Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނިއުޒިލޭންޑް

ނިއުޒިލޭންޑްގެ ބޮޑުވަޒީރު އާލާސްވެ އިންނެވިކަން އިއުލާންކުރައްވައިފި

20 ޖެނުއަރީ 2018 | ހޮނިހިރު 07:00

މިއީ އާޑެން އާއި ކްލާކްގެ ފުރަތަމަ ދަރިފުޅު

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 20 ޖެނުއަރީ 2018 | ހޮނިހިރު 07:00
 އާލާސްވެ އިންނެވިކަން އިއުލާންކުރެއްވުމަށް ފަހު ބޮޑުވަޒީރު އާޑެން (ކ) ފިރިކަލުން ކްލާކްއާ އެކު

އާލާސްވެ އިންނެވިކަން އިއުލާންކުރެއްވުމަށް ފަހު ބޮޑުވަޒީރު އާޑެން (ކ) ފިރިކަލުން ކްލާކްއާ އެކު

ނިއުޒިލޭންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑެން އާލާސްވެ އިންނެވިކަން އިއުލާންކުރައްވައިފިއެވެ.

އުމުރުން 37 އަހަރުގެ ޖަސިންޑާ އާޑެން ނިއުޒިލެންޑްގެ ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގަތީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އެކަމަނާއަކީ 1856 ވަނަ އަހަރުގެ ފަހުން އެޤައުމުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި އެންމެ ޒުވާން ބޭފުޅާއެވެ.

ފުރަތަމަ ދަރިފުޅަށް އާލާސްވެ އިންނެވިކަން އާޑެން އިއުލާންކުރެއްވީ ހުކުރު ދުވަހުއެވެ. ސޯޝަލް މީޑިއާގައި އެކަމަނާ އެކަން އިއުލާންކުރެއްވުމާ އެކު ގިނަ އަދަދެއްގެ ބަޔަކު މަރުހަބާ ކިޔާފައިވެއެވެ.

Loading Instagram post...

އާޑެން ވިދާޅުވީ ޖޫން މަހު ދަރިފުޅު ލިބުމުން ހަ ހަފްތާގެ ޗުއްޓީއެއް ނަންގަވާނެ ކަމަށެވެ. އަދި އެމުއްދަތުގައި ސަރުކާރު ހިންގަވާނީ އެކަމަނާގެ ލޭބަރ ޕާޓީއާ އެކު ކޯލިޝަން ހަދާފައިވާ ނިއުޒިލޭންޑް ފަސްޓް ޕާޓީގެ ލީޑަރު ވިންސްޓަން ޕީޓަރސްއެވެ. އާޑެން ވިދާޅުވީ ޗުއްޓީގައި ހުންނެވި ނަމަވެސް ސަރުކާރުގެ އިސްވެރިންނަށް ބަރާބަރަށް އެކަމަނާއާ ގުޅުއްވޭނެ ކަމަށެވެ. އަދި ހަ ހަފްތާގެ ޗުއްޓީއަކަށް ފަހު އަނބުރާ ބޮޑުވަޒީރުގެ އޮފީހަށް އާޑެން ނިކުމެވަޑައިގަތުމުން ދަރިފުޅުގެ ކަންކަން ބަލަހައްޓާނީ ފިރިކަލުން ކްލާކް ގޭފޯޑެވެ. އަދި ގޭފޯޑް ހުންނަވާނީ ދަރިފުޅުގެ ކަންކަން ބަލަހައްޓަން ގޭގައި ކަމަށް ބޮޑުވަޒީރުގެ އޮފީހުން ބުނެއެވެ.

އާޑެން ވިދާޅުވީ އެކަމަނާއަކީ މަލްޓި ޓާސްކްކުރައްވާ ހަމައެކަނި އަންހެނާ ނޫން ކަމަށާއި، އަދި ވަޒީފާއަށް ދަމުން ދަރިއަކު ހޯދާ ފުރަތަމަ އަންހެނާ ވެސް ނޫން ކަމަށެވެ.

ނިއުޒިލޭންޑްގެ ބޮޑުވަޒީރު އާލާސްވެ އިންނެވިކަން އިއުލާންކުރެއްވުމާ އެކު އެޤައުމުގެ ކުރީގެ ދެ ބޮޑުވަޒީރު ކަމަށްވާ ހެލެން ކްލާކް އާއި ބިލް އިންގްލިޝްގެ އިތުރުން އަވަށްޓެރި އޮސްޓްރޭލިއާގެ ބޮޑުވަޒީރު މެލްކަމް ޓަރންބުލް ވަނީ މަރުހަބާ ދަންނަވާފައެވެ.

ޤައުމެއްގެ ވެރިކަމުގައި ހުންނަވާ އަންހެން ބޭފުޅަކު އާލާސްވެ އިންނެވުމަކީ ފަހުގެ ތާރީޚުގައި ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫ ވެސް 1990 ވަނަ އަހަރު އާލާސްވެ އިންނެވިކަން އިއުލާންކުރެއްވިއެވެ. އެއީ އިންތިޚާބު ވެފައިވާ ވެރިޔަކު އެފަދަ އިއުލާނެއް ކުރެއްވި ފުރަތަމަ ފަހަަރެވެ.

އިތުރަށް ކިޔާލަން

09 ޖޫން 2017

އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު

09 ޖޫން 2017
އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު
20 އެޕްރީލު 2017

ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި

20 އެޕްރީލު 2017
ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި
20 އެޕްރީލު 2017

ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟

20 އެޕްރީލު 2017
ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟
19 އެޕްރީލު 2017

ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

19 އެޕްރީލު 2017
ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން
19 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި

19 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި
05 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި
16 ފެބުރުއަރީ 2017

ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ

16 ފެބުރުއަރީ 2017
ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް