Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނޭމާ - ރެއާލް

ނޭމާ ރެއާލްއަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެއް: ރޮބީނިއޯ

27 ޖެނުއަރީ 2018 | ހޮނިހިރު 12:03

އޭނާ ހޯދުމަށް ރެއާލްއިން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނޭ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 27 ޖެނުއަރީ 2018 | ހޮނިހިރު 12:03
ނޭމާ ޕީއެސްޖީގެ ޖާޒީގައި

ނޭމާ ޕީއެސްޖީގެ ޖާޒީގައި

ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ އެ ޓީމު ދޫކޮށް ސްޕެއިންގެ ރެއާލް މެޑްރިޑްއަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ރޮބީނިއޯ ބުނެފިއެވެ.

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ރެއާލްގެ ވާދަވެރި ބާސާ ދޫކޮށް ދުނިޔޭގެ ރެކޯޑު ޓްރާންސްފާ ފީއެއް ކަމަށްވާ 222 މިލިއަން ޔޫރޯއަށް ނޭމާ ބަދަލުވީ ފްރާންސްގެ ގަދަ ބާރު ޕީއެސްޖީއަށެވެ. އެހެން ނަމަވެސް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގު ޕީއެސްޖީއިން ކާމިޔާބުކޮށްފިނަމަ ރެއާލްއަށް އޭނާ ވިއްކާލުމަށް އެ ޓީމުން އެއްބަސްވާނެއެވެ.

އުމުރުން 25 އަހަރުގެ ފޯވާޑު ހޯދުމަށް ރެއާލް އިން މަސައްކަތްކުރަމުން އަންނަނީ އެ ޓީމުގެ ފޯވާޑް ލައިނުގައި މިވަގުތު ތިބި ކުޅުންތެރިންނަށް އެންމެ އެދެވޭ ކުޅުން ނުދެއްކުމާ ގުޅިގެންނެވެ. އަދި 2005 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ހަމަޔަށް ރެއާލްއަށް ކުޅުނު ރޮބީނިއޯ ބުނީ ނޭމާއަކީ ބްރެޒިލްގެ ގައުމީ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި އަވަސް މުސްތަގުބަލެއްގައި އޭނާ ރެއާލްގެ ޖާޒީ އިން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ރޮބީނިއޯ ބުނީ ޕީއެސްޖީއާ އެކު އޭނާ ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައިވުމަކީ އެކަމަށް އެޅިގެންދާނެ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ.

މި ސީޒަނުގައި ރެއާލްގެ ފަރާތުން ފެންނަމުންދާ ދަށް ކުޅުމުގެ ސަބަބުން އެ ޓީމުގެ ކުޅުންތެރިންނާއި ކޯޗު ޒައިނުއްދީން ޒިދާންއަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. މިކަމާ ގުޅިގެން ރޮބީނިއޯ ބުނީ މިއީ ރެއާލްއަށް އުނދަގޫ ދަނޑިވަޅެއް ކަމަށާއި ކޮންމެ ޓީމަކަށް ވެސް އެފަދަ ދަނޑިވަޅުތައް އަންނާނެ ކަމަށެވެ. ރޮބީނިއޯ ބުނީ ޒިދާންއަކީ ދުނިޔޭގައި ތިބި އެންމެ މޮޅު ކޯޗުންގެ ތެރޭގައި ހިމެނޭ ކޯޗެއް ކަމަށެވެ. އޭނާ ބުނީ ރަނގަޅު ނަތީޖާ ނެރުމަށް ރެއާލްއަށް ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށާއި ރެއާލްގެ ސަޕޯޓަރުން ވެސް އަބަދު ބޭނުން ވަނީ މޮޅު ހޯދަން ކަމަށެވެ. އޭނާ ބުނީ އަބަދު ވެސް އެދެނީ ރެއާލްއަށް ކާމިޔާބު ލިބުން ކަމަށާއި ސްޕެއިންގެ އެހެން އެއްވެސް ޓީމަކަށް އޭނާ ސަޕޯޓު ނުކުރާނެ ކަމަށެވެ.

މި ސީޒަނުގައި ރެއާލްއަށް ކާމިޔާބުކުރެވޭނެ ކަމުގެ އުއްމީދު އެންމެ ބޮޑީ ޔުއެފާ ޗެމްޕިއަންސް ލީގުއެވެ. ރޯބީނިއޯ ބުނީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ގަދަ އަޅައި މަސައްކަތްކުރަން ޖެހޭ ކަމަށާއި ޖެހިޖެހިގެން ތިން އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވުން ވެގެންދާނީ ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ކަމަށެވެ. އެހެން ނަމަވެސް ރޮބީނިއޯ ބުނީ ޕީއެސްޖީއާ ދެކޮޅަށް ކުޅޭ ދެ ލެގު ވެސް ވަރަށް އުނދަގޫ ވާނެ ކަމަށެވެ.

ރޮބީނިއޯ މިހެން ބުނެފައިވާއިރު މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ރެއާލްގެ ރައީސް ވެސް ވަނީ ނޭމާ އެ ޓީމަށް ގެންނަން ބޭނުންވާ ކަމަށް ބުނެ ވާހަކަ ދައްކާފައެވެ. އޭނާ ބުނީ ކޮންމެވެސް އެއް ހިސާބަކުން ރެއާލްއަށް ނޭމާ ގެންނަން ބޭނުންވާ ކަމަށާއި ރެއާލްއަށް ކުޅުމުގެ ހުރިހާ ސިފައެއް ނޭމާގެ ކިބައިގައި އެބަހުރި ކަމަށެވެ.

ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ޕީއެސްޖީއަށް ބަދަލުވެ އޭނާ އަންނަނީ އެ ޓީމުގެ މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ މިހާތަނަށް އެ ޓީމަށް ކުޅުނު 24 މެޗުގައި 23 ލަނޑު ޖަހައިދީފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

އެލްކްލެސިކޯގައި ނޭމާއަށް ކުޅެވޭނެ ކަމާމެދު ސުވާލު އެފެދިފައި

10 އެޕްރީލު 2017
އެލްކްލެސިކޯގައި ނޭމާއަށް ކުޅެވޭނެ ކަމާމެދު ސުވާލު އެފެދިފައި
09 އެޕްރީލު 2017

ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް

09 އެޕްރީލު 2017
ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް
08 އެޕްރީލު 2017

ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް

08 އެޕްރީލު 2017
ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް
07 އެޕްރީލު 2017

ތިން ޕޮއިންޓް ލިބުމުން ހުރިހާ ކަމެއް ފުރިހަމަވެއްޖެ: ނިޒާމްބެ

07 އެޕްރީލު 2017
ތިން ޕޮއިންޓް ލިބުމުން ހުރިހާ ކަމެއް ފުރިހަމަވެއްޖެ: ނިޒާމްބެ
04 އެޕްރީލު 2017

މާނޭގެ އަނިޔާ ސީރިއަސްވެ ލިވަޕޫލް ކޯޗަށް ހާސްކަމެއް

04 އެޕްރީލު 2017
މާނޭގެ އަނިޔާ ސީރިއަސްވެ ލިވަޕޫލް ކޯޗަށް ހާސްކަމެއް
03 އެޕްރީލު 2017

ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް

03 އެޕްރީލު 2017
ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް
30 މާރިޗު 2017

ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ

30 މާރިޗު 2017
ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ
09 މާރިޗު 2017

ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް

09 މާރިޗު 2017
ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް
25 ފެބުރުއަރީ 2017

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް