Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސެންޓްރަލް ޒޯން ވޮލީ

ތިން މެޗުން ވެސް ބަލިވެ ރާއްޖެ ވޮލީ މުބާރާތާ އަލްވަދާއު ކިޔައިފި

ރާއްޖެވަނީ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ބަލިވެފަ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 26 މާރިޗު 2017 | އާދީއްތަ 18:02
އޭޝިއަން މެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕުގައި ރާއްޖެ އާއި ތުރުކުމަނިސްތާނު ބައްދަލުކުރި މެޗުގެ ތެރެއިން

އޭޝިއަން މެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕުގައި ރާއްޖެ އާއި ތުރުކުމަނިސްތާނު ބައްދަލުކުރި މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ އޭޝިއަން މެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅުނު ތިން މެޗުން ވެސް ބަލިވެ މުބާރާތާއި އަލްވަދާއު ކިޔައިފި އެވެ.

މި މުބާރާތުން ޕޮއިންޓެއް ނުލިބި ރާއްޖެ މުބާރާތާ އަލްވަދާއު ކިޔަންޖެހުނީ އާދިއްތަ ދުވަހު ކުޅުނު މެޗުގައި ތުރުކުމަނިސްތާނު އަތުން ސީދާ ތިން ސެޓުން ބަލިވުމާ ގުޅިގެންނެވެ.

ރާއްޖެ ވަނީ މި މުބާރާތުގެ ފުރަތަމަ މެޗުގައި ކިރިގިސްތާނާ ވާދަކޮށް ތިން ސެޓުން އަދި ދެވަނަ މެޗުގައި ނޭޕާލާ ވާދަކޮށް 3 ސެޓު 1 ސެޓުން ބަލިވެފަ އެވެ.

މިއަދުގެ މެޗުން ތިން ޕޮއިންޓް ހޯދައިގެން ހަނި ފުރުސަތަކުން ސެމީއަށް ދާނެ ފުރުސަތެއް ރާއްޖެއަށް އޮތް ނަމަވެސް މި މެޗުން ބަލިވުމާއެކު ސެމީގެ ފުރުސަތު ލިބިގެންދާނީ ނޭޕާލަށެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ތުރުކުމަނިސްތާނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި އެޓީމުން ސެޓުތައް ގެންދިޔައީ 25-22، 25-15 އަދި 25-20 އިންނެވެ. ކުރިން ދެ މެޗާ ހިލާފަށް މި މެޗުގައި ރާއްޖޭގެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ދަށް ކުޅުމެއްކަން ފާހަގަކޮށްލެ ވެއެވެ.

މުބާރާތުގައި ހޯމަ ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކިރިގިސްތާނާއި ނޭޕާލެވެ. މި މެޗަށް ފަހު ދެން ކުރިއަށްދާނީ ދެވަނަ އަށް އަދި ތިންވަނަ އަށް ރޭންކު ކުރެވިފައިވާ ދެ ޓީމު ބައްދަލުކުރާ ސެމީ ފައިނަލް މެޗެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 28 ވަނަ ދުވަހު ހަވީރެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 30 ވަނަ ދުވަހު އެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
15 ޖެނުއަރީ 2017

ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

15 ޖެނުއަރީ 2017
ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
14 ޖެނުއަރީ 2017

ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް

14 ޖެނުއަރީ 2017
ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު