Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ކާޑޭޝިއަން - ޖެނަރ

ކައިލީގެ އެންމެ ގާތް އެކުވެރިޔާ އާއިލާއަށް ބޭވަފާތެރިވީތަ؟

ކައިލީ އާއި ޖޯޑިން ދިމާވެފައިވަނީ އެތަކެއް އަހަރެއް ކުރިން

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2019 | ބުދަ 19:07
ކައިލީ ޖެނަރ އާއި ޖޯޑިން ވުޑްސް

ކައިލީ ޖެނަރ އާއި ޖޯޑިން ވުޑްސް

އެމެރިކާގެ މަޝްހޫރު ރިއަލިޓީ ތަރިންކަމަށްވާ ކާޑޭޝިއަން-ޖެނަރ އާއިލާ އަނެއްކާވެސް ހަބަރުތަކުގެ ސުރުހީތައް ނަގަން ފަށައިފިއެވެ.

މި ފަހަރު ހަބަރުތަކުގައި އުޅެނީ ކައިލީ ޖެނަރގެ އެންމެ ގާތް އެކުވެރިޔާ، ޖޯޑިން ވުޑްސް، އާއިލާއަށް ބޭވަފާތެރިވި ވާހަކައެވެ.

އެގޮތުން، އެމެރިކާގެ މުނުފޫހިފިލުމުގެ ދާއިރާގެ ހަބަރު ގެނެސްދޭ ފަރާތްތަކުން ރިޕޯޓްކުރާ ގޮތުގައި، ޖޯޑިންވަނީ ކައިލީގެ ދައްތަ، ކްލޯއީ ކާޑޭޝިއަންގެ ލޯބިވެރިޔާ އަދި ދަރިފުޅު ޓްރޫގެ ބައްޕަ، ބާސްކެޓް ބޯޅަ ކުޅުންތެރިޔާ ޓްރިސްޓަން ތޯމްޕްސަންއާއެކު ގުޅުމެއް ހިންގާފައެވެ.

(ކ-ވ): ޖޯޑިން ވުޑްސް، ކްލޯއީ ކާޑޭޝިއަން އަދި ޓްރިސްޓަން ތޮމްޕްސަން

ރިޕޯޓްތައް ބުނާ ގޮތުން، ކްލީވްލޭންޑްގައި ދިރިއުޅޭ ޓްރިސްޓަންވަނީ ކްލޯއީއާއެކު ވެލެންޓައިސް ޑޭ ފާހަގަކުރުމަށް ލޮސް އެންޖެލިސްއަށް ދަތުރުކޮށްފައެވެ. އަދި އެއަށްފަހު އައި ހަފްތާ ބަންދުގައި އެލް.އޭގައި އޮތް ޕާޓީއަކަށް އޭނާވަނީ ގޮސްފައެވެ. އަދި މި ޕާޓީގައި ޖޯޑިންއާ ދިމާވެ ދެ "ވަރަށް ގައިގޯޅި"ކޮށް އުޅެނިކޮށް މީހުންނަށް ފެނިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ޖޯޑިން އެ ރޭ ހޭދަ ކުރީވެސް ޓްރިސްޓަންއާއެކުކަމަށް ރިޕޯޓްތައް ބުނެއެވެ.

އަދި އެ ވާހަކަ ކްލޯއީއަށް އެނގުމުން ޓްރިސްޓަންއާ ސުވާލުކުރުމުން އޭނާ އެއްބަސްވިކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ފުރަތަމަ އެ ވާހަކަ ރިޕޯޓްކުރެވެން ފެށުމުން ޓްރިސްޓަންވަނީ "ފޭކް ނިއުސް" ކިޔާ ޓްވީޓެއްކޮށްފައެވެ. އޭނާ މިހާރުވަނީ މި ޓްވީޓް ޑިލީޓްކޮށްފައެވެ.

މީގެ އެތަކެއް އަހަރު ކުރިން މަޝްހޫރު ފިލްމީތަރިންކަމަށްވާ ވިލް އާއި ޖޭޑާ ޕިންކެޓް ސްމިތުގެ ދަރިފުޅު ޖޭޑަން މެދުވެރިކޮށް ކައިލީއާ ދިމާވި ޖޯޑިންއަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. ދެ މީހުން އެކުގައި ދިރިއުޅެފައިވާއިރު، ޗުއްޓީވެސް ގިނައިން ހޭދަ ކުރަނީ އެކުގައެވެ. ދާދި ފަހުންވެސް، ކައިލީގެ ދަރިފުޅު ސްޓޯމީގެ އުފަންދުވަހުގެ ކުރިން ކުރި ވަރަށް ޕްރައިވެޓް ދަތުރެއްގައި ޖޯޑިން ބައިވެރިވިއެވެ. އަދި ޖޯޑިންއަކީ އާއިލާ އެންމެނާ ވެސް ގާތް މީހެކެވެ. އާއިލާ އެހެން މީހުންގެ އުފަން ދުވަހާއި އެފަދަ އެހެނިހެން ހުރިހާ ހަފްލާއެއްގައި ބައިވެރިވެސް ވެއެވެ.

ޖޯޑިން އެންމެ ފަހުން ކޮށްފައިވާ އިންސްޓަގްރާމް ޕޯސްޓެއްގައި "ބޭބީގަރލް"ޖަހަފައި ކްލޯއީ ވަނީ ކޮމެންޓްކޮށްފައެވެ.

މިއީ މީގެ ދެ ދުވަސް ކުރިން ކޮށްފައިވާ ޕޯސްޓަކަށްވާއިރު، ޖޯޑިންއޭ ކިޔައިގެން ދެކެވޭ ވާހަކައަކީ އަސްލު ވާހަކައެއްތޯ މީހުން ދަނީ ސުވާލު ކުރަމުންނެވެ.

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މިއީ މާޗް 31 ގައި ފަށާ ކާޑޭޝިއަން-ޖެނަރ އާއިލާގެ ރިއަލިޓީ ޝޯވ 'ކީޕިންގ އަޕް ވިތު ދަ ކާޑޭޝިއަންސް'ގެ ސީޒަން 16 ޕްރޮމޯޓް ކުރަން އާއިލާއިން ކުރާ ކަމެކެވެ.

ޖޯޑިންއާއި ޓްރިސްޓަންގެ ވާހަކަ ރިޕޯޓްކޮށްފައިވާ އިންސްޓަގްރާމް އެކައުންޓެއްކަމަށްވާ 'ހޮލީވުޑް އަންލޮކްޑް'ގެ ޕޯސްޓެއްގައި ކްލޯއީގެ އެންމެ ގާތް އެކުވެރިޔާ މަލިކާ ހަގްވަނީ މި ވާހަކަތަކަކީ ތެދެއްކަމަށް ދޭހަވާގޮތަށް ކޮމެންޓްކޮށްފައެވެ. އޭނާ ބުނެފައިވަނީ "ވަރުގަދަ ފެކްޓްތަކެއް"ކަމަށެވެ. އަދި ކްލޯއީވެސް ވަނީ ހަމަ އެ ޕޯސްޓްގައި ކޮމެންޓްކޮށްފައެވެ. އޭނާ ޕޯސްޓްކޮށްފައިވަނީ "ހަޅޭއްލަވާ" އިމޯޖީތަކެކެވެ.

'ހޮލީވުޑް އަންލޮކްޑް' ޕޯސްޓްގައި ކްލޯއީ އާއި މަލިކާ ކޮށްފައިވާ ކޮމެންޓްތައް

މިއީ ކްލޯއީއަށް ޓްރިސްޓަން ބޭވަފާތެރިވ ފުރަތަމަ ފަހަރެއް ނޫނެވެ.

2018 ވަނަ އަހަރުގެ އޭޕްރިލް މަހު، ދަރިފުޅު ވިހެއުމަށް ދުވަސްކޮޅަކަށް ވެފައިވަނިކޮށް 'ޓީއެމްޒީ'އިން އެފަދަ ވާހަކައެއް ފަޅާ އަރުވާލިއެވެ. އަދި އެ ފަހަރު، ޓްރިސްޓަން އެހެން އަންހެނުންތަކަކާއެކު ފެންނަ ވީޑިއޯތަކެއް ވެސް ވަނީ ލީކްކޮށްފައެވެ.

އެއަށްފަހު ވެސް، ކްލޯއީ ނިންމާފައިވަނީ ޓްރިސްޓަންއާ ރުޅި ނުވާށެވެ. ނަމަވެސް، ޖޯޑިންއާއެކު ގުޅުން ހިންގި ހަބަރަށްފަހު ދެ މީހުން ރުޅިވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ކައިލީއާއި ޖޯޑިންގެ ގުޅުންވެސް އެންމެ ރަނގަޅު ނޫންކަމަށާއި، އާއިލާއިން އޭނާއާ ގުޅުން ކަނޑާލަން ނިންމާފައިވާކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފޯބްސްގެ ބިލިއަނަރުންގެ ލިސްޓުން ކައިލީގެ ނަން އުނިކޮށްފި

ފޯބްސްގެ ބިލިއަނަރުންގެ ލިސްޓުން ކައިލީގެ ނަން އުނިކޮށްފި

30 މެއި 2020
ޑްރޭކްގެ 3 އަހަރު ކުރީގެ ލަވައެއްގައި ކައިލީގެ ވާހަކަ: އޭނާއަށް 19 އަހަރުގައި ދެ މީހުން ރަށްޓެހިވިތަ؟

ޑްރޭކްގެ 3 އަހަރު ކުރީގެ ލަވައެއްގައި ކައިލީގެ ވާހަކަ: އޭނާއަށް 19 އަހަރުގައި ދެ މީހުން ރަށްޓެހިވިތަ؟

25 މެއި 2020
ވަރުންގެ ގާތް މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވުމުން އޭނާ ކަންބޮޑުވުން ފާޅުކޮށްފި

ވަރުންގެ ގާތް މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވުމުން އޭނާ ކަންބޮޑުވުން ފާޅުކޮށްފި

12 އެޕްރީލު 2020
ކޮވިޑް-19: 200 އާއިލާއަށް ރަކުލް ކާބޯތަކެތި ފޯރުކޮށްދެނީ

ކޮވިޑް-19: 200 އާއިލާއަށް ރަކުލް ކާބޯތަކެތި ފޯރުކޮށްދެނީ

05 އެޕްރީލު 2020
ޖެނިފަރ އެނިސްޓަން އަކީ އަހަރެންގެ ގާތް ރައްޓެއްސެއް: ބްރެޑް ޕިޓް

ޖެނިފަރ އެނިސްޓަން އަކީ އަހަރެންގެ ގާތް ރައްޓެއްސެއް: ބްރެޑް ޕިޓް

07 ޖެނުއަރީ 2020

އަހަރުތަކުން މިއަދު

28 މާރިޗު
މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް
20251 އަހަރު ކުރިން
ރާއްޖެ

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް
20242 އަހަރު ކުރިން
ރާއްޖެ

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް
20233 އަހަރު ކުރިން
ކުޅިވަރު

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން
20215 އަހަރު ކުރިން
ރާއްޖެ

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ
20197 އަހަރު ކުރިން
ރާއްޖެ

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު