Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިވާން ޕެރިސިޗް

ޔުނައިޓެޑަށް 30 މިލިއަން ޔޫރޯއަށް ބަދަލުވާން ޕެރިސިޗް ހުރީ ތައްޔާރަށް

ޕެރިސިޗް ހޯދުމަށް ޖަރުމަން އަދި ފްރާންސްގެ ކްލަބްތަކުން މަސައްކަތްކުރޭ

ލީވާން އަލީ
ލީވާން އަލީ | 1 ޖުލައި 2017 | ހޮނިހިރު 05:54
އިންޓަ މިލާނަށް ކުޅެމުން އަންނަ މިޑްފިލްޑަރު އިވާން ޕެރިސިޗް

އިންޓަ މިލާނަށް ކުޅެމުން އަންނަ މިޑްފިލްޑަރު އިވާން ޕެރިސިޗް

މެންޗެސްޓާ ޔުނައިޓެޑަށް 30 މިލިއަން ޔޫރޯ އަށް ބަދަލުވާން އިންޓަމިލާނަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ މިޑްފިލްޑަރު އިވާން ޕެރިސިޗް ހުރީ ތައްޔާރަށް ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ޓްރާންސްފާ ބާޒާރުގައި ޕެރިސިޗް އިންޓަ ދޫކޮށް ޔުނައިޓެޑަށް ބަދަލުވާނެ އެވެ. އެގޮތުން މިހާރު ޕެރިސިޗްގެ ޓްރާންސްފާއާ ނުނިމިގެން އުޅެނީ ލިޔެކިޔުންތައް ފުރިހަމަނުކުރެވިގެން ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިންޓަމިލާނުން ބޭނުން ވަނީ ޕެރިސިޗް 55 މިލިއަން ޔޫރޯއަށް ވިއްކާލުމަށެވެ. އެގޮތުން މީގެ ކުރިން ޔުނައިޓެޑުން ހުށަހެޅި 40 މިލިއަން ޔޫރޯގެ ހުށަހެޅުން ވެސް އެ ކްލަބުން ރިޖެކްޓްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ދާދި ފަހުން ޕްރިމިއަމް ސްޕޯޓް އަށް ދިން އިންޓަވިއުއެއްގައި އިންޓަ މިލާންގެ ޑިރެކްޓާ ޕިއެރޯ އޮސީލިއޯ ވިދާޅުވީ، ޕެރެސިޗްއާ ބެހޭ ގޮތުން ޔުނައިޓެޑުން ރަސްމީކޮށް އެއްވެސް ވާހަކައެއް އިންޓަމިލާނާ ދައްކާފައިނުވާ ކަމަށާއި، އެހެންނަމަވެސް ޔުނައިޓެޑުން ޕެރެސިޗްއަށް ޝައުގުވެރިވާކަން ކަށަވަރުކޮށްދެވިދާނެ ކަމަށެވެ.

މީގެއިތުރުން އޮސީލިއޯ ވިދާޅުވީ، ޓީމުގައި ވަރަށް މުހިންމު ކުޅުންތެރިން ތިބޭ ކަމަށާއި، އެތަނުން ކުޅުންތެރިޔަކު ވިއްކާލުމުގެ ކުރިން ކްލަބަށް އެންމެ ފައިދާވާ ގޮތާ މެދުވެސް ވިސްނަން ޖެހޭ ކަމަށެވެ.

ޖަރުމަންގެ ވޮލްފްސްބާގް އިން 2015 ވަނަ އަހަރު އިންޓަމިލާނަށް ބަދަލުވި ޕެރެސިޗް ވަނީ އެޓީމަށް މިހާތަނަށް ކުޅުނު 79 މެޗުގައި 20 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ޕެރެސިޗް ވަނީ ވޮލްފްސްބާގްއާ އެކު ޖަރުމަން ކަޕް އަދި ޖަރުމަން ސުޕާކަޕް ކާމިޔާބުކޮށްފައެވެ.

ބްރޯޝިއާ ޑޯޓްމުންޑް އަށް ވެސް ކުޅެފައިވާ ޕެރެސިޗް ވަނީ އެޓީމަށް ކުޅުނު 64 މެޗުގައި 12 ލަނޑު ކާމިޔާބުކޮށް، ބުންޑަސްލީގާ އަދި ޖަރުމަން ކަޕް އެޓީމާއެކު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

29 މާރިޗު 2017

ހަޒާޑް ގަތުމަށް މެޑްރިޑުން 100 މިލިއަން ޕައުންޑް ޚަރަދު ނުކޮށްފާނެ: ކަލްޑެރޮން

29 މާރިޗު 2017
ހަޒާޑް ގަތުމަށް މެޑްރިޑުން 100 މިލިއަން ޕައުންޑް ޚަރަދު ނުކޮށްފާނެ: ކަލްޑެރޮން
13 މާރިޗު 2017

ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު ޔުނައިޓެޑަށް ސްޓްރައިކަރުންގެ މައްސަލަ

13 މާރިޗު 2017
ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު ޔުނައިޓެޑަށް ސްޓްރައިކަރުންގެ މައްސަލަ
07 މާރިޗު 2017

ޔުނައިޓެޑަށް ބަދަލުވާން ކްރޫޒް ބޭނުންވޭ!

07 މާރިޗު 2017
ޔުނައިޓެޑަށް ބަދަލުވާން ކްރޫޒް ބޭނުންވޭ!
25 ފެބުރުއަރީ 2017

ދަރަނި ދެއްކުމަށް ތިން މިލިއަން ރުފިޔާ ހަމަޖައްސާ އެފްއޭއެމް ބަޖެޓް ފާސްކޮށްފި

25 ފެބުރުއަރީ 2017
ދަރަނި ދެއްކުމަށް ތިން މިލިއަން ރުފިޔާ ހަމަޖައްސާ އެފްއޭއެމް ބަޖެޓް ފާސްކޮށްފި
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު