Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑެނީ އަލްވޭޒް

ޑެނީ އަލްވޭޒް ޔުވަންޓަސްއާ އަލްވަދާއު ކިޔައިފި

28 ޖޫން 2017 | ބުދަ 03:16

ޑެނީ އަލްވޭޒް ބަދަލުވުން އެންމެ ގާތީ މެންޗެސްޓާ ސިޓީއާ

ލީވާން އަލީ
ލީވާން އަލީ | 28 ޖޫން 2017 | ބުދަ 03:16
ޔުވަންޓަސް އަށް ކުޅެމުން އައި ޑެނީ އަލްވޭޒް

ޔުވަންޓަސް އަށް ކުޅެމުން އައި ޑެނީ އަލްވޭޒް

ޔުވަންޓަސް އަށް ކުޅެމުން އައި ބްރެޒިލްގެ ރައިޓް ބެކް ޑެނީ އަލްވޭޒް އެ ކްލަބާ އަލްވަދާއު ކިޔައިފި އެވެ.

އިންސްޓްގްރާމްގައި އާންމުކުރި ޕޯސްޓެއްގައި އަލްވޭޒް ބުނީ ޔުވަންޓަސްއާ އެކު ވަރަށް ކާމިޔާބު އަހަރެއް ހޭދަކުރެވިއްޖެ ކަމަށާއި، ޓީމުގެ ކުޅުންތެރިން އަދި ސަޕޯޓަރުން ދިން އެއްބާރުލުން ދުވަހަކު ވެސް ހަދާން ނުނެތޭނެ ކަމަށެވެ.

އަލްވޭޒް ބުނީ ޔުވަންޓަސް ދޫކޮށްލަން އޭނާ ނިންމި ނިންމުމަކީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށާއި، އެ ނިންމުން ދޭހަވާނީ ވަރަށް މަދު ބަޔަކަށް ކަމަށެވެ. އެގޮތުން އޭނާ ބުނީ ފުޓުބޯޅަ ކުޅެނީ ފައިސާއަށް ނޫން ކަމަށާއި، ފައިސާ އަށް އެއްވެސް ތަނަކަށް ބަދަލުނުވާނެ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މެންޗެސްޓާ ސިޓީއަށް ބަދަލުވުމަށް ނިންމާފައިވާ ކަމަށާއި، ކުރިޔަށް އޮތް ދުވަސްތަކުގައި އެކަން އިއުލާންކުރެވިގެންދާނެ ކަމަށެވެ. އެގޮތުން އޭނާ ހޯދުމަށް ފަސް މިލިއަން ޕައުންޑު ސިޓީން ހުށަހަޅާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މީގެކުރިން ބާސާއަށް ކުޅެފައިވާ އަލްވޭޒް އަށް ޔުވަންޓަސް އިން ހަފްތާއެއްގެ މައްޗަށް 85،000 ޕައުންޑު ލިބޭއިރު، ބަސާގައި ހުރިއިރު އޭނާ އަށް ހަފްތާއެއްގެ މައްޗަށް 100،000 ޕައުންޑު ލިބެއެވެ.

އަލްވޭޒް ހޯދުމަށް ސިޓީގެ އިތުރުން ޗެލްސީން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން އޭނާއަކީ ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަށް ވަރަށް ކަމުދާ ކުޅުންތެރިއެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަލްވޭޒް ވަނީ ބާސާ ދޫކޮށްލުމަށް ފަހު ބާސާ އަށް ބަދަލުވެ އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އޭނާ ވަނީ މި ސީޒަނުގައި އެޓީމަށް ލީގު ތަށި އަދި އިޓާލިއަން ކަޕް ކާމިޔާބުކޮށްދިނުމަށް ވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ ޗެމްޕިއަންސް ލީގު ފައިނަލަށް ވެސް އެޓީމު ގެންގޮސްދިނުމަށް މުހިންމު ދައުރެއް އަދާކޮށްފައެވެ.

ސެވިއްޔާ އިން 2008 ވަނަ އަހަރު ބާސާ އަށް ބަދަލުވި މިހާރު އުމުރުން 33 އަހަރުގެ ޑެނީ އަލްވޭޒް ވަނީ އެޓީމުގައި ހޭދަކުރި އަށް ސީޒަނުގައި ކުޅުނު 391 މެޗުގައި 21 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ އެޓީމާއެކު ސްޕެނިޝް ލަލީގާ ހަ ފަހަރު، ހަތަރު ކޮޕާޑެލްރޭ، ތިން ސްޕެނިޝް ސުޕާކަޕް، ތިން ޔުއެފާ ޗެމްޕިއަންސް ލީގު، ތިން ޔުއެފާ ސުޕާ ކަޕް އަދި ތިން ފީފާ ކްލަބް ވޯލްޑްކަޕް ކާމިޔާބުކޮށްފައެވެ.

ބްރެޒިލް ގައުމީ ޓީމާއެކު ފީފާ ކޮންފެޑެރޭޝަންސް ކަޕް ދެފަހަރު ކާމިޔާބުކޮށްފައިވާ އަލްވޭޒް ޔުވަންޓަސް އަށް ބަދަލުވީ މިދިޔަ އަހަރެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 32 މެޗުގައި ހަ ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

03 ޖޫން 2017

ޑެނީ އަލްވޭޒް ހޯދުމަށް ޗެލްސީން މަސައްކަތް ފަށައިފި

03 ޖޫން 2017
ޑެނީ އަލްވޭޒް ހޯދުމަށް ޗެލްސީން މަސައްކަތް ފަށައިފި
29 މެއި 2017

އުމުރު ދުވަހު ޓޮރީނޯއަށް ސަޕޯޓަކުރާނެކަމަށް ބުނެ ހާޓް އެ ކްލަބަށް އަލްވަދާއުކިޔައިފި

29 މެއި 2017
އުމުރު ދުވަހު ޓޮރީނޯއަށް ސަޕޯޓަކުރާނެކަމަށް ބުނެ ހާޓް އެ ކްލަބަށް އަލްވަދާއުކިޔައިފި
18 މެއި 2017

ބެލެރިންގެ ރިޕްލޭސްމަންޓަކަށް އާސެނަލްއަށް ޑެނީލޯ ގެންނަނީ!

18 މެއި 2017
ބެލެރިންގެ ރިޕްލޭސްމަންޓަކަށް އާސެނަލްއަށް ޑެނީލޯ ގެންނަނީ!
05 އެޕްރީލު 2017

އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި

05 އެޕްރީލު 2017
އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި
26 މާރިޗު 2017

ތިން މެޗުން ވެސް ބަލިވެ ރާއްޖެ ވޮލީ މުބާރާތާ އަލްވަދާއު ކިޔައިފި

26 މާރިޗު 2017
ތިން މެޗުން ވެސް ބަލިވެ ރާއްޖެ ވޮލީ މުބާރާތާ އަލްވަދާއު ކިޔައިފި
15 މާރިޗު 2017

ބާސާ އަށް ދެން ބަދަލުނުވާނަން، ކުޅެން ބޭނުމީ އިދިކޮޅަށް: ޑެނީ އަލްވޭޒް

15 މާރިޗު 2017
ބާސާ އަށް ދެން ބަދަލުނުވާނަން، ކުޅެން ބޭނުމީ އިދިކޮޅަށް: ޑެނީ އަލްވޭޒް
08 މާރިޗު 2017

މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

08 މާރިޗު 2017
މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި
08 މާރިޗު 2017

އެފްއޭއެމް އިން ޓީސީ އަށް ހޫނު މަރުހަބާއެއް ކިޔައިފި

08 މާރިޗު 2017
އެފްއޭއެމް އިން ޓީސީ އަށް ހޫނު މަރުހަބާއެއް ކިޔައިފި
20 ފެބުރުއަރީ 2017

ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

20 ފެބުރުއަރީ 2017
ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!
30 ޖެނުއަރީ 2017

ޕަޔެޓް މާސޭއާ ގުޅުމުން ވެސްޓްހަމް ޔުނައިޓެޑް އިން ފާޑުކިޔައިފި

30 ޖެނުއަރީ 2017
ޕަޔެޓް މާސޭއާ ގުޅުމުން ވެސްޓްހަމް ޔުނައިޓެޑް އިން ފާޑުކިޔައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް