަރަކަށް މީހުން ކަމަށާއި އެ އެންމެންނަކީވެސް މަހެއްހާ ދުވަހު ކަރަންޓީން ވެގެން ތިބި ބައެއް ކަމަށެވެ. އަދި މެޑޯނާއާ ގުޅުވައިގެން ދޮގު ޚަބަރު ނުފެތުރުމަށާއި މެޑޯނާ އޭނާގެ އަމިއްލަ ނަފްސް އަދި އާއިލާ ރިސްކެއްގެ ތެރެއަށް ނުލާނެ ކަމަށް ވަނީ ބުނެފައެވެ.

މެޑޯނާގެ މެނޭޖަރ ހިއްސާކޮށްފައިވާ ވީޑިއޯގައި ކޮޓަރިއެއްގެ ތެރޭގައި އަށް ވަރަކަށްމީހުން ފެނިގެންދެއެވެ. އަދި އެ އެންމެވެސް ދިޔައީ މާސްކް ވެސް ނާޅާ އިޖްތިމާއީ ގައިދުކުރުކަމެއްނެތި މަޖާކުރަމުންނެވެ.

އިތުރަށް ކިޔާލަން

10 މާރިޗު 2020

މެޑޯނާ ފްރާންސްގައި ބާއްވަން އުޅުނު ޝޯވ ކެންސަލްކޮށްފި

10 މާރިޗު 2020
މެޑޯނާ ފްރާންސްގައި ބާއްވަން އުޅުނު ޝޯވ ކެންސަލްކޮށްފި
12 ޖުލައި 2018

ފަންނޭ ޚާން ގެ ލަވަ، މުހައްބަތުގައި އައިޝްވަރިޔާ އަކީ އިންޑިއާގެ މެޑޯނާ

12 ޖުލައި 2018
ފަންނޭ ޚާން ގެ ލަވަ، މުހައްބަތުގައި އައިޝްވަރިޔާ އަކީ އިންޑިއާގެ މެޑޯނާ
20 ސެޕްޓެމްބަރު 2017

އަދިވެސް ކުދިން އެޑޮޕްޓް ކުރަން ބޭނުން: މެޑޯނާ

20 ސެޕްޓެމްބަރު 2017
އަދިވެސް ކުދިން އެޑޮޕްޓް ކުރަން ބޭނުން: މެޑޯނާ
04 ސެޕްޓެމްބަރު 2017

މެޑޯނާ ޕޯޗުގަލްއަށް ދިރިއުޅުން ބަދަލުކޮށްފި

04 ސެޕްޓެމްބަރު 2017
މެޑޯނާ ޕޯޗުގަލްއަށް ދިރިއުޅުން ބަދަލުކޮށްފި
11 ޖުލައި 2017

ލަވަ ކިޔުންތެރިޔާ މެޑޯނާ މަލާވީގައި ކްލިނިކެއް ހުޅުވައިފި

11 ޖުލައި 2017
ލަވަ ކިޔުންތެރިޔާ މެޑޯނާ މަލާވީގައި ކްލިނިކެއް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު