Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ހާވިއާ މަޝަރާނޯ

އަށް އަހަރަށްފަހު މަޝަރާނޯ، ބާސެލޯނާގެ ސަޕޯޓަރުންނަށް އަލްވަދާއު ކިޔައިފި

މަޝަރާނޯ އެކްލަބު ދޫކޮށްލަނީ ޗައިނާގެ ހެބޭއީ ފޯޗޫން އަށް ބަދަލުވުމަށް

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 26 ޖެނުއަރީ 2018 | ހުކުރު 03:05
އާޖެންޓީނާގެ ޑިފެންޑަރު ހާވިއޭ މަޝަރާނޯ އެކްލަބުގެ ސަޕޯޓަރުންނަށް އަލްވަދާއު ކިޔަނީ

އާޖެންޓީނާގެ ޑިފެންޑަރު ހާވިއޭ މަޝަރާނޯ އެކްލަބުގެ ސަޕޯޓަރުންނަށް އަލްވަދާއު ކިޔަނީ

ސްޕެއިންގެ ބާސެލޯނާގައި ހޭދަކުރި 8 ސީޒަނަށްފަހު، އާޖެންޓީނާގެ ތަޖުރިބާކާރު ޑިފެންޑަރ ހާވިއޭ މަޝަރާނޯ އެކްލަބުގެ ސަޕޯޓަރުންނަށް އަލްވަދާއު ކިޔައިފި އެވެ.

ބާސެލޯނާގެ ސަޕޯޓަރުންނަށް މަޝަރާނޯ އަލްވަދާއު ކިޔާފައިވަނީ، ސްޕެނިޝް ކޮޕަ ޑެލް ރޭގެ ކުއާޓަރ ފައިނަލްގައި އެސްޕަނިޔޯލް އާ ދެކޮޅަށް ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުގައެވެ.

މިމެޗުގެ ކުރިން ބާސެލޯނާގެ ރައީސް ޖޯސެޕް މާރިއޯ ބާޓޯމެއު އާ، އެކްލަބުގެ ބޯޑުގެ މެމްބަރުން ވަނީ މަޝަރާނޯ އަށް އަލްވަދާއު ކިޔުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. ކޭމްޕް ނޫގެ އޮޑިޓޯރިއަމްގައި ބޭއްވި މިހަފްލާގައި ބާސެލޯނާގެ ރައީސް އަދި ބޯޑުގެ މެމްބަރުންނާއި ސީނިއަރ ޓީމުގެ ކުޅުންތެރިންނާއި ކޯޗިންގ ސްޓާފުން ބައިވެރިވިއެވެ.

މަޝަރާނޯ އޭނާގެ ތިން ކުދިންނާއެކު ދަނޑަށް ނުކުތުމާއެކު، އެކްލަބަށް އޭނާ ކޮށްދިން ޚިދުމަތް ފާހަގަކޮށް، ބާސެލޯނާގެ ސަޕޯޓަރުން އެކަމަށް ޝުކުރު އަދާކުރުމުގެ ޝުއޫރުތައް ފާޅުކުރި އެވެ.

މިހަފްލާގައި ބާސެލޯނާގެ ކެޕްޓަން އަންދްރޭ އިނިއެސްޓާ ވަނީ، އެކްލަބާއެކު މަޝަރާނޯ ހޯދާފައިވާ ކާމިޔާބީތައް ރަމްޒުކޮށްދޭ ހަނދާނީ ފިލައެއް ހަވާލުކޮށްފައެވެ.

އަށް އަހަރަށްފަހު މަޝަރާނޯ ބާސެލޯނާ ދޫކޮށްލަނީ ޗައިނީސް ސުޕަރ ލީގުގެ ކްލަބް ހެބޭއީ ޗައިނާ ފޯޗޫންއަށް ބަދަލުވުމަށެވެ.

2010 ވަނަ އަހަރު ލިވަޕޫލް އިން 17 މިލިއަން އެމެރިކާ ޑޮލަރުގެ އަގަކަށް ބާސެލޯނާ އާ ގުޅުނު އުމުރުން 33 އަހަރުގެ ޑިފެންޑަރު މިހަފްތާގެ ތެރޭގައި ބާސެލޯނާ ދޫކޮށްލާނެ ކަމަށް އެކްލަބުން ބުނެއެވެ.

އާޖެންޓީނާގެ ރިވަރޕްލޭޓުން 2003 ވަނަ އަހަރު ޕްރޮފެޝަނަލް ކެރިއަރު ފެށި މަޝަރާނޯ އެކްލަބު ދޫކޮށް ބްރެޒިލްގެ ކޮރިންތިއަންސްއަށް ބަދަލުވީ 2005 ވަނަ އަހަރުއެވެ. އެކްލަބަށް އެއް އަހަރު ކުޅުމަށްފަހު، އޭނާ ޔޫރަޕަށް ބަދަލުވީ 2006 ވަނަ އަހަރުއެވެ. ޔޫރަޕްގައި އޭނާގެ ފުރަތަމަ ކްލަބަކީ އިނގިރޭސި ޕްރިމިއަރ ލީގުގެ ވެސްޓް ހޭމް ޔުނައިޓެޑެވެ. އެހެންނަމަވެސް ވެސްޓް ހޭމްއަށް އެންމެ ފަސް މެޗު ކުޅެދިނުމަށްފަހު އޭނާ ވަނީ 2007 ވަނަ އަހަރު ލިވަޕޫލްއަށް ބަދަލުވެފައެވެ.

2003 ވަނަ އަހަރުން ފެށިގެން އާޖެންޓީނާގެ ސީނިއަރ ގައުމީ ޓީމަށް ކުޅެމުން އަންނަ މަޝަރާނޯ ވަނީ ގައުމީ ޓީމަށް 141 މެޗު ކުޅެ، ތިން ލަނޑު ޖަހައިދީފައެވެ. އޭނާ އަކީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ފީފާ ވޯލްޑް ކަޕްގެ ރިހި މެޑަލް ހޯދި އާޖެންޓީނާގެ ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިޔެކެވެ.

ބާސެލޯނާގައި ހޭދަކުރި 8 ސީޒަނުގައި އޭނާ ވަނީ، އެކްލަބާއެކު 18 މުބާރާތެއް ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު 4 ފަހަރު، ސްޕެނިޝް ކޮޕަ ޑެލް ރޭ 4 ފަހަރު، ސްޕެނިޝް ސުޕަރ ކަޕް 3 ފަހަރު، ޔުއޭފާ ޗެމްޕިއަންސް ލީގު 2 ފަހަރު، ޔުއޭފާ ސުޕަރ ކަޕް 2 ފަހަރު އަދި ފީފާ ކްލަބް ވާރލްޑް ކަޕް 2 ފަހަރު ކާމިޔާބު ކޮށްފައެވެ.

ބާސެލޯނާ އަށް 334 މެޗު ކުޅެ، އެއް ލަނޑު ޖަހައިދީފައިވާ މަޝަރާނޯ އެކްލަބުގައި ހޭދަކުރި މުއްދަތުގައި އޭނާ ފާހަގަ ވެފައިވަނީ ދުނިޔޭގެ އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައެވެ. އެގޮތުން ފީފާ އިން ކޮންމެ އަހަރަކު ހޮވާ ފީފާޕްރޯ ވާރލްޑް އިލެވަންގެ 2014، 2015، 2016 އަދި 2017 ގެ ޓީމްގައި އޭނާ ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

28 އަހަރަށްފަހު ފުރަތަމަ ފަހަރަށް މިސްރު ވޯލްޑްކަޕަށް

28 އަހަރަށްފަހު ފުރަތަމަ ފަހަރަށް މިސްރު ވޯލްޑްކަޕަށް

09 އޮކްޓޯބަރު 2017
އެތުލެޓިކްސްގެ ދުނިޔެއާ ބޯލްޓް އަލްވަދާއު ކިޔައިފި

އެތުލެޓިކްސްގެ ދުނިޔެއާ ބޯލްޓް އަލްވަދާއު ކިޔައިފި

14 އޯގަސްޓު 2017
ޑެނީ އަލްވޭޒް ޔުވަންޓަސްއާ އަލްވަދާއު ކިޔައިފި

ޑެނީ އަލްވޭޒް ޔުވަންޓަސްއާ އަލްވަދާއު ކިޔައިފި

28 ޖޫން 2017
ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި

ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި

30 މެއި 2017
އުމުރު ދުވަހު ޓޮރީނޯއަށް ސަޕޯޓަކުރާނެކަމަށް ބުނެ ހާޓް އެ ކްލަބަށް އަލްވަދާއުކިޔައިފި

އުމުރު ދުވަހު ޓޮރީނޯއަށް ސަޕޯޓަކުރާނެކަމަށް ބުނެ ހާޓް އެ ކްލަބަށް އަލްވަދާއުކިޔައިފި

29 މެއި 2017

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު