Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސައުދީ ކޮރަޕްޝަން

ސައުދީ ޝާހީ އާއިލާގެ ބޭފުޅުންނަށް ހިމާޔަތް ދިނުމަށް ޔަމަނުގެ ހޫތީން ހުށަހަޅައިފި

ސައުދީ ކޮންމެ އަމީރަކަށް "އަވަށްޓެރި އަޚެއް" ގެ ގޮތުގައި ޔަމަނުން މަރުޚަބާ ކިޔާނެ: ހޫތީން

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 9 ނޮވެމްބަރު 2017 | ބުރާސްފަތި 00:35
ސައުދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން: ބޮޑެތި ބާރުތަކާއެކު އުފައްދާފައިވާ ސައުދީ އެންޓި ކޮރަޕްޝަން ކޮމިޓީގެ ޗެއަރމަނަކީ އޭނާ

ސައުދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން: ބޮޑެތި ބާރުތަކާއެކު އުފައްދާފައިވާ ސައުދީ އެންޓި ކޮރަޕްޝަން ކޮމިޓީގެ ޗެއަރމަނަކީ އޭނާ

ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ އަމީރުންނަށް ސިޔާސީ ހިމާޔަތް ދިނުމަށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ހުށަހަޅައިފި އެވެ.

ޔަމަނުގެ ހޫތީ ހަނގުރާމަވެރިންގެ އިސްފަރާތްތަކާ ގާތް މަސްދަރަކާ ހަވާލާދީ އަލްޖަޒީރާ އިން ބުނީ، ޔަމަނުން ހިމާޔަތް ހޯދުމަށް އެދޭ ސައުދީ ޝާހީ އާއިލާގެ ކޮންމެ އަމީރަކަށްވެސް "އަވަށްޓެރި އަޚެއް" ގެ ގޮތުގައި މަރުޚަބާ ކިޔާނޭ ކަމަށެވެ.

ނަން ސިއްރު ކުރުމަށް ޝަރުތުކޮށް އަލްޖަޒީރާއާ ވާހަކަ ދެއްކި ފަރާތުން ބުނީ، ސައުދީގެ މިހާރުގެ ހާލަތާ ގުޅިގެން ގައުމު ދޫކޮށް ދާން ބޭނުންވާ ޝާހީ އާއިލާގެ ބޭފުޅުންނާއި ސައުދީގެ އެހެން ރައްޔިތުންނަށް، ރައްކާތެރިކަން ފޯރުކޮށްދިނުމަށް ޔަމަނުގެ ހޫތީން ތައްޔާރަށް އޮތް ކަމަށެވެ.

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ޝާހީ ގަރާރަކުން އެކުލަވާލި އެންޓި ކޮރަޕްޝަން ކޮމިޓީގެ އަމުރަށް މިދިޔަ އާދީއްތަ ދުވަހު ވަނީ، ސައުދީ ޝާހީ އާއިލާގެ 11 އަމީރަކާއި، ހަތަރު ވަޒީރަކާއި ކުރީގެ ވަޒީރުންގެ އިތުރުން ގިނަ އަދަދެއްގެ ބޮޑެތި ވިޔަފާރިވެރިންތަކެއް ހައްޔަރުކޮށްފައެވެ.

ސައުދީ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން ރިޔާސަތުގައި އިންނަވާ އެކޮމިޓީގެ އަމުރަށް ހައްޔަރު ކުރި މީހުންގެ ތެރޭގައި ދުނިޔެއަށް މަޝްހޫރު އިންވެސްޓަރު އަދި ދުނިޔޭގެ އެންމެ މުއްސަނދިންގެ ތެރޭގައި ހިމެނޭ ބިލިއަނަރު ޕްރިންސް އަލްވަލީދު ބިން ތަލާލް، އަދި ނޭޝަނަލް ގާޑްގެ މަގާމުން ވަކި ކުރެއްވި ޕްރިންސް މިތެބް ބިން އަބްދުﷲގެ އިތުރުން އިގްތިސޯދީ ވަޒީރުގެ މަގާމުން ވަކި ކުރެއްވި އަދެލް ފާޤިޙް ހިމެނެއެވެ.

ހޫތީން އިސްވެ އޮވެ އުފައްދާފައިވާ ޔަމަނުގެ ރިވޮލިއުޝަނަރީ ކޮމިޓީގެ ރައީސް މުހައްމަދު އަލީ އަލް-ހޫތީ އަދި ހޫތީންގެ ލީޑަރުގެ ދެބެއިންގެ ދެދަރި އަބްދުލް މާލިކް އަލް-ހޫތީ ވެސް ވަނީ ސައުދީ ޝާހީ އާއިލާގެ އަމާޒަށް ވެފައިވާ ސައުދީ ރައްޔިތުން ޔަމަނުން ބަލައިގަންނާނެކަން ހާމަކޮށްފައެވެ.

ސައުދީ އަރަބިއްޔާގެ ވަލީއަހުދުގެ މަގާމަށް މުޙައްމަދު ބިން ނާއިފްގެ ބަދަލުގައި ރަސްގެފާނު ސަލްމާންގެ ދަރިކަލުން މުހައްމަދު ބިން ސަލްމާން އައްޔަން ކުރިފަހުން، ސައުދީ އަރަބިއްޔާ އިން މީގެ ކުރިން ގެންގުޅެފައިވާ އުސޫލްތަކާއި ޚިލާފް އެތައް ކަމެއް ދަނީ ހިނގަމުންނެވެ.

އެގޮތުން މުޙައްމަދު ބިން ސަލްމާންގެ އިސްނެންގެވުމުގެ މަތިން ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ސައުދީން ވަދެގެންފައިވާއިރު، އެހަނގުރާމައިގައި 10 ހާހަށްވުރެ ގިނަ މީހުން މަރުވެ، 40،000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ.

މީގެ އިތުރުން ޔަމަނުގައި ސައުދީން ހިންގާ އަސްކަރީ އޮޕަރޭޝަނާއި ގުޅިގެން ޔަމަނުގައި އެގައުމުގައި ބާރު ސްޕީޑުގައި ކޮލެރާ ފެތުރެމުންދާ ކަމަށާއި، އެކަމުގެ އަސަރު ފަސް ލައްކަ އަށްވުރެ ގިނަ މީހުންނަށް ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިންގަޕޫރުގެ ބްލޮގަރއަކަށް އެމެރިކާއިން ހިމާޔަތްދީފި

ސިންގަޕޫރުގެ ބްލޮގަރއަކަށް އެމެރިކާއިން ހިމާޔަތްދީފި

25 މާރިޗު 2017
ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

07 މާރިޗު 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި

އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި

26 ފެބުރުއަރީ 2017
ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

21 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު