Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

އެލްކްލެސިކޯގައި ނޭމާއަށް ކުޅެވޭނެ ކަމާމެދު ސުވާލު އެފެދިފައި

ނޭމާއަށް ޖުމްލަ 4 މެޗުގެ ސަސްޕެންޝަނެށް އައުން ގާތް

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 10 އެޕްރީލު 2017 | ހޯމަ 19:35
މަލާގާ އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގެ ތެރެއިން

މަލާގާ އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގެ ތެރެއިން

އޭޕްރީލް މަހުގެ 23 ވަނަ ދުވަހު ރެއާލް މެޑްރިޑާ ދެކޮޅަށް ބާސެލޯނާ ކުޅޭ 'އެލްކްލެސިކޯ' މެޗުގައި އެޓީމުގެ ފޯވާޑް ނޭމާ އަށް ކުޅެވޭނެ ކަމާމެދު ސުވާލު އުފެދިއްޖެ އެވެ.

ނޭމާއަށް އެލްކްލެސިކޯ ކުޅެވޭނެ ކަމާމެދު ސުވާލު އުފެދުނީ ހޮނިހިރު ދުވަހު ސްޕެނިޝް ލީގުގައި މަލާގާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެންނެވެ. އެ މެޗުން ބަލިވެ ބާސާއަށް ވަނީ ލީގުގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތު ގެއްލިފަ އެވެ. އެމެޗުގެ 65 ވަނަ މިނެޓުގައި ނޭމާއަށް ވަނީ ދެ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާފަ އެވެ.

ދެ ރީނދޫ ކާޑަ އެކު ރަތް ކާޑު ދެއްކުމުން ނޭމާ ސަސްޕެޑް ވާނީ 1 މެޗަށެވެ. ނަމަވެސް ދަނޑުން ފައިބަމުން މެޗުގެ 4 ވަނަ އޮފިޝަލާ ދިމާއަށް ގޮސް ނޭމާ ވަނީ ކާޑު ދެއްކުމާ ގުޅިގެން އެކަމާ ޝަކުވާކޮށްފަ އެވެ. އެހެންކަމުން، ބެލެވޭ ގޮތުގައި މި މައްސަލަ ބަލައިފި ނަމަ ނޭމާއަށް ޖުމްލަ 4 މެޗުގެ ސަސްޕެންޝަނެއް ކުރިމަތިވުން ގާތެވެ. ރެފްރީ ވަނީ މެޗުގެ ޕޯސްޓްގޭމް ރިޕޯޓުގައިވެސް މި މައްސަލަ ފާހަގަ ކޮށްފަ އެވެ.

ނޭމާއަށް 4 މެޗުގެ ސަސްޕެންޝަނެށް ކުރިމަތި ވެއްޖެނަމަ، ސްޕެނިޝް ލީގުގައި ރެއާލް ސޮސެޑީޑް އާއި ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ޗެންޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޔުވެންޓަސް އާއި ދެކޮޅަށް ބާސާ ކުޅޭ 2 ލެގާއި ރެއާލް މެޑްރިޑާ ދެކޮޅަށް ނިކުންނަ އެލް ކްލެސިކޯގައި ވެސް ނުކުޅެވޭނެ އެވެ.

ބާސާ އަދި މަލާގާ ބައްދަލުކުރި މެޗުގައި ރެފްރީގެ މަގާމު އަދާކުރި ޖީސަސް ގިލް މަންޒާނޯ ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭ ވެސް ޕޯސްޓްގޭމްގެ ރިޕޯޓުގައi އޮތް މައްސަލައެއް ހުށަހަޅައި ބާސާގެ ފޯވާޑް ލުއިސް ޝުއަރޭޒް ވެސް ސަސްޕެންޑް ކޮށްފަ އެވެ.

އެފަހަރު ސުއަރޭޒް ސަސްޕެންޑް ކޮށްފައި ވަނީ ރަތް ކާޑު ދެއްކުމާގުޅިގެން ދަނޑުން ފައިބަމުން ވަގުތު ބޭކާރުކުރި މައްސަލައިގަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

2022 ގައި ގަތަރުގައި އޮންނަ ވޯލްޑްކަޕަށް އަސަރެއް ކޮށްފާނެ ކަމާމެދު ފީފާއިން ސީދާ ޖަވާބެއް ނުދިން

2022 ގައި ގަތަރުގައި އޮންނަ ވޯލްޑްކަޕަށް އަސަރެއް ކޮށްފާނެ ކަމާމެދު ފީފާއިން ސީދާ ޖަވާބެއް ނުދިން

05 ޖޫން 2017
ސްޕެނިޝް ލަލީގާ: ޑިޕޯޓިވޯއާ ދެކޮޅަށް ރޮނާލްޑޯ، ބޭލް އަދި ރާމޮސްއަށް ނުކުޅެވޭނެ

ސްޕެނިޝް ލަލީގާ: ޑިޕޯޓިވޯއާ ދެކޮޅަށް ރޮނާލްޑޯ، ބޭލް އަދި ރާމޮސްއަށް ނުކުޅެވޭނެ

26 އެޕްރީލު 2017
ޔުނައިޓެޑް ޖޯޒީގައި އިބްރާހިމޮވިޗް ފެންނާނެކަމާ މެދު ސުވާލު އުފެދިއްޖެ

ޔުނައިޓެޑް ޖޯޒީގައި އިބްރާހިމޮވިޗް ފެންނާނެކަމާ މެދު ސުވާލު އުފެދިއްޖެ

26 އެޕްރީލު 2017
އެލްކްލެސިކޯ މެޗަށް ބޭލް ފިޓްވާނެ ކަމާ މެދު ސުވާލު އުފެދިއްޖެ

އެލްކްލެސިކޯ މެޗަށް ބޭލް ފިޓްވާނެ ކަމާ މެދު ސުވާލު އުފެދިއްޖެ

13 އެޕްރީލު 2017
ނޭމާއަށް 'އެލް ކްލެސިކޯ' ގައި ނުކުޅެވޭނެ!

ނޭމާއަށް 'އެލް ކްލެސިކޯ' ގައި ނުކުޅެވޭނެ!

11 އެޕްރީލު 2017

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު