Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2018

28 އަހަރަށްފަހު ފުރަތަމަ ފަހަރަށް މިސްރު ވޯލްޑްކަޕަށް

މިސްރުން ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރު ކުރީ ދެ ލަނޑު އެއް ލަނޑުން ކޮންގޯ ބަލިކޮށްގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 9 އޮކްޓޯބަރު 2017 | ހޯމަ 08:29
ލަނޑު ޖެހުމަށްފަހު ސަލާހް އުފާ ފާޅުކުރަނީ

ލަނޑު ޖެހުމަށްފަހު ސަލާހް އުފާ ފާޅުކުރަނީ

28 އަހަރަށްފަހު ފުރަތަމަ ފަހަރަށް މިސްރުން ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ޖާގައެއް ކަށަވަރު ކޮށްފިއެވެ.

އަންނަ އަހަރު ރަޝިއާގައި އޮންނަ ފީފާ ވޯލްޑްކަޕްގެ ޖާގައެއް މިސްރުން ކަށަވަރު ކުރީ އެފްރިކާގެ ކޮލިފައިންގ ބުރުގައި އަމިއްލަ ގައުމުގައި ކޮންގޯ ދެ ލަނޑު އެއް ލަނޑުން ބަލިކޮށްގެންނެވެ. މިއީ 1990 ވަނަ އަހަރު އިޓަލީގައި ބޭއްވި ވޯލްޑް ކަޕަށް ކޮލިފައިވި ފަހުން މިސްރުން ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުކުރި ފުރަތަމަ ފަހަރެވެ.

ފުރަތަމަ ހާފުގައިވެސް މިސްރުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު އެ ޓީމަށް މި ހާފުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ. ފުރަތަމަ ހާފު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ނިމިފައިވާއިރު ދެވަނަ ހާފުގައި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މިސްރުންނެވެ. އެގޮތުން މެޗުގެ 63 ވަނަ މިނިޓުގައި އޭރިއާ ބޭރުން މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ސަލާހު އެވެ.

މި ލަނޑަށް ފަހުވެސް މިސްރުން ރަނގަޅަށް ކުޅެމުން ދަނިކޮށް ކޮންގޯއަށް ލިބުނު ހަމައެކަނި ފުރުސަތުގައި ބެންޗުން ކުޅެން އެރި އާނޯލްޑް ބޯކާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މި ލަނޑާއެކު މިސްރަށް ވޯލްޑް ކަޕްގެ އުއްމީދު ފަނޑުވެގެން ދިޔަ ނަމަވެސް އެ ޓީމުން ވަނީ ހިތްވަރުކޮށް ރަނގަޅަށް ކުޅެފައެވެ. ނަތީޖާއެއްގެ ގޮތުން ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ކުޅެން ދެއްކި ވަގުތުގެ ވެސް ފަހު މިނިޓުގައި ސަލާހް ވަނީ ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް މިސްރު ވޯލްޑްކަޕަށް ގެންގޮސްދީފައެވެ.

ސަލާހް މި ލަނޑު ޖެހުމާއެކު މުޅި ސްޓޭޑިއަމް އާއި މިސްރުގެ އެކި ސަރަހައްދުތަކުގައި ވެސް އުފާ ފާޅުކުރުމުގެ އެކި ހަރާކާތްތަށް ފެށިގެން ދިޔައެވެ. އެގޮތުން އެ ގައުމުގެ ދިދަތަށް ހިފައިގެން ރައްޔިތުން މަގުމައްޗަށް ނުކުމެ އިރު އަރަން ދެން އުފާފާޅުކުރުމުގައި ދެމިތިބި ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ. މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސީސީ ވެސް ވަނީ މިސްރުގެ ގައުމީ ޓީމަށާއި ރައްޔިތުންނަށް ތަހުނިޔާގެ މެސެޖެއް ފޮނުވާފައެވެ.

1990 ވަނަ އަހަރުގެ ފަހުން މިސްރުން ވޯލްޑް ކަޕްގައި ވާދަކޮށްފައިނުވި ނަމަވެސް އެ ޓީމުން ވަނީ ފާއިތުވި 28 އަހަރު ތެރޭ ހަތަރު ފަހަރެއްގެ މަތިން އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބު ކޮށްފައެވެ. މިސްރުގެ އިތުރުން އެފްރިކާ ބައްރުން ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރު ކޮށްފައިވަނީ ހަމައެކަނި ނައިޖީރިއާ އިންނެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
02 ފެބުރުއަރީ 2017

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު