Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމިސްރުގެ ކުރީގެ ބޮޑުވަޒީރު

ޔޫއޭއީއިން ޑީޕޯޓް ކޮށްލުމުން ޝަފީގް އެނބުރި މިސްރަށް

އަންނަ އަހަރު މިސްރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އޭނާ އިއުލާނު ކުރައްވި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 2 ޑިސެމްބަރު 2017 | ހޮނިހިރު 23:54
އަހުމަދު ޝަފީގް - 2018 ގެ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާނެކަން އިއުލާނުކުރެއްވިތާ މަދު ދުވަސް ކޮޅޭއްގެ ތެރޭގައި އޭނާ ވަނީ ޑީޕޯޓް ކޮށްލާފައި

އަހުމަދު ޝަފީގް - 2018 ގެ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާނެކަން އިއުލާނުކުރެއްވިތާ މަދު ދުވަސް ކޮޅޭއްގެ ތެރޭގައި އޭނާ ވަނީ ޑީޕޯޓް ކޮށްލާފައި

ޔުނައިޓެޑް އަރަބި އެމިރޭޓްސްއިން ޑީޕޯޓް ކޮށްލުމާއި ގުޅިގެން މިސްރުގެ ކުރީގެ ބޮޑުވަޒީރު އަހުމަދު ޝަފީގް އަލުން އެނބުރި މިސްރަށް ގައުމަށް ވަޑައިގަންނަވައިފިއެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު ނެރުއްވި ވީޑިއޯ މެސެޖެއްގައި ޝަފީގް ވަނީ އަންނަ އަހަރު މިސްރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރަށްވާފައެވެ. މީގެކުރިން ޝަފީގް ވަނީ 2012 ވަނަ އަހަރު ބޭއްވި އިންތިހާބުގައިވެސް ވާދަކުރައްވާފައެވެ. އެހެން ނަމަވެސް އެފަހަރު އޭނާ ނާކާމިޔާބުވެވަޑައިގެންނެވީ އެ ގައުމުގެ ކުރީގެ ރައީސް މުހައްމަދު މުރްސީއާއި ވާދަކުރެއްވުމަށް ފަހުއެވެ.

އެފަހަރުގެ އިންތިހާބުން ބަލިވެވަޑައިގަތުމާއެކު ޝަފީގް ދިރިއުޅުއްވަމުން ގެންދެވީ ޔޫއޭއީގައެވެ. ޝަފީގް އަލުން އެނބުރި މިރްސަށް ވަޑައިގެންނެވީ ޔޫއޭއީގައި އޭނާ ދިރިއުޅުއްވަމުން ގެންދެވި ގޭގައި ހުންނަވަނިކޮށް ހައްޔަރުކޮށް އެ ގައުމުން ޑީޕޯޓް ކޮށްލުމާއި ވިދިގެންނެވެ

ޝަފީގްގެ ވަކީލާ ޑީނާ އަދްލީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ހުކުރު ދުވަހުން ފެށިގެން ޝަފީގްގެ ހުރިހާ މުވާސަލާތީ ގުޅުމެއް ބަންދުކުރެވިފައިވާ ކަމަށާއި އަދި ޔޫއޭއީގެ ކަމާއިގުޅޭ އިދާރާތަކުން އޭނާ ހައްޔަރުކުރުމަށްފަހު ޑީޕޯޓް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި ޝަފީގް ވަނީ މިސްރުގެ ގާހިރާއަށް ދަތުރުކޮށްފައެވެ. ރޮއިޓަރޒްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިސްރުގެ އިދާރާތަކުން ވަނީ އޭނާ މޮޓޯކޭޑެއްގައި ގެންގޮސްފައެވެ.

ޔޫއޭއީގެ ގައުމީ ޓީވީއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޝަފީގް ޑީޕޯޓް ކުރެވުނު ކަމުގައި ވިޔަސް އޭނާގެ އާއިލާ އެ ގައުމުގައި މަޑުކުރާނެއެވެ.

ޝަފީގްގެ އަންހެން ދަރިކަނބަލުން މޭ ޝަފީގް ރޮއިޓަރޒްއަށް މައުލޫމާތު ދެމުން ވިދާޅުވީ އޭނާގެ ބައްޕާފުޅު ފްރާންސްއަށް ދަތުރުފުޅެއް ކުރައްވަން ނިންމަވާފައިވަނިކޮށް ޑީޕޯޓު ކޮށްލެވުނު ކަމަށެވެ. ޝަފީގް ޑީޕޯޓް ކޮށްލެވުނީ އޭނާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރެއްވުމުން ކަމަށް މޭ ތުހުމަތު ކުރައްވައެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޝަފީގް ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާއިރު އެކަމާއި ގުޅޭގޮތުން ޔޫއޭއީ އަދި މިސްރުގެ ސަރުކާރުންވެސް އެއްޗެއް ބުނެފައެއް ނުވެއެވެ

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2017

ހަރީރީ އެނބުރި ލުބުނާނަށް ވަޑައިގެންފި

22 ނޮވެމްބަރު 2017
ހަރީރީ އެނބުރި ލުބުނާނަށް ވަޑައިގެންފި
09 ނޮވެމްބަރު 2017

ޤަތަރުގެ އިޤްތިޞާދު ފުނޑާލުމަށް ޔޫއޭއީއިން ރޭވި!

09 ނޮވެމްބަރު 2017
ޤަތަރުގެ އިޤްތިޞާދު ފުނޑާލުމަށް ޔޫއޭއީއިން ރޭވި!
11 އޮކްޓޯބަރު 2017

ރޮހިންޖާ މުސްލިމުން އެނބުރި އަޔަނުދިނުމަށްޓަކައި މިޔަންމާގެ އަސްކަރިއްޔާ އިން މަސައްކަތްކޮށްފައިވޭ: އދ. ގެ ރިޕޯޓު

11 އޮކްޓޯބަރު 2017
ރޮހިންޖާ މުސްލިމުން އެނބުރި އަޔަނުދިނުމަށްޓަކައި މިޔަންމާގެ އަސްކަރިއްޔާ އިން މަސައްކަތްކޮށްފައިވޭ: އދ. ގެ ރިޕޯޓު
17 އޯގަސްޓު 2017

އަންހެނަކަށް ހަމަލާ ދިން ކަމުގެ ތުހުމަތު ކުރެވިފައި ވަނިކޮށް މުގާބޭގެ އަނބިކަނބަލުން އެނބުރި ގައުމަށް!

17 އޯގަސްޓު 2017
 އަންހެނަކަށް ހަމަލާ ދިން ކަމުގެ ތުހުމަތު ކުރެވިފައި ވަނިކޮށް މުގާބޭގެ އަނބިކަނބަލުން އެނބުރި ގައުމަށް!
17 ޖުލައި 2017

ޤަތަރުގެ މީޑިއާ ހެކް ކުރަން ޔޫއޭއީއިން އުޅެފައެއްނުވޭ:ޔޫއޭއީ

17 ޖުލައި 2017
ޤަތަރުގެ މީޑިއާ ހެކް ކުރަން ޔޫއޭއީއިން އުޅެފައެއްނުވޭ:ޔޫއޭއީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު