Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރައީސް ޓްރަމްޕް

އަހަންނަކީ ރޭސިސްޓެއް ނޫން: ޓްރަމްޕް

15 ޖެނުއަރީ 2018 | ހޯމަ 05:45

ޓްރަމްޕް ވިދާޅުވީ އެމެރިކާއަށް މީހުން ގެންނަންވީ ނޯވޭފަދަ ގައުމުތަކުން ކަމަށް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 15 ޖެނުއަރީ 2018 | ހޯމަ 05:45
ރައީސް ޓްރަމްޕް ވިދާޅުވަނީ މީޑިއާތަކުން އެމަނިކުފާނުގެ ވާހަކަތައް ބޮޑުކޮށްލަނީ ކަމަށް

ރައީސް ޓްރަމްޕް ވިދާޅުވަނީ މީޑިއާތަކުން އެމަނިކުފާނުގެ ވާހަކަތައް ބޮޑުކޮށްލަނީ ކަމަށް

އެފްރިކާގެ ގައުމުތަކަށް ނިސްބަތްކޮށް"ޝިޓްހޯލް"އޭ ވިދާޅުވިކަމުގެ ތުހުމަތާއިއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަކީ ރޭސިސްޓެއް ކަމަށް ބުނަން ފެށުމުން އެ މަނިކުފާނު އެކަން ދޮގުކުރައްވައިފިއެވެ.

ޓްރަމްޕް މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ އެމެރިކާގެ އިމިގްރޭޝަން ޤާނޫނުތަކަށް އިސްލާހު ގެނައުމަށް ކޮންގްރެސް މެމްބަރުންނާއިއެކު ކުރެވޭ މަޝްވަރާތަކުގެ ތެރެއިން އޯވަލް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައެވެ. 'އޯފް ދަ ރެކޯޑް' ޓްރަމްޕް ދެއްކެވި ވާހަކަފުޅެއް ނަމަވެސް، މިވާހަކަތައް މީޑިއާއަށް ތިލަވެ، ޓްރަމްޕް ވަނީ އާދައިގެ މަތިން ހޫނުފެނަށް ވެއްޓިވަޑައިގެންފައެވެ. ޓްރަމްޕް އެ ބައްދަލުވުމުގައި އެއްސެވިކަމަށް ވަނީ ދަށް ފެންވަރުގެ ޤައުމުތަކުން އެމެރިކާއަށް މީހުން ގެންނަނީ ކީއްކުރަންތޯއެވެ. އަދި ނޯވޭ ފަދަ ޤައުމުތަކުން އެމެރިކާއަށް މީހުން ގެންނަން ތާޢިދުކުރައްވާ ޓްރަމްޕް ވާހަކަ ދެއްކެވިއެވެ.

އެމަނިކުފާނު ފަހުން ރިޕޯޓަރުންނަށް ވިދާޅުވީ"އަޅުގަނޑަކީ ރޭސިސްޓެއް ނޫން، އަޅުގަނޑަކީ ތިބޭފުޅުން އިންޓަވިއު ކުރާނެ އެންމެ ރޭސިސްޓްކަން ކުޑަ މީހާ"

މިއީ އެފްރިކާގެ ގައުމުތަކުގެ ރައްޔިތުންނަށް ނިސްބަތްކޮށް ނަސްލީ ތަފާތުކުރުމުގެ މޭރުމުން ވާހަކަދެއްކެވިކަމުގެ ތުހުމަތާއި ގުޅިގެން ރައީސް ޓްރަމްޕް ސީދާގޮތުން ވާހާކަދެއްކެވި ފުރަތަމަ ފަހަރެވެ.

އެ ވާހަކަ ދޮގުކުރައްވައި ވައިޓް ހައުސްގެ ރިޕޯޓަރުންނާ ރައީސް ޓްރަމްޕް ވާހަކަ ދައްކަވާފައިވަނީ ވެސްޓް ޕާމް ބީޗްގައި އޮންނަ ޓްރަމްޕް އިންޓަރނޭޝަނަލް ގޮލްފް ކްލަބްގައި އާދީއްތަ ދުވަހުއެވެ.

ރައީސް ޓްރަމްޕް އާ މެދު ދެކެވޭ ވާހަކަތައް ދޮގު ކުރައްވާ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އެމަނިކުފާނު އެ ވިދާޅުވާ ބަސްމަގު ބޭނުން ނުކުރައްވާ ކަމަށާއި" އެހެންނަމަވެސް "ވަރުގަދަ" ބަސްމަގެއް ބޭނުން ކުރެއްވި ކަމަށެވެ.

އެފްރިކަން ޔޫނިއަންއިން ވެސް ވަނީ ޓްރަމްޕްގެ ވާހަކަތަކާއިމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ އިތުރުން ރައީސް ޓްރަމްޕް ގެ ވާހަކަފުޅާ މެދު އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ހައިކޮމިޝަނަރުގެ އޮފީހުން ބުނީ ޓްރަމްޕްގެ ވާހަކަފުޅަކީ ގައުމުތަކަށް ބުނާ ބަދު ބަހެއްގެ އިތުރުން، ނަސްލީ ތަފާތުކުރުންތަކަށް ހިތްވަރު ލިބޭ ވާހަކަ ތަކެއްކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
28 ޖެނުއަރީ 2017

މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި

28 ޖެނުއަރީ 2017
މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
26 ޖެނުއަރީ 2017

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ
25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
25 ޖެނުއަރީ 2017

އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް

25 ޖެނުއަރީ 2017
އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް
16 ޖެނުއަރީ 2017

ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި

16 ޖެނުއަރީ 2017
ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް