Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޔަމަނު ހަނގުރާމަ

ޔޫއޭއީއިން ވާގިވެރިވާ ހަނގުރާމަވެރިން ދެކުނު ޔަމަނުގައި ބަޣާވާތްކޮށްފި

ޔޫއޭއީއިން ދެކުނު ޔަމަނުގައި ހަނގުރާމަވެރިންނަށް މަދަދުވެރިވާއިރު، ސަޢޫދީއިން ގެންދަނީ ރައީސް ހާދީއަށް މަދަދުވެރިވަމުން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2018 | ހޯމަ 04:48
ޢަދަނުގައި ރައީސް ހާދީގެ ބާރު އެއްކޮށް ވަނީ ކަނޑުވާލާފައި

ޢަދަނުގައި ރައީސް ހާދީގެ ބާރު އެއްކޮށް ވަނީ ކަނޑުވާލާފައި

ޔުނައިޓެޑް ޢަރަބް އެމިރޭޓްސް (ޔޫއޭއީ)އިން ވާގިވެރިވާ ހަނގުރާމަވެރިން ދެކުނު ޔަމަނުގައި ބަޣާވާތްކޮށްފިއެވެ.

އާދިއްތަ ދުވަހު ނެރުއްވި ބަޔާނެއްގައި ޔަމަނުގެ ބޮޑުވަޒީރު އަޙުމަދު ބިން ދަޣަރް ވިދާޅުވީ ބަނދަރުމަތީ ރަށެއް ކަމަށްވާ ޢަދަނުގައި ހުރި ސަރުކާރު އޮފީސްތައް ހަނގުރާމަވެރިން ހިފާފައިވާ ކަމަށާއި، އެއީ ބަޣާވާތެއް ކަމަށެވެ.

ބޮޑުވަޒީރު ނެރުއްވި ބަޔާނުގައި ވިދާޅުވީ '"ޢަދަނުގައި ހިނގަމުންދާ ކަންކަމަކީ ވަރަށް ނުރައްކާތެރި ކަމެއް" ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޔަމަނުގެ ސަލާމަތާއި ރައްކާތެރިކަމަށް އަސަރު ކުރަމުންދާކަމަށެވެ.

"ޢަދަނުގައި މިހިނގި ކަންކަމަކީ ޙޫޠީ ބާޣީން ސަންޢާގައި ހިންގި ޖަރީމާތަކާއި ތަފާތެއް ނެތް ކަންކަން"، ބޮޑުވަޒީރު ދަޣަރް ވިދާޅުވިއެވެ.

އާދިއްތަ ދުވަހު ޢަދަނުގައި ރައީސް އަބްދު ރައްބު މަންސޫރު ޙާދީގެ ސިފައިންނާއި ހަނގުރާމަވެރިންނާއި ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގިއެވެ. ޙާދީގެ ސަރުކާރަކީ ސަޢޫދީއިން މަދަދުވެރިވާ ސަރުކާރަކަށްވާއިރު، ޢަދަނަށް ވެރިވެގަތް ހަނގުރާމަވެރިންނަކީ ޔޫއޭއީއިން ވާގިވެރިވާ ހަނގުރާމަވެރިންނެވެ. ދެކުނު ޔަމަނުގައި ސަޢޫދީއަށްވުރެ މިހާރު ބާރުގަދައީ ޔޫއޭއީގެއެވެ.

ޔަމަނުގެ ދެކުނުގައި ޙަރަކާތްތެރިވާ ސަދަން ޓްރާންސިޝަނަލް ކައުންސިލްއަކީ ދެކުނު ޔަމަނުގައި ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާޢަތެކެވެ. އެޖަމާޢަތުން މިދިޔަ ހަފްތާގައި ރައީސް ހާދީއަށް ވަނީ އެމަނިކުފާނުގެ ބޮޑުވަޒީރު މަޤާމުން ދުރުކޮށް، ކެބިނެޓް އުވާލުމަށް ހަފްތާއެއްގެ މުހުލަތު ދީފައެވެ. އަދި ހަފްތާއެއްގެ ތެރޭގައި އެކަން ނުކޮށްފިނަމަ ބަޣާވާތްކުރާނެކަމުގެ އިންޒާރު އެޖަމާޢަތުން ދިނެވެ. އެޖަމާޢަތުން ދިން މުހުލަތު ހަމަވެފައިވަނީ އާދިއްތަ ދުވަހަށެވެ.

ހާދީ ވަނީ މިމައްސަލައިގެ ތެރެއަށް ސަޢޫދީއިން ވަދެ، ޢަދަން މައި ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަށް އެހީވެދިނުމަށް ގޮވާލައްވާފައެވެ.

ޔަމަނުގެ ދެކުނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިން ޖަވާބުދާރީވަނީ ޒުބައިދީ ކިޔާ ހަނގުރާމަވެރިޔަކަށެވެ. ހޫޠީންނާއި ދެކޮޅަށް ކުރި ހަނގުރާމައިގައި ޢަދަނުގައި ތިބި ހަނގުރާމަވެރިން ފަހަތަށް ޖައްސާލުމުން ރައީސް ހާދީ ވަނީ ޒުބައިދީއަށް ޢަދަނުގެ ވެރިކަން ދެއްވާފައެވެ. އެހެން ނަމަވެސް ދެފަރާތުގެ މެދުގައި މައްސަލަ ޖެހި، ދެކޮޅުވެރިވީ، ވަކިވެގަތުމަށް ޒުބައިދީ ކުރާ މަސައްކަތަކަށް ޔޫއޭއީއިން ވާގިވެރިވާކަން ފަޅާއެރި ހިސާބުންނެވެ. ޔޫއޭއީ ޔަމަނުގެ ހަނގުރާމައިގެ ތެރެއަށް ވަނީ ސަޢޫދީގެ ގުޅިފައިވާ ކޯލިޝަންގެ ތެރެއިން 2015 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ.

ދެކުނު ޔަމަނުގައި ޔޫއޭއީގެ އަތްގަދަކޮށް، ހަނގުރާމަވެރިންގެ ބާރުވެސް ގަދަކޮށްފައިވާއިރު، ސަންޢާގައި ޤާއިމްކޮށްފައިވާ ސަޢޫދީއިން މަދަދުވެރިވާ ހާދީގެ މައި ސަރުކާރުގެ ބާރު ދަނީ ކުޑަވަމުންނެވެ. އަދި ޙޫޠީ ހަނގުރާމަވެރިން އަނެއްކާވެސް ދަނީ ބާރު ގަދަކުރަމުންނެވެ.

ޔަމަނު ހަނގުރާމައިގައި މިހާތަނަށް 10 ހާހަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، މިހަނގުރާމައިގެ ޝިކާރަޔަކަށް ވެފައިވާ އެތައް މިލިއަން ބަޔަކު ޔަމަނުގައި އެބަތިއްބެވެ. އަދި އެޤައުމުގައި ހަލުވިކަމާއިއެކު ކޮލެރާ ފެތުރެމުންދާއިރު، ޔަމަނަށް ބޭނުންވާ އަސާސީ އެހީތައް ނުލިބޭކަމަށް އެހީދޭ ޖަމާޢަތްތަކުން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

11 ފެބުރުއަރީ 2017
ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ

ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ

10 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު