Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮލަމްބިއާގައި ބިންގަނޑު ކަނޑަ

ކޮލަމްބިއާގައިި ކުއްލި ހާލަތު އިއުލާންކޮށްފި

އިއުލާން ކުރި ކުއްލި ހާލަތަކީ "އިގްތިސާދީ، އިޖުތިމާއި އަދި އިކޮލޮޖިކަލް ކުއްލި ހާލަތެއް"

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 4 އެޕްރީލު 2017 | އަންގާރަ 12:00
މިހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަނީ

މިހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަނީ

ކޮލަމްބިއާގެ ހުޅަނގު އުތުރުގައި އަވަށެއް ކަމަށްވާ މޮކޮއާ އަށް މެދުނުކެނޑި ބޯކަށް ވާރޭ ވެހި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ކާރިސާއާ ގުޅިގެން އެގައުމުގައި ކުއްލި ހާލަތު އިއުލާންކޮށްފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން އިއުލާން ކުރި ކުއްލި ހާލަތަކީ "އިގްތިސާދީ، އިޖުތިމާއި އަދި އިކޮލޮޖިކަލް ކުއްލި ހާލަތެއް" ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކުއްލި ހާލަތު އިއުލާން ކުރިއިރު ހޮނިހިރު ދުވަހު ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާާއާ ގުޅިގެން މަރުވި 262 މީހުންގެ ޖަނާޒާ ވަނީ ފަށާފައެވެ.

މެދުކެނޑުމެއްނެތި ބޯކަށް ވާރޭ ވެހުމުގެ ސަބަބުން މޮކޯއާގެ އުސް ހިސާބުތަކުން ކިސަނޑުފައިބާ އެ އަވަށުގެ ބިންގަނޑު ކަޑައިގެންދިޔުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މޮކޯއާ ގުޅިފައިވާ ކޯރުތައް ބަންޑުންވެ މުޅި އަވަށުގައި ވަނީ ފެންބޮޑުވެފައެވެ. އަދި އެކަމުގެ ސަބަބުން ބައެއް މީހުންގެ ހަށިތައް ކޯރުގެ ފެންގަނޑު ބަންޑުން ޖަހާލުމުން އޮޔާ ގެންގޮސްފައިވާނެ ކަމަށް ބެލެވޭ ކަމުގައި ކުއްލި ހާލަތްތަކުގައި މަސައްކަތްކުރާ ޖަމާއަތްތަކުން ބުނެއެވެ.

މި ކާރިސާގެ ސަބަބުން ގިނަ ބަޔަކު މަރުވާން މެދުވެރީ އެކަން ހިނގާފައިވަނީ ރޭނގަޑުގެ ވަގުތެއްގައި ކަމަށް ވުމުންނެވެ.

ކޮލަމްބިއާގެ ރައީސް ހުއާން މެނުއެލް ސަންތޯސް ވަނީ މި ކާރިސާ ހިނގި އަވަށަށް ވަޑައިގެންފައެވެ. މެނުއެލް އެ ހިސާބަށް ވަޑައިގެންނެވީ މީހުން ސަލާމަތްކުރުމުގެ މަސައްކަތްތަކާއި ކުއްލި ހާލަތުގައި މަސައްކަތްކުރާ ފަރާތްތަކުން ކުރަމުންދާ ކަންކަން ބައްލަވާ ލެއްވުމަށެވެ.

އިތުރަށް ކިޔާލަން

18 ޖުލައި 2017

ތުރުކީގައި އިތުރު ތިން މަސްދުވަހަށް ކުއްލިހާލަތު ބޭއްވުމަށް ފާސްކޮށްފި

18 ޖުލައި 2017
ތުރުކީގައި އިތުރު ތިން މަސްދުވަހަށް ކުއްލިހާލަތު ބޭއްވުމަށް ފާސްކޮށްފި
06 ޖުލައި 2017

ޗައިނާގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ ޝިއަބޯގެ ބަލި ހާލަތު ވަރަށް ގޯސްކަމަށް ރިޕޯޓުތައް ބުނެފި

06 ޖުލައި 2017
ޗައިނާގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ ޝިއަބޯގެ ބަލި ހާލަތު ވަރަށް ގޯސްކަމަށް ރިޕޯޓުތައް ބުނެފި
29 ޖޫން 2017

ކޮލެރާ ފެތުރުމާ ގުޅިގެން ޔަމަނުގައި ކުއްލި ހާލަތު އިއުލާނުކޮށްފި

29 ޖޫން 2017
ކޮލެރާ ފެތުރުމާ ގުޅިގެން ޔަމަނުގައި ކުއްލި ހާލަތު އިއުލާނުކޮށްފި
15 މެއި 2017

ކޮލެރާ ފެތުރެމުންދާތީ ޔަމަނު ކުއްލި ހާލަތަކަށް!

15 މެއި 2017
ކޮލެރާ ފެތުރެމުންދާތީ ޔަމަނު ކުއްލި ހާލަތަކަށް!
13 މެއި 2017

ޑީއާރްސީގައި އެބޯލާ ބަލީގެ އައުޓްބްރޭކް އިއުލާންކޮށްފި

13 މެއި 2017
ޑީއާރްސީގައި އެބޯލާ ބަލީގެ އައުޓްބްރޭކް އިއުލާންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު