Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެފްބީއައިގެ ވެރިޔާ ވަކިވުން

ޓްރަމްޕް ފާޑުވިދާޅުވުމުން އެފްބީއައިގެ ޑެޕއުޓީ ޑިރެކްޓަރ އިސްތިއުފާދެއްވައިފި

މި ނިންމުގައި ރައީސްގެ ބައިވެރިވެވަޑައިގަތުމެއް ނެތް: ވައިޓް ހައުސް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 30 ޖެނުއަރީ 2018 | އަންގާރަ 05:36
އެންޑްރޫ މެކަބީ އިސްތިއުފާ ދެއްވާފައި ވަނީ މާޗް މަހު ރިޓަޔަރ ކުރައްވަން ނިންމަވައިގެން ހުންނަވާފައި

އެންޑްރޫ މެކަބީ އިސްތިއުފާ ދެއްވާފައި ވަނީ މާޗް މަހު ރިޓަޔަރ ކުރައްވަން ނިންމަވައިގެން ހުންނަވާފައި

ސިޔާސީ ގޮތުން ވަކިއަތަކަށް ބުރަވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް ތުހުމަތު ކުރައްވާފައިވާ އެ ގައުމުގެ ފެޑެރަލް އިންވެސްޓިގޭޝަންގެ ޑިރެކްޓަރ އެންޑްރޫ މެކަބީ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ސީބީއެސް ނިއުސްއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ރަސްމީކޮށް މާޗް މަހު މެކަބީ ރިޓަޔަރ ކުރެއްވުމަށް ނިންމަވާފައިވަނިކޮށް އޭނާ އިސްތިއުފާދެއްވީ މަޖުބޫރުންނެވެ.

އެ ގައުމުގެ ގާނޫނު ތަންފީޒުކުރުމުގެ އެންމެ އިސް މުއައްސަސާއިން އޭނާ ވަކިވެ ވަޑައިގެންފައިވަނީ ރައީސް ޓްރަމްޕް އޭނާ މަގާމުން ވަކިކުރުމަށް ބޭނުންފުޅުވެފައި ހުންނަވަނިކޮށް ކަމަށް ބުނާ ރިޕޯޓްތަކެއް އައިތާ ހަފްތާއެއްގެ ތެރޭގައެވެ.

މީގެ އިތުރުން މިދިޔަ ހަފްތާގައި އޯވަލް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި މެކަބީ އިސްތިއުފާ ދެއްވުމަށް ރައީސް ޓްރަމްޕް އެދިވަދަޑައިގެންފައިވާކަމުގެ ޚަބަރުތަކެއް ވެސް ފެންމަތިވެފައިވަނިކޮށެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކެރެޓަރީ ސާރާ ހަކަބީ ސޭންޑަރސް ހޯމަ ދުވަހުގެ ނޫސް ކޮންފަރެންސްގައި ވިދާޅުވީ " މި ނިންމުމަކީ ވައިޓް ހައުސްއިން ނިންމި ނިންމުމެއް ނޫންކަމަށެވެ.

"މި ނިންމުން ނިންމުގައި ރައީސްގެ ބައިވެރިވެވަޑައިގަތުމެއް ނެތް" އެކަމަނާ ވިދާޅުވިއެވެ.

އެފްބީއައިގެ ކުރީގެ ޑިރެކްޓަރ ޖޭމްސް ކޯމޭ މަގާމުން ވަކިކުރުމުން މިދިޔަ އަހަރުގެ މެއި މަހު މެކަބީ ވަނީ އެކްޓިންގ ޑިރެކްޓަރގެ މަގާމް ފުރުއްވަން ފައްޓަވާފައެވެ.

އެމެރިކާގައި 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބަށް ރަޝިއާގެ ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ ބައްލަވަމުން ގެންދެވީ ކޯމޭއެވެ.

ރައީސް ޓްރަމްޕް ވަނީ އެފްބީއައިގެ ޑިރެކްޓަރގެ މަގާމަށް ކްރިސްޓޮފަރ ރޭ ހޮއްވަވާފައެވެ. އަދި މިދިޔަ އޯގަސްޓް މަހު ސެނޭޓުން ވަނީ އޭނާއަށް ރުހުން ދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި

މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު