Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މާޒިޔާ ސްޕޯޓްސް

އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް

މިއީ އެއް އަހަރުގެ މުއްދަތަށް ވެވުނު އެއްބަސްވުމެއް

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2017 | ހޯމަ 20:28
މާޒިޔާ އާއި އޭޑީކޭއާ ވެވުނު އެއްބަސްވުން

މާޒިޔާ އާއި އޭޑީކޭއާ ވެވުނު އެއްބަސްވުން

ފާއިތުވި ސީޒަންގެ ދިވެހި ޕްރެމިއަ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު މިއަހަރު ވެސް އޭޑީކޭ ގްރޫޕާއެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ފާއިތުވި 4 ހަތަރު އަހަރުވެސް މާޒިޔާގެ މެއިން ސްޕޮންސަރުގެ ގޮތުގައި ހަރަކާތްތެރިވެފައިވާ އޭޑީކޭ ގްރޫޕާއެކު މިއަދު ވެވުނު އެއްބަސްވުމަކީ އެއް އަހަރު ދުވަހަށް ވެވުނު އެއްބަސްވުމެކެވެ.

އެފްއޭއެމްގައި އޮތް ސޮއި ކުރުމުގެ ރަސްމިއްޔާތަށްފަހު މީޑިއާތަކަށް މައުލޫމާތު ދެމުން އޭޑީކޭގެ މެނޭޖިންގ ޑިރެކްޓާ އަހުމަދު އައްފާލް ޕވިދާޅުވީ މާޒިޔާއަކީ އަބަދުވެސް އެ ކްލަބުން ގާތް ގުޅުމެއް ބާއްވަމުން އަންނަ ކްލަބެއް ކަމަށެވެ.

އައްފާލް ވިދާޅުވީ އޭޑީކޭއަކީ ސިއްހީ ފަރުވާ ދޭތަނެއް ނަމަވެސް އެބޭފުޅުންގެ ވިސްނުން އަބަދުވެސް ހުންނަނީ ކުޅިވަރާއި ގުޅި ލާމެހިގެން އެފަރާތުގެ ވިޔަފާރި ކުރިއަށްގެންދިއުމަށެވެ. އެގޮތުން މާޒިޔާއަކީ އޭޑީކޭ އިން އަބަދުވެސް ކުޅިވަރަށް ނަމޫނާ ދައްކާ ކްލަބަކަށް ވުމުން އެ ކްލަބާއެކު އެއްބަސްވުން އާކުރަން ނިންމީ ކަމަށެވެ.

އޭނާ ވިދާޅުވީ މާޒިޔާ އަކީ އަބަދުވެސް ކޮންމެ އަހަރެއްގައި ވެސް ޒުވާން ކުޅުންތެރިން އުފައްދާ ޓީމެއް ކަމަށާއި އެހެން ކަމުން މި ވެވުނު އެއްބަސްވުމާއެކު ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖޭގެ ފުޓުބޯޅަ އަށް މާޒިޔާގެ ފަރާތުން ހެޔޮ ބަދަލެއް ފެނިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ އަބްދުލް ވައްހާބު ވިދާޅުވީ އޭޑީކޭއަކީ އަބަދުވެސް މާޒިޔާއާއެކު ގާތް ގުޅުމެއް ބާއްވަމުން އަންނަ ކުންފުންޏެއް ކަމަށާއި އެގޮތުން އޭޑީކޭގެ ވެރިޔާ އަހުމަދު ނާޝިދު އެ ކްލަބާ ބަހައްޓަވާ ގާތް ގުޅުމަށް ޝުކުރު އަދާކުރާ ކަމަށެވެ.

މާޒިޔާއިން ވަނީ މިއަހަރުގެ ސީޒަން ވަރުގަދަ ކުރުމުގެ ގޮތުން ބިދޭސީ ހަތަރު ކުޅުންތެރިންނާއެކު ބިދޭސީ ކޯޗެއް ވެސް އެޓީމަށް ގެނެސްފަ އެވެ. މިއަހަރުގެ ސީޒަން ފެށުމުގެ މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ކުޅޭ ޗެރިޓީ މެޗަށް އެ ކްލަބުން އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު، އެ ކްލަބަކީ މިއަހަރުގެ އޭއެފްސީ ކަޕްގައި ވެސް ވާދަކުރާ ޓީމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވެލެންސިއާ ބަލިކޮށް ސީޒަން ހުޅުވާ ޗެރިޓީ މެޗު މާޒިޔާ ކާމިޔާބުކޮށް ޝިލްޑް އުފުލާލައިފި

ވެލެންސިއާ ބަލިކޮށް ސީޒަން ހުޅުވާ ޗެރިޓީ މެޗު މާޒިޔާ ކާމިޔާބުކޮށް ޝިލްޑް އުފުލާލައިފި

16 ފެބުރުއަރީ 2017
މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

15 ފެބުރުއަރީ 2017
ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި

ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި

15 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު