Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ފަލަސްތީން

ޔޫއެންއާރުޑަބްލިޔުއޭއަށް ދޭ އެހީ ކަނޑާލުމާ ގުޅިގެން އެތައް ހާސް ބަޔަކު މުޒާހަރާކޮށްފި

އެންމެ ބޮޑު އަސަރެއް ކުރާނީ އެންމެ ނިކަމެތިންނަށް: ޕީއެލްއޯ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 29 ޖެނުއަރީ 2018 | ހޯމަ 21:07
 ޔޫއެންއާރްޑަބްލިއުއޭގެ މަސައްކަތްތެރިން މުޒާހަރާގައި

ޔޫއެންއާރްޑަބްލިއުއޭގެ މަސައްކަތްތެރިން މުޒާހަރާގައި

ފަލަސްތީނުގެ ރެފިއުޖީންނާއި ބެހޭ އދގެ އިދާރާއަށް ދޭ ބަޖެޓް ކުޑަކުރުމާއި ދެކޮޅަށް އެ އިދާރާގެ އެތައްހާސް ޔޫނިއަން މަސައްކަތްތެރިން މުޒާހަރާކޮށްފިއެވެ.

އެ މީހުންގެ ކަންބޮޑުވުމަކީ ބަޖެޓް ކަނޑާލުމުން ޚިދުމަތްތައް ހުއްޓި އަދި ޚިދުމަތްތައް ހުއްޓާލުމުން ޔޫއެންއާރްޑަބްލިއުއޭގެ އެ ސަރަހައްދުގެ އެތައްހާސް މުވައްޒަފުންނެއްގެ ކޮންޓްރެކްޓް އުވިގެން ދިއުމެވެ.

މިކަން ހިނގާފައި މިވަނީ އެ އޭޖެންސީއަށް އެމެރިކާއިން ދޭ އެތައް މިލިއަން ޑޮލަރެއްގެ އެހީ ކަނޑާލުމަށް ނިންމުމާއިއެކުއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އެމެރިކާއިން ފަލަސްތީނުގެ ރެފިއުޖީންނަށް ދިނުމަށް ކަނޑައަޅާފައިވާ 125 މިލިއަން ޑޮލަރުގެ ގެ ތެރެއިން 65 މިލިއަން ޑޮލަރު ނުދީ ހިފަހައްޓާނެ ކަމަށް ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވާރކްސް އެޖެންސީ (ޔޫއެންއާރުޑަބްލިޔުއޭ) އަށް އެންގުމަށް ނިންމާފައެވެ.

ލުބްނާން އާއި ސީރިއާ، އުރުދުން، ގާޒާ އަދި ހުޅަނގު އައްސޭރީގައި ދިރިއުޅެމުންދާ ފަލަސްތީނުގެ ރެފިއުޖީންނަށް އިޖްތިމާއީ، ތައުލީމީ، އަދި ސިއްހީ ޚިދުމަތްތައް ފޯރު ކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރި ވަމުން ދަނީ ޔޫއެންއާރުޑަބްލިޔުއޭ އެވެ.

އެހީގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ ފައިސާ އިން 65 މިލިއަން ޑޮލަރު ހިފެހެއްޓި ނަމަވެސް އެމެރިކާ އިން ބުނެފައިވަނީ ކުރިން ދިނުމަށް ކަނޑައަޅާފައިވާ ފައިސާގެ ތެރެއިން 60 މިލިއަން ޑޮލަރު ޔޫއެންއާރުޑަބްލިޔުއޭ ގެ މަސައްކަތައް ހުއްޓުނަ ނުދިނުމުގެ ގޮތުން ދޭނެ ކަމަށެވެ.

ޔޫއެންއާރުޑަބްލިޔުއޭ ގެ އަހަރީ ބަޖެޓް ގެ 30 އިން ސައްތަ އަކީ އެމެރިކާ އިން ދޭ އެހީއެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ

16 ފެބުރުއަރީ 2017
ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ
11 ފެބުރުއަރީ 2017

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
31 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި
29 ޖެނުއަރީ 2017

ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ

29 ޖެނުއަރީ 2017
ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު