Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
މާޗް ފޯ އަވަރ ލައިވްސް

'މާޗް ފޯ އަވަރ ލައިވްސް'ގައި ބައިވެރިވީ ގާތް އެކުވެރިޔާ ޖޯން ލެނަންގެ ހަނދާނުގައި

ހިނގާލުން ކުރިއަށް ގެންގޮސްފައި ވަނީ ހޮނިހިރު ދުވަހު

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 27 މާރިޗު 2018 | އަންގާރަ 07:25
ޕޯލް މެކާޓްނީ

ޕޯލް މެކާޓްނީ

ދަރިވަރުންތަކެއް އިންތިޒާމް ކޮށްގެން އެެެމެރިކާގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިޔަ ހިނގާލުން "މާޗް ފޯ އަވަރ ލައިވްސް" ގައި ހޮލީވުޑްގެ ގިނަ ތަރިންތަކެއް ބައިވެރިވެފައިވާއިރު، އިނގިރޭސިވިލާތުގެ މަޝްހޫރު ބޭންޑް، "ބީޓްލްސް"ގެ ޕޯލް މެކާޓްނީ ވެސް ވަނީ މި ހިނގާލުމުގައި ބައިވެރިވެފައެވެ.

ބަޑި ފަދަ ހަތިޔާރާއި ދެކޮޅަށް ކުރިއަށް ގެންދިޔަ މި ހިނގާލުމުގައި ބައިވެރިވަމުން ދިން އިންޓަވިއުއެއްގައި ޕޯލް ބުނީ، އޭނާގެ ހިނގާލުމުގައި ބައިވެރިވީ އެކުވެރިޔާ ޖޯން ލެނަން އަށް ޓްރިބިއުޓެއްގެ ގޮތުގައެވެ. ލެނަން އަކީ ވެސް ބީޓްލްސްގެ މެމްބަރެކެވެ.

ލެނަން އަކީ ބަޑީގެ ހަމަލާތަކުގައި ދުނިޔެ ދޫކޮށްފައިވާ ހޮލީވުޑްގެ ގިނަ ތަރިންގެ ތެރެއިން އެކަކެވެ. ލެނަން، އޭނާގެ ނިއު ޔޯކްގެ މެންހަޓަން އެޕާޓްމަންޓްގެ ބޭރުގައި ހުއްޓާ ބަޑިން ހަމަލާދީ މަރާލާފައި ވަނީ 1980 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

ހޮނިހިރު ދުވަހު ބޭއްވި ހިނގާލުމުގައި ވާހަކަ ދައްކަމުން ޕޯލް ބުނީ، "އަހަރެންގެ އެންމެ ގާތް އެއް އެކުވެރިޔާގެ ގަޔަށް ބަޑި ޖަހާ މަރާލާފައި ވަނީ މިތާ ކައިރީ، އެހެންކަމުން މިއީ އަހަންނަށް ވަރަށް މުހިންމު ކަމެއް" ކަމަށެވެ.

"މާޗް ފޯ އަވަރ ލައިވްސް" ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވެފައި ވަނީ، ފްލޮރިޑާގެ ޕާކްލޭންޑްގެ ސްކޫލެއް ކަމަށްވާ 'ސްޓޯންމަން ޑަގްލަސް ހައި ސްކޫލް' ގައި ފެބްރުއަރީ 14 ގައި ހިނގައިދިޔަ ބަޑީގެ ހަމަލާއަށް ފަހު، އެ ސްކޫލްގެ ދަރިވަރުންނެވެ. 1999 ވަނަ އަހަރު ކޮލޮރާޑޯގެ ކޮލަމްބައިން ހައި ސްކޫލްގައި ހިނގައިދިޔަ ހަމަލާގައި 13 ކުދިން މަރުވެފައިވާއިރު، އެއަށް ފަހު މިފަދަ ހަމަލާތަކުގައި 187،000 އަށް ވުރެ ގިނަ ދަރިވަރުން ވަނީ މަރުވެފައެވެ.

ހޮނިހިރު ދުވަހުގެ ހިނގާލުމުގައި ބައިވެރިވި ތަރިންގެ ތެރޭގައި ކިމް ކާޑޭޝިއަން، ކާންޔޭ ވެސްޓް، ޖޯޖް އަދި އަމާލް ކްލޫނީ، ކެންޑަލް ޖެނަރ، ސެލީނާ ގޮމެޒް، މައިލީ ސައިރަސް، އަރިއާނާ ގްރާންޑޭ، ޖިމީ ފެލޮން ފަދަ ތަރިން ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

40ޕްލަސް ރިލީޒްކުރުން މާޗް ފަހަކަށް ލަސްކޮށްފި

40ޕްލަސް ރިލީޒްކުރުން މާޗް ފަހަކަށް ލަސްކޮށްފި

07 ފެބުރުއަރީ 2019
ޒޯޔާގެ ވެބް ސީރީޒް މޭޑް އިން ހެވަން މާޗް 8 ގައި

ޒޯޔާގެ ވެބް ސީރީޒް މޭޑް އިން ހެވަން މާޗް 8 ގައި

20 ޖެނުއަރީ 2019
ރައީސް ސޯލިހްގެ އުފަން ދުވަހަކީ 1 ޖެނުއަރީ ތަ؟ ނުވަތަ 1 މާޗް ތަ؟

ރައީސް ސޯލިހްގެ އުފަން ދުވަހަކީ 1 ޖެނުއަރީ ތަ؟ ނުވަތަ 1 މާޗް ތަ؟

01 ޖެނުއަރީ 2019
މާޗް ފޯ އަވަރަ ލައިވްސް: ހަތިޔާރު ވިއްކުމާ ދެކޮޅަށް ދަރިވަރުންތަކެއް ފެށި މޫވްމަންޓަށް ހޮލީވުޑްގެ ގިނަ ތަރިންތަކެއްގެ ތަރުހީބެއް

މާޗް ފޯ އަވަރަ ލައިވްސް: ހަތިޔާރު ވިއްކުމާ ދެކޮޅަށް ދަރިވަރުންތަކެއް ފެށި މޫވްމަންޓަށް ހޮލީވުޑްގެ ގިނަ ތަރިންތަކެއްގެ ތަރުހީބެއް

25 މާރިޗު 2018
ކިޑްސް ޗޮއިސް އެވޯޑްސް 2018: މިލީ، ޖޯން، ޒެންޑޭޔާގެ ވާހަކަތައް 'މާޗް ފޯ އަވަރ ލައިވްސް' މޫވްމަންޓަށް

ކިޑްސް ޗޮއިސް އެވޯޑްސް 2018: މިލީ، ޖޯން، ޒެންޑޭޔާގެ ވާހަކަތައް 'މާޗް ފޯ އަވަރ ލައިވްސް' މޫވްމަންޓަށް

25 މާރިޗު 2018

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު