Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަލަސްތީން-އެމެރިކާ

އެމެރިކާގެ އެހީ ކަނޑާލުމުން، ބެލްޖިއަމް އިން ފަލަސްތީނަށް އެހީވަނީ!

ބެލްޖިއަމް އިން ވަނީ 23 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ނިންމާފައި

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2018 | ހުކުރު 02:32
ޔޫއެންއާރުޑަބްލިޔުއޭ އިން ފަލަސްތީނުގެ ފަސް މިލިއަނެއްހާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭ

ޔޫއެންއާރުޑަބްލިޔުއޭ އިން ފަލަސްތީނުގެ ފަސް މިލިއަނެއްހާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭ

ފަލަސްތީނުގެ ރެފިއުޖީންގެ ކަންކަން ބަލަހައްޓާ އދ. ގެ އޭޖެންސީ، ޔުނައިޓެޑް ނޭޝަނަލްސް ރިލީފް އެންޑް ވާރކްސް އޭޖެންސީ (ޔޫއެންއާރްޑަބްލިޔުއޭ) އަށް އެމެރިކާ އިން ދޭ އެހީ ކަނޑާލުމާ އެކު، ބެލްޖިއަމް އިން އެއިދާރާ އަށް އެހީ ދިނުމަށް ނިންމައިފިއެވެ.

އެމެރިކާ އިން ޔޫއެންއާރްޑަބްލިޔުއޭ އަށް ދޭ އެހީގެ ތެރެއިން ދެބައިކުޅަ އެއްބައި ކަނޑާލުމަށް ނިންމިކަން ހާމަކޮށްފައިވަނިކޮށް، ބެލްޖިއަމް އިން ބުނީ އެއިދާރާ އަށް އެހީގެ ގޮތުގައި 23 މިލިއަން އެމެރިކާ ޑޮލަރު (19 މިލިއަން ޔޫރޯ) ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބެލްޖިއަމްގެ ބޮޑުވަޒީރުގެ ނާއިބު އެލެގްޒެންޑަރ ޑި ކްރޫ ވިދާޅުވީ، ބެލްޖިއަމްގެ އެހީ ފޯރުކޮށްދޭނީ ތިން އަހަރަކަށް ބަހާލައިގެން ކަމަށެވެ. އަދި ޔޫއެންއާރްޑަބްލިޔުއޭ އަށް މިހާރު ދިމާވެފައިވާ މާލީ ދަތިކަމަށް ބެލުމަށް ފަހު، ފުރަތަމަ އަހަރުގެ ފައިސާ ވަގުތުން ދޫ ކުރުމަށް ނިންމާފައިވާ ކަމަށް އެބަޔާނުގައި ވެއެވެ.

ޑި ކްރޫ ވިދާޅުވީ، ބެލްޖިއަމްގެ ސަރުކާރުން މިމައްސަލާގައި އަވަސް ފިޔަވަޅު އެޅުމަށް ނިންމާފައި ވަނީ ޔޫއެންއާރްޑަބްލިޔުއޭ އަށް އަވަސް އެހީ ބޭނުންވާ ކަމަށް އެއިދާރާގެ ކޮމިޝަނަރ ޖެނެރަލް ވިދާޅުވި ވިދާޅުވުމަށް އިޖާބަދިނުމުގެ ގޮތުން ކަމަށެވެ.

އދ. ގެ ރިލީފް އޭޖެންސީ އިން ފަލަސްތީނުގެ އެތައް މިލިއަން ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދެއެވެ.

ޑި ކްރޫ ނެރުއްވި ބަޔާނުގައި ވަނީ، އދ. ގެ ރިލީފް އޭޖެންސީއަކީ އެންމެ އުނދަގޫ އަދި އެންމެ ނުރައްކާތެރި ހާލަތްތަކުގައި ވެސް މަސައްކަތް ކުރަންޖެހޭ އިދާރާއެއް ކަމަށާއި، އެއިދާރާގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް އިހްތިރާމް ކުރައްވާ ކަމަށެވެ. އަދި ފަލަސްތީނުގެ ޣައްޒާ، ހުޅަނގު އައްސޭރި އަދި ސީރިއާގެ އިތުރުން އެސަރަހައްދުގެ ބޮޑު ބައެއްގައި އާއްމުންގެ ދިރިއުޅެމުން ދަނީ ވަރަށް ދަތި އަދި އުނދަގޫ ހާލަތެއްގައި ކަމަށް އެބަޔާނުގައި ވެއެވެ.

މީގެ އިތުރުން ފަލަސްތީނުގެ އެތަކެއް މިލިއަން ރެފިއުޖީންގެ ސަލާމަތަށް އޮތް ހަމައެކަނި ވަސީލަތަކީ ޔޫއެންއާރްޑަބްލިޔުއޭ ކަމަށާއި، ފަލަސްތީނުގެ ބައި މިލިއަނެއްހާ ކުޑަކުދިންނަށް ތައުލީމް ހޯދުމުގެ ފުރުޞަތު އެއިދާރާ އިން ފަހިކޮށްދީފައިވާއިރު، އެކަމުގެ ސަބަބުން ހައްދުފަހަނައަޅާފައިވާ ގްރޫޕްތަކާއި ހަމަނުޖެހުމަށް ހިތްވަރުދޭ ފަރާތްތަކުގެ ޝިކާރައަކަށް ވިޔަނުދީ، އެފަދަ ފަރާތްތަކުގެ ކިބައިން އެކުދިން ސަލާމަތްވުމަށް އެހީތެރިވެދޭ ކަމަށް އެބަޔާނުގައި ވެއެވެ.

އެމެރިކާ ސަރުކާރުން މިދިޔަ އަންގާރަ ދުވަހު ވަނީ، ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވާ އދ. ގެ ރިލީފް އޭޖެންސީ އަށް އެމެރިކާ އިން ދޭ 125 މިލިއަން އެމެރިކާ ޑޮލަރުގެ އެހީގެ ޕެކޭޖްގެ ތެރެއިން 65 މިލިއަން އެމެރިކާ ޑޮލަރު ހިފެހެއްޓުމަށް ނިންމިކަން ހާމަކޮށްފައެވެ.

އެމެރިކާގެ ޚާރިޖިއްޔާ އިން މިކަން ހާމަކޮށްފައި ވަނީ، ފަލަސްތީނަށް ދޭ މާލީ އެހީ ކަނޑާލާނެ ކަމުގެ އިންޒާރު މިމަހުގެ 2 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާފައިވަނިކޮށެވެ.

ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވަނީ އެމެރިކާ އިން ފަލަސްތީނަށް އެތައް ސަތޭކަ މިލިއަން ޑޮލަރު ކޮންމެ އަހަރަކު ހޭދަކުރާއިރު، ފަލަސްތީނުން އެކަން ފާހަގަނުކުރާ ކަމަށާއި، އެކަމަށް އިހްތިރާމް ނުކުރާ ކަމަށެވެ. އަދި ފަލަސްތީނުން ޞުލްހައިގެ މަޝްވަރާތަކަށް ދާން ބޭނުންނުވާ ނަމަ، ބޮޑެތި އަދަދުތަކުން ފައިސާ ދޭންވީ ކީއްވެތޯ ޓްރަމްޕްގެ ޓްވީޓްގައި ސުވާލު އުފައްދަވާފައިވެއެވެ.

ގުދުސްއަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާ އިން ބަލައިގަތުމަށާއި، ތެލް އަވީވްގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސް އަށް ބަދަލު ކުރަން އެމެރިކާގެ ރައީސް ޓްރަމްޕް ނިންމެވިކަން އިއުލާން ކުރެއްވުމާ އެކު، ފަލަސްތީނުން ވަނީ އެމެރިކާ އިން ފަލަސްތީނު-އިޒްރޭލު މައްސަލާގައި ވަކިކޮޅަކަށް ބުރަވެއްޖެ ކަމަށް ނިންމައި، އެމެރިކާ ބައިވެރިވާ ޞުލްހައިގެ ވާހަކަތަކުގައި ފަލަސްތީނުން ބައިވެރިނުވާނެކަން ހާމަކޮށްފައެވެ.

ބައިނަލްއަގްވާމީ މުޖުތަމައުގެ ފާޑުކިޔުން އަމާޒުވި ޓްރަމްޕްގެ ނިންމެވުމަކީ ބާތިލް ނިންމެވުމެއް ކަމަށް ކަނޑައެޅުމަށް އދ. ގެ އާއްމު މަޖިލީހުގައި ނެގި ވޯޓުގައި، އެގަރާރަށް ތާއީދުކޮށް، ގަރާރާ އެއްކޮޅަށް ވޯޓު ދިން ގައުމުތަކަށް އެހީކަނޑާލާނެ ކަމުގެ އިންޒާރު ވެސް އެމެރިކާ އިން ދީފައިވެއެވެ.

އެމެރިކާ އިން އދ. ގެ ރިލީފް އޭޖެންސީ އަށް ދޭ އެހީ ކަނޑާލުމަށް ނިންމި ނިންމުން، ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ވަނީ ކުށްވެރިކޮށްފައެވެ.

އެމެރިކާގެ ނިންމުމާ ގުޅިގެން ހިއުމަން ރައިޓްސް ވޮޗްގެ އެގްޒެކެޓިވް ޑިރެކްޓަރ ކެނެތު ރޮތު، އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވަނީ، އެމެރިކާގެ އެނިންމުމަކީ ސިޔާސީ އެޖެންޑާއެއް ހާސިލް ކުރުމަށް، އިންސާނީ އެހީއަށް ބޭނުންވެފައިވާ ފަލަސްތީނުގެ ކުޑަކުދިން ރަހީނުކުރުން ކަމަށް ސިފަ ކުރައްވާފައެވެ.

ނޯވޭގެ ރެފިއުޖީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޖެން އެގެލަންޑް ވަނީ، އެނިންމުން އަނބުރާ ގެންދިއުމަށް އެމެރިކާ ސަރުކާރަށް ގޮވާލާފައެވެ.

ވިލާތުގެ އިއްތިހާދުގެ މެމްބަރު ގައުމުތަކާ އެކު ބެލްޖިއަމްއަކީ އދ. ގެ ރިލީފް އޭޖެންސީ އަށް މިހާރު އެންމެ ބޮޑަށް އެހީދޭ ފަރާތެވެ.

ޑި ކްރޫ ނެރުއްވި ބަޔާނުގައި، ވިލާތުގެ އިއްތިހާދާއި ޔޫރަޕްގެ އެހެން ގައުމުތަކާ އެކު ބެލްޖިއަމް އިން އދ. ގެ ރިލީފް އޭޖެންސީ އަދި ފަލަސްތީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ކުރިއަށް އޮތް އަހަރުތަކުގައި ވެސް ދެމި ތިބޭނެ ކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.

ބެލްޖިއަމް އިން ފަލަސްތީނަށް ދޭ އެހީތެރިކަން ފާހަގަކުރުމާއި، މިމައްސަލާގައި ޚިޔާލު ބަދަލުކުރުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އަންނަ ހޯމަ ދުވަހު ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސް އަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ޔޫއެންއާރްޑަބްލިޔުއޭއަކީ 1948 ވަނަ އަހަރު ކުރި އަރަބި-އިޒްރޭލު ހަނގުރާމާގައި އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމާއި ގުޅިގެން ފަލަސްތީނު ދޫކޮށް ހިޖުރަކުރި ހަތްލައްކަ އަށް ވުރެ ގިނަ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 1949 ވަނަ އަހަރު ވުޖޫދުވި ރިލީފް އޭޖެންސީއެކެވެ.

އދ. ގެ ރިލީފް އޭޖެންސީ އިން ފަލަސްތީނުގެ ފަސް މިލިއަނެއްހާ ރައްޔިތުންނަށް ތައުލީމާއި، ސިއްހީ ޚިދުމަތްތަކާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭއިރު، އެ އޭޖެންސީގެ ހަރަކާތްތައް އިޒްރޭލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތަކާއި، ސީރިއާ، ލުބުނާން އަދި އުރުދުންގައި ކުރިއަށް ގެންދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ

ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު