Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެތުލެޓިކްސް

އެތުލެޓިކްސްގެ ދުނިޔެއާ ބޯލްޓް އަލްވަދާއު ކިޔައިފި

ބޯލްޓް ރިޓަޔާ ކޮށްފައިވަނީ އެތުލެޓިކްސް ވޯލްޑް ޗެމްޕިއަންޝިޕަށް ފަހު

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 14 އޯގަސްޓު 2017 | ހޯމަ 09:30
ޖެމެއިކާގެ ދުވުންތެރިޔާ އުސައިން ބޯލްޓް

ޖެމެއިކާގެ ދުވުންތެރިޔާ އުސައިން ބޯލްޓް

ދުނިޔޭގެ އެންމެ ކާމިޔާބު އެއް ދުވުންތެރިޔާ އުސައިން ބޯލްޓް ރިޓަޔާކޮށްފިއެވެ.

ޖެމެއިކާއަށް އުފަން ބޯލްޓް ރިޓަޔާ ކޮށްފައި ވަނީ ލަންޑަންގައި ކުރިޔަށްދިޔަ އެތުލެޓިކްސް ވޯލްޑް ޗެމްޕިއަންޝިޕް ނިންމުމުގެ ހަފްލާގައެވެ. މިހަފްލާގައި ވަނީ އޭނާގެ ޝަރުފުގައި ދުވުމެއް ވެސް ބާއްވާފައެވެ.

ރިޓަޔާ ކުރުމާ ބެހޭ ގޮތުން ބޯލްޓް ބުނެފައި ވަނީ ރިޓަޔާ ކުރަން ޖެހުމުން ވަރަށް ދެރަވާ ކަމަށާއި އޭނާގެ ސަޕޯޓަރުންނާއި، މުބާރާތްތަކުން ދުރަށް ދާން ޖެހުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.

މީޑިއާއާ ވާހަކަ ދައްކަމުން ބޯލްޓް ބުނެފައިވަނީ އޭނާ ރިޓަޔާ ކުރުމަށް ފަހު އަނބުރާ ދުވުމުގެ ތެރެއަށް ނާންނާނެ ކަމަށެވެ. އެހެން އެތުލީޓުން އެގޮތަށް ކަން ކުރިޔަސް އޭނާއަކީ އެގޮތަށް ކަންކަން ކުރާނެ މީހެއް ނޫން ކަމަށް އޭނާ ބުނެފައި ވެއެވެ.

މި މުބާރާތުގައި އޭނާއަށް މާ ބޮޑު ކާމިޔާބެއް ނުހޯދުނަސް އޭނާއާ މެދު މީހުން ދެކޭ ގޮތް ބަދަލުވެގެން ނުދާނެ ކަމަށް އޭނާ ބުނެފައި ވެއެވެ. އެގޮތުން ބޯލްޓްވަނީ ބޮކްސިން ލެޖެންޑް މުހައްމަދު އަލީ ވެސް ފަހު މެޗުން ބަލިވި ކަމަށާއި އެހެން ނަމަވެސް މުހައްމަދު އަލީއަކީ އެތައް ބައެއްގެ ލޯތްބާއި އިހްތިރާމް ހޯދާފާއިވާ މީހެއްކަން ފާހަގަކޮށްފައެވެ.

ގިނަ ބަޔަކު ގަބޫލްކުރާ ގޮތުގައި އޭނާއަކީ އެތުލެޓިކްސްގެ ދުނިޔެއަށް އިންގިލާބެއް ގެނުވި އެތުލީޓެކެވެ. ބޯލްޓްއަކީ އޭނާގެ ކެރިއަރުގައި އެތަކެއް މުބާރަތްތަކެއް ކަމިޔާބުކޮށްފައިވާ ދުވުންތެރިޔެކެވެ. އެގޮތުން އޮލިމްޕިކް ރަން މެޑަލް އަށް ފަހަރު އޭނާ ހޯދައިފައިވެއެވެ. އަދި 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުން ޖެހިޖެހިގެން ތިން އޮލިމްޕިކް މުބާރާތުގައި އޭނާ ވަނީ ހޯދާފައެވެ. ހަމައެހެންމެ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުގެ ދުނިޔޭގެ ރިކޯޑު ވެސް އޮންނަނީ ބޯލްޓް އަތުގައެވެ. އޭނާ މަޝްހޫރުވެފައި ވަނި އެންމެ ހަލުވި އިންސާނާގެ ގޮތުގައެވެ.

އިތުރަށް ކިޔާލަން

21 އޯގަސްޓު 2017

ނޭމާ ބާސާގެ މެނޭޖްމަންޓަށް ފާޑުކިޔައިފި

21 އޯގަސްޓު 2017
ނޭމާ ބާސާގެ މެނޭޖްމަންޓަށް ފާޑުކިޔައިފި
28 ޖޫން 2017

ޑެނީ އަލްވޭޒް ޔުވަންޓަސްއާ އަލްވަދާއު ކިޔައިފި

28 ޖޫން 2017
ޑެނީ އަލްވޭޒް ޔުވަންޓަސްއާ އަލްވަދާއު ކިޔައިފި
29 މެއި 2017

އުމުރު ދުވަހު ޓޮރީނޯއަށް ސަޕޯޓަކުރާނެކަމަށް ބުނެ ހާޓް އެ ކްލަބަށް އަލްވަދާއުކިޔައިފި

29 މެއި 2017
އުމުރު ދުވަހު ޓޮރީނޯއަށް ސަޕޯޓަކުރާނެކަމަށް ބުނެ ހާޓް އެ ކްލަބަށް އަލްވަދާއުކިޔައިފި
05 އެޕްރީލު 2017

އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި

05 އެޕްރީލު 2017
އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި
26 މާރިޗު 2017

ތިން މެޗުން ވެސް ބަލިވެ ރާއްޖެ ވޮލީ މުބާރާތާ އަލްވަދާއު ކިޔައިފި

26 މާރިޗު 2017
ތިން މެޗުން ވެސް ބަލިވެ ރާއްޖެ ވޮލީ މުބާރާތާ އަލްވަދާއު ކިޔައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު