Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެބޯލާ ބަލި

ޑީއާރްސީގައި އެބޯލާ ބަލީގެ އައުޓްބްރޭކް އިއުލާންކޮށްފި

ޑީއާރްސީ ގައި އެންމެ ފަހުން އެބޯލާ ބަލީގެ ނުރައްކާ ބޮޑުވެފައި ވަނީ 2014 ގައި، އެފަހަރު 40 އަށް ވުރެ ގިނަ މީހުން މަރުވި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 13 މެއި 2017 | ހޮނިހިރު 08:15
އޮފިޝަލަކު ކުއްޖަަކަށް ފަރުވާ ދިނުމަށްޓަކައި ރައްކާތެރި ސަރަހައްދަކަށް ގެންދަނީ

އޮފިޝަލަކު ކުއްޖަަކަށް ފަރުވާ ދިނުމަށްޓަކައި ރައްކާތެރި ސަރަހައްދަކަށް ގެންދަނީ

މެދުތެރޭ އެފްރިކާގެ ގައުމެއް ކަމަށްވާ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރްސީ) ގައި އެބޯލާ ވައިރަސް ބަލީގެ އައުޓްބްރޭކް އިއުލާންކޮށްފިއެވެ.

ޑީއާރްސީގައި އެބޯލާ އައުޓްބްރޭކް އިއުލާން ކުރިއިރު އެކަކު ބަލީގައި މަރުވެފައި ވެއެެެވެ. ރިޕޯޓުތައް ބުނާ ގޮތުން އިތުރު ދެމީހަކު ވެސް ބަލީގައި މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ޑީއާރްސީގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ނިމިދިޔަ އޭޕްރީލް ފަހުކޮޅުގައި މަރުވެފައިވާ މީހާ ބައްޔަށް ޕޮޒިޓިވް ވީ ކަން އެނގުނީ، ޑީއާރްސީގެ އުތުރުއިރުމަތީގެ ބަސް-އުއެލޭ ޕްރޮވިންސްގައި ކުރި ޓެސްޓްތަކަށް ފަހުގައި ކަމަށެވެ. އެމީހާއާ އެކު އިތުުރު ނުވަ މީހަކު އެ ދަނޑިވަޅުގައި އެބޯލާ ބައްޔަށް ޓެސްޓުތައް ކުރިއެވެ.

ޑީއާރްސީ ގައި ހަރަކާތްތެރިވާ ޑަބްލިޔުއެޗްއޯގެ ރެޕްރެޒެންޓެޓިވް ޑރ. އަލަރަންގާރް ޔޮކުއިޑޭ ވިދާޅުވީ ބަލީގެ އަސަރު ހުރި "ލިކަޓީ" ސަރަހައްދަށް އެބޯލާ ބައްޔާ ގުޅޭ ސްޕެޝަލިސްޓުން ހޮނިހިރު ދުވަހު ދާނެ ކަމަށެވެ.

ހުޅަނގު އެފްރިކާ ގައުމުތަކުގައި 2013 އިން ފެށީގެން މިހާތަނަށް އެބޯލާ ބަލީގައި 11300 އަށް ވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

އެބޯލާއަށް، "އެބޯލާ ހެމެރެޖިކް ފީވާ"، ވެސް ކިޔައެވެ. އެއީ ހުންއައިސް ހަށިގަނޑުން ލޭ ފައިބާތީއެވެ. މިއީ ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ އަދި ފުރާނައަށް ނުރައްކާކުރާ ބައްޔެކެވެ. މި ވައިރަސް ހަށިގަނޑުގެ ދިފާޢީ ނިޒާމު ގަޑުބަޑުކޮށްލައެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުން ލޭ ފޭބުމާއި ގުނަވަންތައް ފޭލްވުމާއި އަދި އެންމެ ފަހުން މަރާކުރިމަތިލުން ގާތެވެ. ހާއްސަކޮށް މި ބަލި ފެތުރެނީ އެފްރިކާގެ ފަގީރު ސަރަހައްދުތަކުގައި ކަމުން އެކަށީގެންވާ ފަރުވާ ނުދެވުމަކީ ވެސް މި ބަލީގެ ނުރައްކާ ބޮޑުވާން މެދުވެރިވާ ސަބަބެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެބޯލާއަށް ބޭނުންކުރެވޭ ތަހުލީލީ ވެކްސިން ދިނުން ކޮންގޯގައި ފަށައިފި

އެބޯލާއަށް ބޭނުންކުރެވޭ ތަހުލީލީ ވެކްސިން ދިނުން ކޮންގޯގައި ފަށައިފި

21 މެއި 2018
އެބޯލާ ޖެހިގެން ކޮންގޯއިން މަރުވި މީހުންގެ އަދަދު 26 އަށް

އެބޯލާ ޖެހިގެން ކޮންގޯއިން މަރުވި މީހުންގެ އަދަދު 26 އަށް

21 މެއި 2018
އެބޯލާ ޖެހިގެން ކޮންގޯއިން މީހަކު މަރުވެއްޖެ

އެބޯލާ ޖެހިގެން ކޮންގޯއިން މީހަކު މަރުވެއްޖެ

11 މެއި 2018
ޤުދުސްގައި އެމެރިކާ އެމްބަސީ ހުޅުވާ ރަސްމިއްޔާތަށް ވަޑައިގަންނަވާ ބޭފުޅުން އިއުލާންކޮށްފި

ޤުދުސްގައި އެމެރިކާ އެމްބަސީ ހުޅުވާ ރަސްމިއްޔާތަށް ވަޑައިގަންނަވާ ބޭފުޅުން އިއުލާންކޮށްފި

08 މެއި 2018
ދީނީ ހަމަނުޖެހުންތަކާއި ގުޅިގެން ސްރީލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

ދީނީ ހަމަނުޖެހުންތަކާއި ގުޅިގެން ސްރީލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

06 މާރިޗު 2018

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު