Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމަތިންދާ ބޯޓެއްގައި ކައިވެނިކުރުން

ކޮވިޑް ފިޔަވަޅުތަކުން ރެކިގަތުމަށް ކައިވެނީގެ ހަފްލާ ޖައްވުގައި

މި މައްސަލަ އިންޑިއާގެ އޭވިއޭޝަން އޮތޯރިޓީން މިހާރު ދަނީ ތަހުގީގު ކުރަމުން

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު, ރާއްޖެ އެމްވީ | 24 މެއި 2021 | ހޯމަ 18:08
މަތިންދާ ބޯޓެއްގައި ބޭއްވި ކައިވެނީގެ ހަފްލާ

މަތިންދާ ބޯޓެއްގައި ބޭއްވި ކައިވެނީގެ ހަފްލާ

ކޮވިޑް 19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުން ރެކުމަށްޓަކައި އިންޑިއާގެ ދެމީހަކު މަތިންދާބޯޓެއްގައި ކައިވެނީގެ ހަފްލާ ބާއްވައިފިއެވެ.

ސޯޝަލް މީޑއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއެއްގައި ގިނަ އަދަދެއްގެ މެހެމާނުންނާއެކު އަލަތު ކައިވެނީގެ ހެދުމުގައި ދެމީހަކު މަތިންދާ ބޯޓެއްގައި ތިބި މަންޒަރު ފެނިގެން ދެއެވެ. މި މަތިންދާ ބޯޓަކީ ކައިވެނީގެ ހަފްލާ ބޭއްވުމަށް އެ ދެމަފިރިން ކުއްޔަށް ހިފި މަތިންދާބޯޓެއް ކަމަށް ބުނެވެއެވެ.

މިއީ އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ޓަމިލްނާޑޫގައި ހިނގި ކަމެކެވެ. ކޮވިޑް 19 ގެ ބަލިމަޑުކަން ފެތުރުން ކޮންޓޯލް ކުރުމުގެ ގޮތުން, ކައިވެނީގެ ހަފްލާތަކުގައި ބައިވެރިވެވޭނީ 50 މެހެމާނުން ކަމަށް އެ ސްޓޭޓްގައި ދާދިފަހުން ވަނީ ނިންމާފައެވެ. ބެލެވޭ ގޮތުން ކައިވެނީގެ ހަފްލާ ބޭއްވުމަށް މަތިންދާ ބޯޓެއް ކުއްޔަށް ހިފުމަށް ނިންމީ މި ސަބަބަށްޓަކައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކަށް ބަލާއިރު, އެ ބޯޓު އޮތީ އެއްކޮށް ފުރިފައެވެ. އޭގެ ތެރެއިން ގިނަ މީހުން ތިބީ މާސްކު ނާޅާ ނުވަތަ މާސްކް ތިރިކޮށްގެންނެވެ.

މި މަތިންދާ ބޯޓު ކުއްޔަށް ހިފާފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނު މަދޫރާއީން ކަމަށާއި, އެކަމަކު ކުއްޔަށް ނެގީ ކައިވެނީގެ ހަފްލާއެއް ބާއްވަން ކަމެއް އޭރު އެނގިފައި ނުވާކަމަށް އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މި މައްސަލަ އިންޑިއާގެ އޭވިއޭޝަން އޮތޯރިޓީން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮވިޑް-19އިންޑިއާ

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް
15 ޑިސެމްބަރު 2025

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް
14 ޑިސެމްބަރު 2025

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި
13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު