Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަނު ހަނގުރާމަ

ޔޫއޭއީގެ މަދަދާއިއެކު ހަނގުރާމަވެރިން އަދަނުގެ އަސްކަރީ ބޭސްތައް ހިފައިފި

31 ޖެނުއަރީ 2018 | ބުދަ 02:28

ހަނގުރާމަވެރިން ބޭނުންވަނީ ޔަމަނުގެ ދެކުނުގައި ވަކި ދައުލަތެއް ޤާއިމްކުރަން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 31 ޖެނުއަރީ 2018 | ބުދަ 02:28
ޢަދަނުގައި ހިނގި ކުރިމަތިލުންތަކުގެ ސަބަބުން ރޯވެފައިވާ ޢިމާރާތަކުން ދުން އަރަނީ

ޢަދަނުގައި ހިނގި ކުރިމަތިލުންތަކުގެ ސަބަބުން ރޯވެފައިވާ ޢިމާރާތަކުން ދުން އަރަނީ

ޔަމަނުގެ ދެކުނުގައި ޙަރަކާތްތެރިވާ ޔޫއޭއީއިން މަދަދުވެރިވާ ހަނގުރާމަވެރިންގެ އައްސޭރިފަށުގައިވާ މައި ރަށެއް ކަމަށްވާ ޢަދަނުގައި ހުރި ސަރުކާރުގެ މައި އިމާރާތްތަކާއި އަސްކަރީ ބޭސްތައް ހިފައިފިއެވެ.

އަންގާރަ ދުވަހު ޔޫއޭއީގެ ވައިގެ ސިފައިންގެ މަދަދާއިއެކު ހަނގުރާމަވެރިން ވަނީ ޔަމަނުގެ އަސްކަރިއްޔާގެ ފޯތު ބްރިގޭޑްގެ ބޭސް އަތުލާފައެވެ. ހަނގުރާމަވެރިން އެ ބޭސް ހިފަން މަސައްކަތްކުރިއިރު ޔޫއޭއީގެ އަސްކަރީ ޖެޓްތަކުން ދިޔައީ އެ ބޭސްއަށް ބޮން އަޅަމުންނެވެ.

އާދިއްތަ ދުވަހުން ފެށިގެން ސަދަން ޓްރާންސިޝަނަލް ކައުންސިލްގެ އަސްކަރީ ގޮފީގެ ސިފައިންނާއި ސަދަން ރެސިސްޓަންސް ފޯސްއިން ގެންދަނީ އަބްދުރައްބު މަންސޫރު ހާދީގެ މައި ސަރުކާރާއި ދެކޮޅަށް ހަނގުރާމަ ފަށާފައެވެ. ސަރުކާރާއި ދެކޮޅުވެ، އެމީހުން ބޭނުންވަނީ ޔަމަނުގެ ދެކުނުގައި ވަކި މިނިވަން ދައުލަތެއް ޤާއިމް ކުރުމަށެވެ. އެޖަމާޢަތްތަކަށް އެހީވަމުން ދަނީ ޔޫއޭއީއިންނެވެ.

ޔަމަނު ހަނގުރާމައަށް ޔޫއޭއީއިން އެންމެ ފުރަތަމަ ވަނީ ހާދީގެ ސަރުކާރަށް ވާގިވެރިވަމުންދާ ސަޢޫދީއާއި އެކުގައެވެ. އެހެން ނަމަވެސް ސަޢޫދީއާއިއެކު އޮވެ، ޔޫއޭއީއިން ހާދީގެ ސަރުކާރާއި ދެކޮޅަށް ހަނގުރާމަކުރާ ހަނގުރާމަވެރިންނަށް މަދަދުވެރިވަމުންދާތީ ޔަމަނުގެ ސަރުކާރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ހަނގުރާމަވެރިން ހާދީގެ ސަރުކާރާއި ދެކޮޅަށް ތެދުވީ އާދިއްތަ ދުވަހު ބޮޑުވަޒީރު އަހުމަދު ބިން ދަޣަރު އާއި ހާދީގެ ކެބިނެޓްގެ ބައެއް ބޭފުޅުން ބޭރު ކުރުމަށް ސަދަން ޓްރާންސިޝަނަލް ކައުންސިލުން އެދުނު އެދުމަށް ހާދީ އިޖާބަ ދެއްވާފައިނުވާތީއެވެ.

އާދިއްތަ ދުވަހުން ފެށިގެން އަންގާރަ ދުވަހާއި ހަމަޔަށް ޢަދަނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 36 މީހަކު މަރުވެ، 185 މީހުން ޒަޚަމްވެފައިވާ ކަމަށް ބައިނަލްއަޤްވާމީ ރެޑް ކްރޮސްއިން ބުނެއެވެ.

ސަޢޫދީއިން މަދަދުވެރިވާ ޙާދީގެ މައި ސަރުކާރާއި ދެކޮޅަށް ޔަމަނުގައި ހަނގުރާމަކުރަމުންދާ ހަނގުރާމަވެރިންނަށް ޔޫއޭއީއިން މަދަދުވެރިވާން ފަށާފައި މިވަނީ ޔަމަނު ހަނގުރާމައިގެ ޚަރަދު ބޮޑުކަމުންނާއި މައްސަލަ ހޫނުވުމުގެ ސަބަބުން ހަނގުރާމައިން ބޯދަމައިގަންނަން ސަޢޫދީއިން ބޭނުންވެފައިވާ ދަނޑިވަޅެއްގައެވެ. ސަޢޫދީއަށް މަދަދުވެރިވަމުން ޔަމަނު ހަނގުރާމަތެރެއަށް ވަން ޔޫއޭއީ، އެންމެ ފަހުން ޔަމަނުގެ ދެކުނުގައި މިހާރު ވަނީ ބާރުގަދަ ކޮށްފައެވެ.

ޔަމަނުގެ ދެކުނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންނަށް ޔޫއޭއީއިން ޚަރަދުކޮށް، ތަމްރީނު ފޯރުކޮށްދެމުންދާއިރު، އެ ހަނގުރާމަވެރިން ޖަވާބުދާރީ ވަނީ ޔޫއޭއީއަށް ކަމަށް އަލްޖަޒީރާއިން ބުނެއެވެ.

ސަދަން ޓްރާންސިޝަނަލް ކައުންސިލުން ބުނާ ގޮތުގައި ދެކުނު ޔަމަނުގައި ވަކި ދައުލަތެއް ޤާއިމްކުރުމުގެ މަސައްކަތް މިހަފްތާތެރޭ ފަށާނެ ކަމަށް އެޖަމާޢަތުން ބުނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

11 މާރިޗު 2017

މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން

11 މާރިޗު 2017
މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން
08 މާރިޗު 2017

ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު

08 މާރިޗު 2017
ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު
02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
24 ފެބުރުއަރީ 2017

ނައިޖަރގެ ހަނގުރާމަވެރިންތަކެއް އަސްކަރިއްޔާގެ 15 ސިފައިން މަރާލައިފި

24 ފެބުރުއަރީ 2017
ނައިޖަރގެ ހަނގުރާމަވެރިންތަކެއް އަސްކަރިއްޔާގެ 15 ސިފައިން މަރާލައިފި
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
12 ފެބުރުއަރީ 2017

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

12 ފެބުރުއަރީ 2017
އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް