Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގަތަރުގެ މައްސަލަ

ބޯޓްތަކަށް ހުރަސްއެޅިކަމަށް ޔޫއޭއީއިން ކުރާ ތުހުމަތާމެދު ތަޖުރިބާކާރުން ސުވާލު އުފައްދައިފި

17 ޖެނުއަރީ 2018 | ބުދަ 03:58

ޔޫއޭއީއިން ބުނާގޮތުގައި އެ ގައުމުގެ ދެ ބޯޓަކަށް ގަތަރުން ހުރަސްއަޅާފައިވޭ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 17 ޖެނުއަރީ 2018 | ބުދަ 03:58
ގަތަރުގެ ފައިޓަރ ޖެޓެއް

ގަތަރުގެ ފައިޓަރ ޖެޓެއް | އަލްޖަޒީރާ

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ފަސިންޖަރުން އުފުލާ މަތިންދާ ބޯޓެއް ޤަތަރުގެ ހަނގުރާމަމަތީ މަތިންދާ ބޯޓަކުން ހުއްޓުވި ކަމަށް އެ ގައުމުން ބުނާ ބުނުމާއިމެދު ދިރާސާ ކުރާ ފަރާތްތަކުން ސުވާލު އުފައްދައިފިއެވެ.

ގަތަރުގެ ބޯޓަކުން ޔޫއޭއީގެ ބޯޓެއް ހުއްޓުވިކަމަށްބުނާ ވާހަކަ އެންމެ ފުރަތަމަ ރިޕޯޓްކޮށްފައި ވަނީ ޔޫއީގެ ދައުލަތުގެ މީޑިއާ ޑަބްލިއުއޭމްއިން ހޯމަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ.

އެ ގައުމުގެ ޖެނެރަލް ސިވިލް އޭވިއޭޝަން އޮތޯރިޓީ(ޖީސީއޭއޭ) އާއި ހަވާލާދީ ބުނެފައި ވަނީ ގަތަރުން ހުރަސްއެޅި އެ ބޯޓަކީ ބަހްރެއިން މަގުން، އާއްމު ފަސިންޖަރުން ގޮވައިގެން ދަތުރުކުރާ ބޯޓެއް ކަމަށެވެ.

ޖީސީއޭއޭއިން ވަނީ އެކަން ކުށްވެރިކޮށް އެ ކަމަކީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމަށް ކުރިމަތިކުރުވި ސީރިއަސް ނުރައްކަލެއްކަމަށާއި އަދި އެއީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ޚިލާފްކަމެއް ކަމަށް ބުނެފައެވެ.

ދެވަނަ ބޯޓަކަށް ހުރަސް އެޅިކަމަށް ރިޕޯޓް ކޮށްފައިވަނީ ވެސް ހޯމަ ދުވަހުއެވެ. ޑަބްލިއުއޭއެމްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެވަނައަށް ހުއްޓުވާފައިވަނީ ބަހްރެއިންއަށް ދަތުރު ކުރަމުން ދިޔަ ފަސިންޖަރުން އުފުލާ މަތިންދާ ބޯޓެކެވެ.

ޤަތަރުގެ ފޮރިން މިނިސްޓްރީއިން ވަނީ މި ތުހުމަތުތައް ދޮގު ކޮށްފައެވެ.

ގަތަރުން މީގެ ކުރިން ވަނީ އެ ގައުމުގެ ވައިގެ ސަރަހައްދަށް ޔޫއޭއީގެ ހަނގުރާމަ މަތީ މަތިންދާ ބޯޓް ގަވައިދާ ޚިލާފަށް ވަދެފައިވާ ކަމަށް ބުނާ ދެ މައްސަލައެއް އދ. އަށް ހުށަހަޅާފައެވެ.

ވައިގެ ދަތުރުފަތުރާ ބެހޭ ދާއިރާ ދިރާސާ ކުރައްވާ ފަރާތެއް ކަމަށްވާ އިލެކްސް މަޝެރާސް ވިދާޅުވީ ހޯމަ ދުވަހު ހިނގާފައިވާ ކަމަށް ޔޫއޭއީއިން އެ ބުނާ ހާދިސާއަކީ އެގައުމުން އެ ބުނާގޮތަށް ހިނގާފައިވާ ކަމެއްނަމަ އެ އެކަން ދިމާވި އެއަރލައިނުން ބައިނަލްއަގްވާމީ އިދާރާތަކަށް ޝަކުވާ ހުށަހަޅާނެކަމަށް ބެލެވޭ ކަމަށެވެ. އަދި ބޯޓުގައި ތިބި ފަސިންޖަރުން ފޮޓޯނަގައި އެ ވާހަކަ ޝެއަރ ކުރަމުންދާނެ ކަމަށެވެ.

ޔޫއޭއީން ހޯމަ ދުވަހު މި ތުހުމަތުތައް ކޮށްފައިވާއިރު ޤަތަރާއެކު ގުޅުން ކަނޑާލައި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާއި ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަން ދަނީ ބޮޑުވަމުންނެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ގަތަރާއި ގުޅުން ކަނޑާލައި ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ ސައުދީ އަރަބިއްޔާ،ޔޫއޭއީ، މިސްރު އަދި ބަހުރެއިނުންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

31 ޑިސެމްބަރު 2024

ބައިނަލްއަޤްވާމީ ޤާނޫނުގެ އަސާސްތަކަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ނަތީޖާ ފެންނަން ޖެހޭނެ: އދ ގެ ތަޖުރިބާކާރުން

31 ޑިސެމްބަރު 2024
ބައިނަލްއަޤްވާމީ ޤާނޫނުގެ އަސާސްތަކަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ނަތީޖާ ފެންނަން ޖެހޭނެ: އދ ގެ ތަޖުރިބާކާރުން
09 ޑިސެމްބަރު 2020

ޔޫއޭއީއިން ސިނޯފަރމްގެ ކޮވިޑް ވެކްސިނަށް ހުއްދަދީފި

09 ޑިސެމްބަރު 2020
ޔޫއޭއީއިން ސިނޯފަރމްގެ ކޮވިޑް ވެކްސިނަށް ހުއްދަދީފި
06 ޖޫން 2020

ޖެނުއަރީއާ ހަމައަށް ވެކްސިންއެއް އުފެއްދޭނީ ހުރިހާކަމެއް ފުރިހަމަކޮށްގެން: ތަޖުރިބާކާރުން

06 ޖޫން 2020
ޖެނުއަރީއާ ހަމައަށް ވެކްސިންއެއް އުފެއްދޭނީ ހުރިހާކަމެއް ފުރިހަމަކޮށްގެން: ތަޖުރިބާކާރުން
20 ފެބުރުއަރީ 2020

އުތުރު ކޮރެއާއިން ކޮވިޑް-19 ފެނިއްޖެނަމަ ޗައިނާއަށްވުރެ ނުރައްކާ ބޮޑުވާނެ: ސިއްޙީ ތަޖުރިބާކާރުން

20 ފެބުރުއަރީ 2020
އުތުރު ކޮރެއާއިން ކޮވިޑް-19 ފެނިއްޖެނަމަ ޗައިނާއަށްވުރެ ނުރައްކާ ބޮޑުވާނެ: ސިއްޙީ ތަޖުރިބާކާރުން
22 ޑިސެމްބަރު 2018

ޔޫއޭއީއިން ޕާކިސްތާނަށް ތިން ބިލިއަން ޑޮލަރުގެ އެހީއެއް ދެނީ

22 ޑިސެމްބަރު 2018
ޔޫއޭއީއިން ޕާކިސްތާނަށް ތިން ބިލިއަން ޑޮލަރުގެ އެހީއެއް ދެނީ
29 ޖެނުއަރީ 2018

ޔޫއޭއީއިން ވާގިވެރިވާ ހަނގުރާމަވެރިން ދެކުނު ޔަމަނުގައި ބަޣާވާތްކޮށްފި

29 ޖެނުއަރީ 2018
ޔޫއޭއީއިން ވާގިވެރިވާ ހަނގުރާމަވެރިން ދެކުނު ޔަމަނުގައި ބަޣާވާތްކޮށްފި
02 ޑިސެމްބަރު 2017

ޔޫއޭއީއިން ޑީޕޯޓް ކޮށްލުމުން ޝަފީގް އެނބުރި މިސްރަށް

02 ޑިސެމްބަރު 2017
ޔޫއޭއީއިން ޑީޕޯޓް ކޮށްލުމުން ޝަފީގް އެނބުރި މިސްރަށް
09 ނޮވެމްބަރު 2017

ޤަތަރުގެ އިޤްތިޞާދު ފުނޑާލުމަށް ޔޫއޭއީއިން ރޭވި!

09 ނޮވެމްބަރު 2017
ޤަތަރުގެ އިޤްތިޞާދު ފުނޑާލުމަށް ޔޫއޭއީއިން ރޭވި!
17 ޖުލައި 2017

ޤަތަރުގެ މީޑިއާ ހެކް ކުރަން ޔޫއޭއީއިން އުޅެފައެއްނުވޭ:ޔޫއޭއީ

17 ޖުލައި 2017
ޤަތަރުގެ މީޑިއާ ހެކް ކުރަން ޔޫއޭއީއިން އުޅެފައެއްނުވޭ:ޔޫއޭއީ
17 ޖުލައި 2017

ޤަތަރުގެ މީޑިއާ ހެކް ކުރަން ޔޫއޭއީއިން އުޅުނު:ވޮޝިންގޓަން ޕޯސްޓް

17 ޖުލައި 2017
ޤަތަރުގެ މީޑިއާ ހެކް ކުރަން ޔޫއޭއީއިން އުޅުނު:ވޮޝިންގޓަން ޕޯސްޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް