Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސާއާ އިދިކޮޅަށް އަލްވޭޒް

ބާސާ އަށް ދެން ބަދަލުނުވާނަން، ކުޅެން ބޭނުމީ އިދިކޮޅަށް: ޑެނީ އަލްވޭޒް

ބާސާއާ އިދިކޮޅަށް ޗެމްޕިއަންސް ލީގު ފައިނަލުގައި ކުޅެން ބޭނުން: އަލްވޭޒް

ލީވާން އަލީ
ލީވާން އަލީ | 15 މާރިޗު 2017 | ބުދަ 13:12
ޔުވަންޓަސްގެ ޑިފެންޑަރު އަލްވޭޒް

ޔުވަންޓަސްގެ ޑިފެންޑަރު އަލްވޭޒް

ބާސާ އަށް ދެން ބަދަލުނުވާނެ ކަމަށާއި، ކުޅެން ބޭނުން ވަނީ އިދިކޮޅަށް ކަމަށް ޔުވަންޓަސް އަށް ކުޅެމުން އަންނަ ބްރެޒިލްގެ ލެފްޓް ބެކް ޑެނީ އަލްވޭޒް ބުނެފި އެވެ.

ބެއިން ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ޑެނީ އަލްވޭޒް ބުނީ ބާސާ އަށް ކުޅެން މިހާރު އޭނާ ބޭނުންނުވާ ކަމަށާއި، އެހެން ނަމަވެސް ޔުއެފާ ޗެމްޕިއަންސް ލީގުގައި އެޓީމާ ދެކޮޅަށް ކުޅެން ބޭނުންވާ ކަމަށެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ އިން ޔުވަންޓަސް ޖާގަ ހޯދާފައިވާއިރު، ޕީއެސްޖީ ބަލިކޮށް ބާސާ ވެސް ވަނީ ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އެގޮތުން ގުރު ދިމާވާ ގޮތުން މި ދެޓީމު ކުއާޓާގައި ބައްދަލުކުރަން ޖެހުމަކީ ވެސް ދުރުގައި އޮތް ކަމެއް ނޫނެވެ.

ސެވިއްޔާ އިން 2008 ވަނަ އަހަރު ބާސާ އަށް ބަދަލުވި މިހާރު އުމުރުން 33 އަހަރުގެ ޑެނީ އަލްވޭޒް ވަނީ އެޓީމުގައި ހޭދަކުރި އަށް ސީޒަނުގައި ކުޅުނު 391 މެޗުގައި 21 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ އެޓީމާއެކު ސްޕެނިޝް ލަލީގާ ހަ ފަހަރު، ހަތަރު ކޮޕާޑެލްރޭ، ތިން ސްޕެނިޝް ސުޕާކަޕް، ތިން ޔުއެފާ ޗެމްޕިއަންސް ލީގު، ތިން ޔުއެފާ ސުޕާ ކަޕް އަދި ތިން ފީފާ ކްލަބް ވޯލްޑްކަޕް ކާމިޔާބުކޮށްފައެވެ.

ބްރެޒިލް ގައުމީ ޓީމާއެކު ފީފާ ކޮންފެޑެރޭޝަންސް ކަޕް ދެފަހަރު ކާމިޔާބުކޮށްފައިވާ އަލްވޭޒް ޔުވަންޓަސް އަށް ބަދަލުވީ މިދިޔަ އަހަރެވެ. އެގޮތުން އޭނާ ވަނީ މިވީތަނަށް އެޓީމަށް ކުޅުނު 19 މެޗުގައި ތިން ލަނޑު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

19 ފެބުރުއަރީ 2017
އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ
15 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި

15 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
12 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

12 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި
09 ފެބުރުއަރީ 2017

ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ

09 ފެބުރުއަރީ 2017
ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު