Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ނޭމާ - ރެއާލް

ރެއާލްއަށް ބަދަލެއް ނުވާނަން، ޕީއެސްޖީގައި ހުރީ ހިތްހަމަޖެހިގެން: ނޭމާ

ޕީއެސްޖީއަށް އޭނާ ބަދަލުވީ 222 މިލިއަން ޔޫރޯއަށް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 28 ޖެނުއަރީ 2018 | އާދީއްތަ 10:15
ނޭމާ ޕީއެސްޖީގެ ޖާޒީގައި

ނޭމާ ޕީއެސްޖީގެ ޖާޒީގައި

ސްޕެއިންގެ ރެއާލް މެޑްރިޑްއަށް ބަދަލުނުވާނެ ކަމަށާއި ޕީއެސްޖީގައި ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ ބުނެފިއެވެ.

ނޭމާ މިހެން ބުނެފައިވަނީ އޭނާ ހޯދުމަށް ރެއާލްއިން މަސައްކަތްކުރަމުން އަންނަ ކަމަށް ބުނެ މީޑިއާތަކުގައި އަޑު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ރެއާލްގެ ވާދަވެރި ބާސާ ދޫކޮށް ދުނިޔޭގެ ރެކޯޑު ޓްރާންސްފާ ފީއެއް ކަމަށްވާ 222 މިލިއަން ޔޫރޯއަށް ނޭމާ ބަދަލުވީ ފްރާންސްގެ ގަދަ ބާރު ޕީއެސްޖީއަށެވެ. ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގު ޕީއެސްޖީއިން ކާމިޔާބުކޮށްފިނަމަ ރެއާލްއަށް އޭނާ ވިއްކާލުމަށް އެ ޓީމުން އެއްބަސްވާނެއެވެ.

އުމުރުން 25 އަހަރުގެ ފޯވާޑު ހޯދުމަށް ރެއާލް އިން މަސައްކަތްކުރަމުން އަންނަނީ އެ ޓީމުގެ ފޯވާޑް ލައިނުގައި މިވަގުތު ތިބި ކުޅުންތެރިންނަށް އެންމެ އެދެވޭ ކުޅުން ނުދެއްކުމާ ގުޅިގެންނެވެ. މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ރެއާލްގެ ރައީސް ވެސް ވަނީ ނޭމާ އެ ޓީމަށް ގެންނަން ބޭނުންވާ ކަމަށް ބުނެ ވާހަކަ ދައްކާފައެވެ. އޭނާ ބުނީ ކޮންމެވެސް އެއް ހިސާބަކުން ރެއާލްއަށް ނޭމާ ގެންނަން ބޭނުންވާ ކަމަށާއި ރެއާލްއަށް ކުޅުމުގެ ހުރިހާ ސިފައެއް ނޭމާގެ ކިބައިގައި އެބަހުރި ކަމަށެވެ.

މި ވާހަކަތަކާއި ގުޅިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެމުން ނޭމާ ބުނީ އޭނާ ޕީއެސްޖީގައި ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށާއި ޓީމުގައި ތިބި ކުޅުންތެރިންނާއި މެދު ވެސް އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އޭނާ ބުނީ ޕީއެސްޖީގައި އޭނާއަށް ރަނގަޅު ކުޅުމެއް ދެއްކޭ ކަމަށް ގަބޫލުކުރާ ކަމަށާއި އޭނާގެ އަމާޒަކީ ޕީއެސްޖީއާއެކު ތާރީހުން ޖާގަ ހޯދުން ކަމަށެވެ. ނޭމާ ބުނީ އޭނާ ސަންޓޯސްގައި ކުޅުނު ދުވަސްވަރު ވެސް އޭނާ ޓީމަކަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތައް ޓްރާންސްފާ މާކެޓުގައި ފެތުރޭ ކަމަށާއި އެފަދަ އަޑުތަކުން ދުރުވުމަކީ ނުކުރެވޭނެ ކަމެއް ކަމަށެވެ.

މީޑިއާތަކުން ބުނާ ގޮތުގައި ނޭމާ ޕީއެސްޖީ ދޫކޮށްލަން ބޭނުންވަނީ އެޑިންސަން ކަވާނީ އާއި އޭނާއާ ދެމެދު މައްސަލަ ޖެހުމާއި ގުޅިގެންނެވެ. ނޭމާއާ ދެކޮޅަށް ޕީއެސްޖީގެ ސަޕޯޓަރުން ސްޓޭޑިއަމްގައި އަޑުގަދަކުރުމާއި ގުޅިގެން ނޭމާ ބުނީ އޭނާއަކީ ތަރުހީބު ވެސް ލިބޭ ކުޅުންތެރިޔެއް ކަމަށާއި ހުރިހާ ސަޕޯޓަރުން ހިތްހަމަޖެހޭ ގޮތަށް ކަންކަން ނުކުރެވޭނެ ކަމަށެވެ. އޭނާ ބުނީ ޓީމުގައި ޕެނަލްޓީ ޖެހުމުގެ ޒިންމާ ހަވާލުކޮށްފައިވަނީ އޭނާއާ ކަމަށާއި އެ ޒިންމާ އަދާކުރުމަކީ އޭނާ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ނޭމާ ބުނީ ކަވާނީއަށް އެއްބާރުލުން ދޭން ބޭނުންވާ ކަމަށާއި އޭނާ ރެކޯޑު މުގުރާލުމާއެކު ވަރަށް އުފާވާ ކަމަށެވެ. އަދިވެސް ސީޒަނުގައި ގިނަ މެޗުތަކެއް ކުރިޔަށްހުރިކަން ފާހަގަކުރަމުން ނޭމާ ބުނީ އޭނާ ޓީމަށް ކޮށްދޭންޖެހޭ ހުރިހާ ކަމެއް އެނގޭ ކަމަށާއި އެކަންކަން ކުރުމުގައި ދެމިހުންނާނެ ކަމަށެވެ.

ބާސެލޯނާގައި ކާމިޔާބު ސީޒަންތަކެއް ހޭދަކުރުމަށްފަހު އޭނާ އަންނަނީ ޕީއެސްޖީއަށް ބަދަލުވެ އެ ޓީމުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާވަނީ މިހާތަނަށް އެ ޓީމަށް ކުޅުނު 24 މެޗުގައި 36 ލަނޑު ޖަހައިދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔުނައިޓެޑަށް 30 މިލިއަން ޔޫރޯއަށް ބަދަލުވާން ޕެރިސިޗް ހުރީ ތައްޔާރަށް

ޔުނައިޓެޑަށް 30 މިލިއަން ޔޫރޯއަށް ބަދަލުވާން ޕެރިސިޗް ހުރީ ތައްޔާރަށް

01 ޖުލައި 2017
މޮނާކޯގެ އެމްބަޕޭ ލޯން އެއްބަސްވުމެއްގެ ދަށުން ރެއާލްއަށް ބަދަލުވަނީ!

މޮނާކޯގެ އެމްބަޕޭ ލޯން އެއްބަސްވުމެއްގެ ދަށުން ރެއާލްއަށް ބަދަލުވަނީ!

14 ޖޫން 2017
އިބްރަހިމޮވިޗް ހުރީ ފައިނަލް މެޗަށް ތައްޔާރަށް!

އިބްރަހިމޮވިޗް ހުރީ ފައިނަލް މެޗަށް ތައްޔާރަށް!

22 މެއި 2017
"އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ ފުޓުބޯޅައަށް" ވެންގާގެ ރައްދު ސަޕޯޓަރުންނަށް

"އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ ފުޓުބޯޅައަށް" ވެންގާގެ ރައްދު ސަޕޯޓަރުންނަށް

14 މެއި 2017
މާޒިޔާ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމްބެ ހުރީ ހަނު!

މާޒިޔާ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމްބެ ހުރީ ހަނު!

13 މެއި 2017

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު