Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގަވަރމަންޓް ޝަޓްޑައުން

ޓްރަމްޕް ބޭނުންވާ ގޮތް ނުވުމުން ސެނެޓްގެ ޤަވާޢިދުތައް ބަދަލުކުރަން އަންގަވައިފި!

ބަޖެޓް ފާސްކުރުމަށް 60 ވޯޓު ބޭނުންވޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 22 ޖެނުއަރީ 2018 | ހޯމަ 03:24
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ސަރުކާރު ހިންގަން ބޭނުންވާ ބަޖެޓެއް ފާސްނުވެ، އިދިކޮޅު ޑިމޮކްރެޓުން ޓްރަމްޕްގެ ކޮޅަށް ދީލާނުލުމުން، ސެނެޓުގެ ޤަވާޢިދަށް ބަދަލުގެނެސްގެން ބަޖެޓެއް ފާސްކޮށްދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމަނިކުފާނުގެ ރިޕަބްލިކަން ޕާޓީއަށް އަންގަވައިފިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ މެންދަމު 12:00 އާއި ހަމަޔަށް ބަޖެޓެއް ފާސްނުވުމުން އެމެރިކާގެ ސަރުކާރު ވަނީ ރަސްމީކޮށް ބަންދުވެފައެވެ. ހަފްތާ ބަންދުގައި ސެނެޓުގައި ގިނަ މަޝްވަރާތަކެއް ޑިމޮކްރެޓުންނާއި ރިޕަބްލިކަން ޕާޓީއިން ކޮށްފައިވެއެވެ. އެހެން ނަމަވެސް އެމެރިކާގެ އިމިގްރޭޝަން ޤާނޫނުތަކަށް ކުރީގެ ރައީސް ބަރަކް އޮބާމާ ގެންނެވި އިސްލާހުތަކަށް ގެންނެވި ބަދަލުތައް ދެމެހެއްޓުމަށް ޑިމޮކްޓިކް ޕާޓީއިން އެދޭ އެދުމަށް އިޖާބަ ދިނުމަށް ޓްރަމްޕް އެއްބަސްވެވަޑައިނުގަތުމުން، ވައިޓް ހައުސްއިން ހުށަހެޅި ބަޖެޓަށް ޑިމޮކްރެޓިކް ޕާޓީއިން ވޯޓު ދީފައެއް ނުވެއެވެ.

ވަގުތީ ގޮތުން ސަރުކާރު ހިންގަން ބޭނުންވާ ބަޖެޓް ފާސްކުރުމަށް ސެނެޓްގެ 100 މެމްބަރުންގެ ތެރެއިން 60 މެމްބަރުންގެ ވޯޓު ބޭނުންވާއިރު، ލިބިފައިވަނީ 51 ވޯޓެވެ. ސެނެޓުގައި ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއަށް މެޖޯރިޓީ ލިބިފައި އޮތަސް، އެޕާޓީއަށް ލިބިފައިވަނީ 51 ގޮނޑިކަމުން ޑިމޮކްރެޓުންގެ ތާޢިދު މިފަދަ ކަންކަމަށް ބޭނުންވެއެވެ.

ސެނެޓްގެ މެޖޯރިޓީ ލީޑަރު މިޗް މެކޮނަލް އާއި މައިނޯރިޓީ ލީޑަރު ޗަކް ޝޫމަރ ވަނީ ހަފްތާ ބަންދު ތެރޭގައިވެސް ކުރިއަށް އޮތް 3 ހަފްތާއަށް ސަރުކާރު ހިންގޭނެ ބަޖެޓެއް ފާސްވޭތޯ މަޝްވަރާކުރައްވާފައެވެ. އެހެންނަމަވެސް އާދިއްތަ ދުވަހުގެ ރޭވެސް އަލިމަގެއް ފެނިފައެއް ނުވެއެވެ. ބަޖެޓެއް ފާސްވޭތޯ އަނެއްކާވެސް ހޯމަ ދުވަހުގެ ހެނދުނު ވޯޓެއް ނަގާނެއެވެ. ހޯމަ ދުވަހު ހަފްތާ ފެށޭއިރު އެމެރިކާ ސަރުކާރުގެ ގިނަ މުވައްޒަފުންތަކެއް ވަޒީފާއަށް ނުނިކުންނާނެއެވެ. އަދި އެމުވައްޒަފުން ވަޒީފާއަށް ނިކުންނާނީ ބަޖެޓެއް ފާސްވުމުންނެވެ.

އަނެއްކޮޅުން ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ހުންނެވީ ބަޖެޓް ފާސްކުރަން ޑިމޮކްރެޓިކް ޕާޓީއިން ކުރާ ޑިމާންޑްތަކަށް ދީލާލައްވާ ގޮތަކަށް ނޫނެވެ. އަދި އިދިކޮޅުން ދުލެއް ނުދިނުމުން، ބަޖެޓް ފާސްކުރުމަށް ސެނެޓްގެ ސިމްޕަލް މެޖޯރިޓީއިން އެކަން ކުރެވޭ ގޮތަށް ބަދަލުކުރުމަށް ޓްރަމްޕްވަނީ ރިޕަބްލިކަން ޕާޓީއަށް އަންގަވާފައެވެ. އެހެން ނަމަވެސް އެފަދަ ނިންމެވުމެއް މެޖޯރިޓީ ލީޑަރ މެކޮނަލް ނިންމަވާފާނެކަމަށް ނުބެލެވެއެވެ. ސިމްޕަލް މެޖޯރިޓީއިން ބަޖެޓްގެ ކަންކަން ފާސްކުރެވޭ ގޮތަށް ހަދައިފިނަމަ މައިނޯރިޓީ ޕާޓީއަށް ސެނެޓްގައި އޮންނަ ބާރުތައް ހަނިވެގެން ދާއިރު، މެޖޯރިޓީގައި އޮންނަ ޕާޓީ ފަހުން މައިނޯރިޓީއަށް ގޮސްފިނަމަ އެޕާޓީއަކަށް އެކަމުގެ ގެއްލުން ދައްކާނެތީ ބޮޑު ދެޕާޓީއިންވެސް ބޭނުންވަނީ މިހާރު އޮތް ގޮތަށް 60 ވޯޓުން ފާސްވާ ގޮތަށް ބާއްވާށެވެ.

ބަޖެޓެއް ފާސްކޮށްނުދީގެން ޓްރަމްޕް ކޯފާ އިސްކުރައްވާ ޑިމޮކްރެޓިކް ޕާޓީއަށް ރައްދުކޮށް ޓްވީޓްކުރައްވަމުން ގެންދަވާއިރު، ރިޕަބްލިކަން ޕާޓީގެ ސެނެޓަރުން ގެންދަވަނީ ޓްރަމްޕްގެ އަރިހުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އަރިސް ބޭފުޅުންނަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން މިމައްސަލައަށް ހައްލެއް ހޯދުމަށް ސެނެޓަރުން މަސައްކަތްކުރައްވާއިރު، ވައިޓް ހައުސްއިން މިމައްސަލަ ގޯސްކުރަން މަސައްކަތްކުރާކަމަށް ރިޕަބްލިކަން ޕާޓީގެ ސެނެޓަރުން ތުހުމަތުކުރައްވައެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
28 ޖެނުއަރީ 2017

މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި

28 ޖެނުއަރީ 2017
މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
26 ޖެނުއަރީ 2017

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ
25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
25 ޖެނުއަރީ 2017

އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް

25 ޖެނުއަރީ 2017
އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް
16 ޖެނުއަރީ 2017

ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި

16 ޖެނުއަރީ 2017
ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު