Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނިއު ރޭޑިއަންޓް

ނިއުއިން އަނެއްކާ ވެސް ޒުވާން ކުޅުންތެރިޔަކު ގެނެސްފި

18 ޖެނުއަރީ 2018 | ބުރާސްފަތި 16:57

އޭނާ ވަނީ މީގެކުރިން ގައުމީ ޓީމަށް ވެސް ކުޅެފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 18 ޖެނުއަރީ 2018 | ބުރާސްފަތި 16:57
ރިހާމް އަބްދުލް ޢަނީ (ބޮބީ)

ރިހާމް އަބްދުލް ޢަނީ (ބޮބީ)

މި ފެށޭ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްއިން ޒުވާން މިޑްފީލްޑަރަކު އެ ޓީމަށް ގެނެސްފިއެވެ.

އެ ޓީމުން މިފަހަރު ގެނައި ކުޅުންތެރިޔަކީ ކްލަބް އީގަލްސްއަށް ކުޅުނު އުމުރުން 20 އަހަރުގެ މިޑްފީލްޑަރު ރިހާމް އަބްދުލް ޢަނީ (ބޮބީ) އެވެ. މިދިޔަ ސީޒަނުގެ ކުރީކޮޅު އީގަލްސްގައި އޭނާ މޮޅު ކުޅުމެއް ދެއްކި ނަމަވެސް ޓީމަށް އެންގުމެއް ނެތި ފުޓްސަލް ކުޅެން ދިޔުމާއެކު އީގަލްސްގެ ސްކޮޑުން އޭނާ ބާކީ ކުރިއެވެ. އެޔަށް ފަހު އޭނާ އެހެން ކްލަބަކުން ފެނިފައިނުވާއިރު އީގަލްސްގައި އޭނާ ދެއްކި ކުޅުމުގެ ސަބަބުން އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާއި ދެކޮޅަށް އެކުލަވާލި ގައުމީ ސްކޮޑުގައި ވެސް އޭނާ ހިމެނުނެވެ.

ބޮބީ ވެގެން ގޮސްފައި ވަނީ ނިއުއިން މި ފެށޭ ސީޒަނަށް އެ ޓީމު ވަރުގަދަކުރުމަށް ގެނައި ހަވަނަ ކުޅުންތެރިޔާއަށެވެ. މީގެކުރިން އެ ޓީމުން ވަނީ އީގަލްސްގެ ކެޕްޓަން އިމްރާން ނަޝީދު (އިންމަ) އާއި މާޒިޔާގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރި މުހައްމަދު އުމައިރާއި ކްލަބް ވެލެންސިއާގެ ޑިފެންޑަރު ހިޝާމް ސަލީމް (ކޮކީ) ގެ އަދި ޔޫތް ޗެމްޕިއަންޝިޕުގައި އެންމެ ގިނަ ލަނޑު ޖެހި އުއްމީދީ ފޯވާޑް އިބްރާހިމް އަތީގްގެ އިތުރުން ސިޔާމް މައުރޫފް ސޮކާ ކަޕްގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ހޯދި އުމުރުން 16 އަހަރުގެ ހަސަން އަބްދުލް ހަކީމް ވެސް އެ ޓީމަށް ގެނެސްފައެވެ.

ހަމަ އެހެންމެ ނިއުއިން އަންނަނީ ބިދޭސީ ކުޅުންތެރިން ގެނައުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެގޮތުން މިދިޔަ ސީޒަނުގައި އެ ޓީމަށް ކުޅުނު ލުބްނާންގެ ޑިފެންޑަރު ހުސައިން އެލްޑޯ އާއި މޮންޓެނީގްރޯގެ ޑިފެންޑަރު ސްޓެވަން މާކޮވިޗްގެ ބަދަލުގައި އޭޝިއާގެ ޑިފެންޑަރަކާއި ޔޫރަޕުގެ ޑިފެންޑަރެއް ގެނައުމުގެ މަސައްކަތް އެ ޓީމުން އަންނަނީ ކުރަމުންނެވެ. ހަމައެހެންމެ އަމިއްލަ ސަބަބުތަކަށްޓަކައި އެނބުރި ގައުމަށް ދިޔަ އެ ޓީމަށް ކުޅުނު ސްޕެއިންގެ ފޯވާޑް އެޑްރިއަން ގަލާޑޯގެ ބަދަލުގައި ޔޫރަޕުގެ ފޯވާޑެއް ގެނައުމުގެ މަސައްކަތް ވެސް އެ ޓީމުން ދަނީ ކުރަމުންނެވެ. އެހެން ނަމަވެސް މިދިޔަ ސީޒަނުގައި ވެސް އެ ޓީމުން ފެނުނު ސްޕެއިންގެ މިޑްފީލްޑަރު ކަންޑޭލާ މި ފެށޭ ސީޒަނުގައި ވެސް އެ ޓީމުން ފެންނާނެއެވެ.

ނިއު އިން އަންނަ ސީޒަނާ ކުރިމަތިލާނީ ސަރަހައްދީ ފެންވަރުގައި ވެސް ކާމިޔާބު ހޯދުމުގެ އުއްމީދުގައެވެ. މިކަން ހަގީގަތަކަށް ހެދުމަށް އެ ޓީމުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

26 މާރިޗު 2017

ފަސް ކުޅުންތެރިޔަކު ބާކީކޮށް ގައުމީ ޓީމުގެ ސްކޮޑު އެކުލަވާލައިފި

26 މާރިޗު 2017
ފަސް ކުޅުންތެރިޔަކު ބާކީކޮށް ގައުމީ ޓީމުގެ ސްކޮޑު އެކުލަވާލައިފި
19 މާރިޗު 2017

ޒުވާން ކުޅުންތެރިންތަކާއެކު ފަލަސްތީން މެޗަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފި

19 މާރިޗު 2017
ޒުވާން ކުޅުންތެރިންތަކާއެކު ފަލަސްތީން މެޗަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފި
17 މާރިޗު 2017

އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި

17 މާރިޗު 2017
އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި
14 މާރިޗު 2017

އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި

14 މާރިޗު 2017
އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި
07 މާރިޗު 2017

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި
13 ފެބުރުއަރީ 2017

އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް

13 ފެބުރުއަރީ 2017
އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް
12 ފެބުރުއަރީ 2017

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ
03 ފެބުރުއަރީ 2017

ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

03 ފެބުރުއަރީ 2017
ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި
14 ޖެނުއަރީ 2017

ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި

14 ޖެނުއަރީ 2017
ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް