Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣާއްޒާ ހަނގުރާމަ

ބައިނަލްއަޤްވާމީ ޤާނޫނުގެ އަސާސްތަކަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ނަތީޖާ ފެންނަން ޖެހޭނެ: އދ ގެ ތަޖުރިބާކާރުން

މީހުން މެރުމާއި، އަނިޔާކުރުމާއި، ޖިންސީ އަނިޔާކުރުމާއި، ތަކުރާރުކޮށް މީހުން ހިޖުރަކުރަން މަޖުބޫރު ކުރުން ފަދަ އިންސާނިއްޔަތާ ދެކޮޅު ކުށްތަކާއި، މަދަނީ ރައްޔިތުންނާއި މަދަނީ ތަންތަނަށް ތަފާތުކުރުމެއް ނެތި ދޭ ހަމަލާތަކާއި، މަދަނީ ރައްޔިތުން ދިރިތިބުމަށް ކޮންމެހެން ބޭނުންވާ ތަކެއްޗާއި ތަޢުލީމީ މުއައްސަސާތަކާއި ޘަޤާފީ ތަރިކަތަކަށް ދޭ ހަމަލާތަކާއި، ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބަނޑަށްޖެއްސުން ބޭނުންކުރުމާއި، ޞިއްޙީ މަސައްކަތްތެރިންނާއި ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް އަމާޒުކޮށް ހަމަލާ ދިނުންފަދަ އެތައް ޖަރީމާ އެއް އިސްރާއީލުން ހިންގަމުންދާކަން މާހިރުންގެ ބަޔާނުގައި ފާހަގަ ކޮށްފައިވޭ.

ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2024 | އަންގާރަ 05:55
2024 ޑިސެމްބަރ 29ގައި ޣައްޒާ ސިޓީގެ ނުސައިރާތު ކޭމްޕަށް އިސްރާއީލު ސިފައިން ދިން ހަމަލާގައި ޒަޚަމްވި ފަލަސްތީނުގެ ކުޑަކުދިންތަކެއް ފަރުވާ ހޯދުމަށް ގެންނަނީ

2024 ޑިސެމްބަރ 29ގައި ޣައްޒާ ސިޓީގެ ނުސައިރާތު ކޭމްޕަށް އިސްރާއީލު ސިފައިން ދިން ހަމަލާގައި ޒަޚަމްވި ފަލަސްތީނުގެ ކުޑަކުދިންތަކެއް ފަރުވާ ހޯދުމަށް ގެންނަނީ

ހަނގުރާމައިގެ ޙާލަތުގައި މަދަނީ ރައްޔިތުން ޙިމާޔަތްކުރުމަށް އޮންނަ ޤާނޫނީ އޮނިގަނޑު އެއީ ނެތް އެއްޗަކަށް ހެދުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތުގެ ނަތީޖާ އެ ޤައުމުން ދެކެންޖެހޭނެ ކަމަށް އިންސާނީ ޙައްޤުތަކުގެ މާހިރުންގެ މިނިވަން ގްރޫޕަކުން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. 

އދ. ގެ މާހިރުންގެ ޓީމުން ބުނެފައިވަނީ މަދަނީ ތަންތަން ޙިމާޔަތްކުރުމާ ގުޅޭ ގޮތުން ހުރި ބައިނަލްއަޤްވާމީ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ލާޒިމު އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރުމުގެ ބަދަލުގައި، "އިސްރާއީލުން ވަނީ ފާޅުގައި އެ ގަވާއިދުތަކާ ޚިލާފުވެ، ފަލަސްޠީނުން ހިފާފައިވާ ސަރަހައްދުތަކުގަ އާއި އެ ސަރަހައްދުތަކުން ބޭރުގައި ތިބި މަދަނީ ރައްޔިތުންނަށް ދެވޭނެ އެންމެ ބޮޑު އަނިޔާއެއް ދިނުމަށް މަސައްކަތްކޮށްފައެވެ." 

އިސްރާއީލުން އެންމެ ބޮޑަށް ޤާނޫނާ ޚިލާފުވެފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމަށް މާހިރުން ފާހަގަކޮށްފައިވަނީ މީހުން މެރުމާއި، އަނިޔާކުރުމާއި، ޖިންސީ އަނިޔާކުރުމާއި، ތަކުރާރުކޮށް މީހުން ހިޖުރަކުރަން މަޖުބޫރު ކުރުން ފަދަ އިންސާނިއްޔަތާ ދެކޮޅު ކުށްތަކާއި، މަދަނީ ރައްޔިތުންނާއި މަދަނީ ތަންތަނަށް ތަފާތުކުރުމެއް ނެތި ދޭ ހަމަލާތަކާއި، މަދަނީ ރައްޔިތުން ދިރިތިބުމަށް ކޮންމެހެން ބޭނުންވާ ތަކެއްޗާއި ތަޢުލީމީ މުއައްސަސާތަކާއި ޘަޤާފީ ތަރިކަތަކަށް ދޭ ހަމަލާތަކާއި، ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބަނޑަށްޖެއްސުން ބޭނުންކުރުމާއި، ޞިއްޙީ މަސައްކަތްތެރިންނާއި ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް އަމާޒުކޮށް ހަމަލާ ދިނުމާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ހަމަލާ ދިނުމާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްއެޅުމާއި، ނޫސްވެރިންނަށް ހަމަލާ ދިނުމާއި، އެންމެން ޝާމިލުވާ ގޮތައް އަދަބު ދިނުން ފަދަ ހަނގުރާމައިގެ ކުށްތަކެވެ. 

"އިސްރާއީލުން ހިފާފައިވާ އަދި އެމީހުންގެ ބާރުގެ ދަށުގައިވާ މުޅި މަދަނީ އާބާދީއާ ދެކޮޅަށް ހިންގާފައިވާ މިފަދަ ޢަ މަލުތަކުގެ މުޅި މަންޒަރަށް ސިޔާސީ އަދި ޝަރުޢީ ފަރާތްތަކުން ވިސްނަންޖެހޭނެއެވެ. އެއީ މަދަނީ އާބާދީ އަކީ ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ޙިމާޔަތްކުރެވިފައިވާ ބައެއް ކަމަށްވެފައި، އެއީ އަސްކަރީ ލަނޑުދަނޑިތަކެއް ކަމުގައި ނުވާތީ،" ކަމަށް މާހިރުން ބުނެފައިވެއެވެ.

"މުޅި އާބާދީ ނުވަތަ އާބާދީގެ ބައެއް ނައްތާލުމަށް އަމާޒުކޮށްގެން އެމީހުން ހިންގާ ޢަމަލުތަކަކީ ނަސްލު ނައްތާލުމުގެ ޢަމަލުތަކެކެވެ." ބަޔާނުގައި ބުނެފައިވެއެވެ.

މާހިރުން ކަންބޮޑުވުމާއެކު ވަކިން ޚާއްސަކޮށް ފާހަގަ ކޮށްފައިވަނީ އިސްރާއީލުން އުތުރު ޣައްޒާގައި ހިނގާފައިވާ ޖަރީމާތަކެވެ. އެ ސަރަޙައްދުގައި ހިސޯރުކޮށްގެން ތިބި ބާރެއްގެ ހައިސިއްޔަތުން އިސްރާއީލުގެ މައްޗަށް އޮތް ޒިންމާތައް އެ ޤައުމުން ވަނީ ބޮޑުތަނުން އިހުމާލު ވެފައި ކަމަށް ތަޖުރިބާކާރުން ބުނެފައިވެއެވެ.

"ގެދޮރު ދޫކޮށްފައި ދިޔަ މީހުން ތިބި ވަގުތީ ހިޔާވެއްސަށާއި، ކަމާލް ޢަދްވާން ހޮސްޕިޓަލާއި އެތަނުގެ ވަށައިގެންވާ ސަރަޙައްދުތަކަށް ތަފާތުކުރުމެއް ނެތި ދީފައިވާ ހަމަލާތަކާއި، ފާއިތުވި ތިން މަސް ދުވަހު އުތުރު ޣައްޒާ ހިސޯރުކޮށް އެ ސަރަހައްދު ބަންދުކޮށް، ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރުމަކީ މަދަނީ ރައްޔިތުން ޙިމާޔަތްކުރުމަށް އިސްރާއީލުގެ މައްޗަށް އޮތް ޤާނޫނީ ޒިންމާއާ ޚިލާފު ކަންތައްތަކެކެވެ،" މާހިރުން ބުނެފައިވެއެވެ.

"ބައިނަލްއަޤްވާމީ ޢަދުލުގެ ކޯޓުން ވަނީ އިސްރާއީލުން ގަދަކަމުން ހިފާފައިވާ ފަލަސްޠީނުގެ ސަރަހައްދުތަކުގައި ތިބުމަކީ ގާނޫނާ ޚިލާފު ކަމެއްކަން ފާހަގަކޮށް، އެކަން ވަގުތުން ނިމުމަކަށް އަންނަން ޖެހޭނެ ކަމަށް ބުނެފައެވެ. އަދި ޣައްޒާގައި ނަސްލު ނައްތާލުމުގެ ޢަމަލުތައް ހިންގުން ހުއްޓުވުމަށް އިސްރާއީލުގެ މައްޗަށް ލާޒިމު ވަގުތީ ފިޔަވަޅުތަކެއް އެ ކޯޓުން ވަނީ ކަނޑައަޅާފައެވެ. އަދި އިސްރާއީލުގެ ބޮޑުވަޒީރާއި ކުރީގެ ދިފާޢީ ވަޒީރު ހައްޔަރު ކުރުމަށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން އަމުރު ނެރެފައިވެއެވެ،" މާހިރުން ބުނެފައިވެއެވެ.

"އެހެންނަމަވެސް، އިސްރާއީލަށް އެއްވެސް ޙަޤީޤީ ނަތީޖާއެއް ކުރިމަތިވެފައި ނުވަނީ ބޮޑަށް އެ ޤައުމުގެ އެކުވެރިން އެ ޤައުމަށް ދޭ ޙިމާޔަތުގެ ސަބަބުންނެވެ. އެ ފަރާތްތަކުން ބައިނަލްއަޤްވާމީ މުއައްސަސާތަކުގެ ޝަރުއީ ހައިސިއްޔަ ނަފީކުރުމަށާއި ޚާއްޞަ އިޖުރާއާތުތަކުގެ މެންޑޭޓް ލިބިފައިވާ ފަރާތްތަކުގެ އަގު ވައްޓާލުމަށް އިސްރާއީލާ އެކު ބައިވެރިވެފައިވާ ކަން ދޭހަވާ މިންވަރަށް ކަންކަން ގޮސްފައިވެއެވެ."

ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް ހިންގާފައިވާ ނުރައްކާތެރި ޢަމަލުތަކާ ގުޅޭ ގޮތުން މިނިވަން އަދި ފުރިހަމަ ތަޙުޤީޤުތައް ހިންގުމަށް ފުރުޞަތު ދިނުމުގެ މުހިންމުކަން މާހިރުން ތަކުރާރުކޮށް ފާހަގަކޮށްފައިވެއެވެ.

"އިސްރާއީލަށް އަދަބު ނުލިބި ދިގުދެމިގެން ދިއުމުން ދުނިޔޭގެ އެހެން ކަންކޮޅުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގައި ހިމެނޭ ފަރާތްތަކުން ބައިނަލްއަޤްވާމީ އިންސާނިއްޔަތާ ބެހޭ ޤާނޫނުގެ ދަށުން އެ ފަރާތްތަކުގެ މައްޗަށް އޮތް ޒިންމާތަކާ އެއްގޮތަށް ޢަމަލުކުރަން ނުޖެހޭނެ ކަމުގެ ނުރައްކާތެރި މެސެޖެއް ފޮނުވައިދެއެވެ،" ތަޖުރިބާކާރުން ބުނެފައިވެއެވެ.

"ބައިނަލް އަގްވާމީ ނިޒާމުތައް ހަލާކުކޮށްލަން ފުރުޞަތެއް ނުދެވޭނެއެވެ. އިސްރާއީލާއި އެ ޤައުމުގެ ވެރިން ޖަވާބުދާރީ ކުރުވަން ޖެހޭނެއެވެ" ތަޖުރިބާކާރުންގެ ބަޔާނުގައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްރާއީލުން ޣައްޒާއަށް ވައިގެމަގުންނާއި ޓޭންކަރުން ހަަމަލާދީފި

އިސްރާއީލުން ޣައްޒާއަށް ވައިގެމަގުންނާއި ޓޭންކަރުން ހަަމަލާދީފި

30 ޑިސެމްބަރު 2017
އިރުމަތީ ޤުދުސްގައި އިސްރާއީލުން އަނެއްކާ ވެސް 3 ލައްކަ ގެ އަޅަނީ

އިރުމަތީ ޤުދުސްގައި އިސްރާއީލުން އަނެއްކާ ވެސް 3 ލައްކަ ގެ އަޅަނީ

25 ޑިސެމްބަރު 2017
އިސްރާއީލުން ވައިގެމަގުން ދިން ހަމަލާގެ ބަދަލު ހިފާނެކަމަށް ޣައްޒާއިން ބުނެފި

އިސްރާއީލުން ވައިގެމަގުން ދިން ހަމަލާގެ ބަދަލު ހިފާނެކަމަށް ޣައްޒާއިން ބުނެފި

31 އޮކްޓޯބަރު 2017
ބައިނަލްއަޤްވާމީ ކޯޓުން ބުރުންޑީ ވަކިވަނީ

ބައިނަލްއަޤްވާމީ ކޯޓުން ބުރުންޑީ ވަކިވަނީ

28 އޮކްޓޯބަރު 2017
ބަންގްލަދޭޝްގައި ރޮހިންޖާ މުސްލިމުންނަށް އެހީ ފޯރުކޮށްދެމުންދާ ތިން އެންޖީއޯއެއްގެ މަސައްކަތް ހުއްޓުވައިފި

ބަންގްލަދޭޝްގައި ރޮހިންޖާ މުސްލިމުންނަށް އެހީ ފޯރުކޮށްދެމުންދާ ތިން އެންޖީއޯއެއްގެ މަސައްކަތް ހުއްޓުވައިފި

12 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު