Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާނުގައި ދިން ހަމަލާ

ކާބުލްގެ އަސްކަރީ އެކަޑަމީ އަކަށް ހަނގުރާމަވެރިން ހަމަލާދީފި

29 ޖެނުއަރީ 2018 | ހޯމަ 04:42

ކާބުލްގެ އަސްކަރީ އެކަޑަމީ އަށް ހަމަލާ ދީފައިވަނީ ހޯމަ ދުވަހު ފަތިހުގެ ވަގުތެއްގައި

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 29 ޖެނުއަރީ 2018 | ހޯމަ 04:42
އަފްޣާނިސްތާނުގައި ހުންނަ އިންޓަރކޮންޓިނެންޓަލް ހޮޓަލަށް މިދިޔަ ހަފްތާގައި ދިން ހަމަލާ އާއި ގުޅިގެން އެސަރަހައްދުގައި އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ

އަފްޣާނިސްތާނުގައި ހުންނަ އިންޓަރކޮންޓިނެންޓަލް ހޮޓަލަށް މިދިޔަ ހަފްތާގައި ދިން ހަމަލާ އާއި ގުޅިގެން އެސަރަހައްދުގައި އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ އަސްކަރީ އެކަޑަމީ އަށް ހަނގުރާމަވެރިން ހަމަލާދީފި އެވެ.

އަފްޣާނިސްތާނުގެ ސަލާމަތީ އޮފިޝަލުންނާއި ހަވާލާދީ އޭއެފްޕީ އިން ބުނީ، ހަތިޔާރާއެކު ހަނގުރާމަވެރިންގެ ބަޔަކު އަސްކަރީ އެކަޑަމީ އަށް ވަދެގަނެފައިވާ ކަމަށެވެ.

ކާބުލްގައި ހުންނަ މާޝަލް ފާހިމް ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީ އަށް ހަނގުރާމަވެރިން ވަދެގަނެފައިވަނީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިހަމަލާ ދީފައިވަނީ ގޮވާތަކެތިން ފުރިބާރުކޮށްފައިވާ އެމްބިއުލާންސެއް ބޭނުންކޮށްގެން ކާބުލްގެ އަސްކަރިއްޔާގެ އިމާރާތަކަށް ހަމަލާދީ 100 އެއްހާ މީހުން މަރާލިތާ ދެ ދުވަސް ވެސް ނުވަނީހެވެ.

އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިންނާއި އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިން ފާއިތުވި މަސްތަކުގައި އެގައުމުގައި ގިނަ ހަމަލާތަކެއް ދީފައިވެއެވެ.

ހޮނިހިރު ދުވަހު އެމްބިއުލާންސް ބޭނުން ކޮށްގެން ދިން ހަމަލާގެ ހަފްތާއެއް ކުރިން ކާބުލްގައި ހުންނަ އިންޓަރކޮންޓިނެންޓަލް ހޮޓަލަށް ދިން ހަމަލާއެއްގައި 22 މީހަކު މަރުވެފައިވެއެވެ. މިހަމަލާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. މި ދެ ހަމަލާގެ ޒިންމާވެސް ނަގާފައިވަނީ އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތުންނެވެ.

ކާބުލްގައި ހުންނަ އަސްކަރީ އެކަޑަމީ އަށް ހޯމަ ދުވަހު ހަމަލާ ދޭން ފަށާފައިވަނީ އަފްޣާނިސްތާން ގަޑިން ފަތިހު 5 ޖަހަން ކައިރިވެފައިވަނިކޮށެވެ.

ކާބުލްގައި ހުންނަ ބީބީސީގެ ރިޕޯޓަރު މަހްފޫޒް ޒުބައިދު ވަނީ، ފަތިހުގެ ވަގުތުގައިގައި އަސްކަރީ އެކަޑަމީން ބަޑީގެ އަޑުފަށްގަނޑު އިވިގެންދިޔަ ކަމަށް ރިޕޯޓްކޮށްފައެވެ.

މިހަމަލާ ދިން ސަރަހައްދުގެ ހުރިހާ މަގެއް އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުން ބަންދުކޮށްފައިވާ ކަމަށް އެގައުމުގެ ތޯލޯ ނިއުސް އޭޖެންސީން ބުނެއެވެ.

މިހާދިސާގައި މަރުވި މީހުންގެ އަދަދު މިހާތަނަށް ކަށަވަރުވެފައެއްނުވެއެވެ.

އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ތާލިބާން ހަނގުރާމަވެރިންގެ ހަމަލާތައް އެގައުމުގެ ސަލާމަތީ ބާރުތަކަށް އަމާޒުކުރުން ވަނީ އާއްމުވެފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު، ކާބުލްގެ ސިޓީ ސެންޓަރުގެ ހުޅަނގުގައި ހުންނަ މާޝަލް ފާހިމް މިލިޓަރީ އެކަޑަމީގެ ބޭރުގައި ދިން މިފަދަ ހަމަލާއެއްގައި އަސްކަރީ ކެޑޭޓުންގެ 15 މީހަކު މަރާލާފައިވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް

28 ފެބުރުއަރީ 2017
ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް
24 ފެބުރުއަރީ 2017

ނައިޖަރގެ ހަނގުރާމަވެރިންތަކެއް އަސްކަރިއްޔާގެ 15 ސިފައިން މަރާލައިފި

24 ފެބުރުއަރީ 2017
ނައިޖަރގެ ހަނގުރާމަވެރިންތަކެއް އަސްކަރިއްޔާގެ 15 ސިފައިން މަރާލައިފި
22 ފެބުރުއަރީ 2017

އަޒަބައިޖާން ގެ ރައީސް އެމަނިކުފާނުގެ ނައިބު ރައީސް އަކަށް އަނބިކަނބަކުން އައްޔަން ކުރައްވައިފި

22 ފެބުރުއަރީ 2017
އަޒަބައިޖާން ގެ ރައީސް އެމަނިކުފާނުގެ ނައިބު ރައީސް އަކަށް އަނބިކަނބަކުން އައްޔަން ކުރައްވައިފި
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
12 ފެބުރުއަރީ 2017

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

12 ފެބުރުއަރީ 2017
އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް