Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރޯޖާ ފެޑެރާ

އޮސްޓްރޭލިއަން އޯޕަންގެ ފެވަރިޓަކީ އަހަރެންނެއް ނޫން: ފެޑެރާ

14 ޖެނުއަރީ 2018 | އާދީއްތަ 10:40

ފެޑެރާ ވަނީ މި މުބާރާތް މިދިޔަ އަހަރު ވެސް ކާމިޔާބުކޮށްފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 14 ޖެނުއަރީ 2018 | އާދީއްތަ 10:40
ރޯޖާ ފެޑެރާ މިދިޔަ އަހަރުގެ އޮސްޓްރޭލިއަން އޯޕަންގެ ތަށި އުފުލާލަނީ

ރޯޖާ ފެޑެރާ މިދިޔަ އަހަރުގެ އޮސްޓްރޭލިއަން އޯޕަންގެ ތަށި އުފުލާލަނީ

އޮސްޓްރޭލިއާގެ މެލްބަންގައި މިހާރު ކުރިޔަށްދާ އޮސްޓްރޭލިއަން އޯޕަންގެ ފެވަރިޓަކީ އޭނާ ނޫން ކަމަށް ދުނިޔޭގެ އެންމެ ކާމިޔާބު ޓެނިސް ކުޅުންތެރިޔާ ކަމަށްވާ ސްވިޓްޒަލޭންޑުގެ ރޯޖާ ފެޑެރާ ބުނެފިއެވެ.

އުމުރުން 36 އަހަރުގެ ފެޑެރާ ވަނީ މީގެކުރިން ފަސް ފަހަރެއްގެ މަތިން މި މުބާރާތް ކާމިޔާބު ކޮށްފައެވެ. މިދިޔަ އަހަރު އޭނާ މި މުބާރާތުގެ ތަށި އުފުލާލީ ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި މިވަގުތު ރޭންކް ކުރެވިފައި އޮތް ސްޕެއިންގެ ރަފައޭލް ނަދާލް ބަލިކުރުމަށް ފަހުއެވެ. މިއަހަރުގެ މުބާރާތުގެ ވެސް ފެވަރިޓެއްގެ ގޮތުގައި ފެޑެރާ ވެފައިވާއިރު އޭނާ ފެވަރިޓެއްގެ ގޮތުގައި ގިނަ ބަޔަކު ބަލައިގަންނަނީ މި މުބާރާތާއި ނަދާލް އަދި ޖޮކޮވިޗް އަނިޔާގައި ތިބެ ކުރިމަތިލާތީއެވެ. އަދި އެންޑީ މަރޭ ވެސް މި މުބާރާތުގައި ވާދަނުކުރަން ނިންމުމަކީ އޭނާ ފެވަރިޓަށް ވުމުގެ ސަބަބެކެވެ.

މުބާރާތް ފެށުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ފެޑެރާ ބުނީ އޭނާއަކީ ފެވަރިޓެއްގެ ގޮތުގައި ގަބޫލު ނުކުރާ ކަމަށާއި އުމުރުން 36 އަހަރުގެ ކުޅުންތެރިޔަކު ގްރޭންޑް ސްލޭމް މުބާރާތެއްގެ ފެވަރިޓަކަށް ވެގެން ނުވާނެ ކަމަށެވެ. ދުނިޔޭގެ ދެވަނައިގައި މިވަގުތު ރޭންކް ކުރެވިފައި އޮތް ފެޑެރާ ބުނީ މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު ކަމަށް ގަބޫލުކުރާ ކަމަށާއި އެހެންކަމުން މި މުބާރާތާއި އޭނާ ކުރިމަތިލަނީ ކޮންމެހެން ތަށި ހޯދުމުގެ އުއްމީދުގައި ނޫން ކަމަށެވެ.

ފެޑެރާ ބުނީ މިދިޔަ އަހަރު ނަދާލް ހޯދި ކާމިޔާބީ މިއަހަރުވެސް ތަކުރާރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އަދި މި މުބާރާތް ހަ ފަހަރު ކާމިޔާބު ކޮށްފައިވާ ސާބިއާގެ ނޮވަކް ޖޮކޮވިޗްއަކީ ވެސް މިއަހަރުގެ ފެވަރިޓެއް ކަމަށެވެ. ފެޑެރާގެ ފުރަތަމަ މެޗުގައި އަންގާރަ ދުވަހު ނުކުންނާނީ ދުނިޔޭގެ ރޭންކިންގެ 51 ވަނައިގައި މިވަގުތު ރޭންކް ކުރެވިފައި އޮތް ސްލޮވީނިއާގެ އަލްޖާޒް ބަޑީންއާ ދެކޮޅަށެވެ. މިއަހަރުގެ މުބާރާތުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ ގިނަ ކުޅުންތެރިންތަކަކަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެއެވެ. މިކަމަށް އިޝާރާތްކޮށް ފެޑެރާ ބުނީ ހުރިހާ ކުޅުންތެރިން ވެސް އަނިޔާއިން ދުރުވުމަށް ވަރަށް ފަރުވާތެރިވާން ޖެހޭ ކަމަށާއި ކުޅުންތެރިންގެ ޓްރެއިނަރުން ވެސް އަނިޔާއިން ކުޅުންތެރިން ދުރުވާނެ ގޮތަކަށް ފަރިތަކުރުންތަކާއި ފިޓްނެސް ކަންކަން ބިނާކުރަން ޖެހޭ ކަމަށެވެ. އޭނާ ބުނީ ފިޓްކޮށް ހުރުމަކީ ކުޅުންތެރިންގެ ޒިންމާއެއް ކަމުގައި ވިޔަސް ބައެއް ފަހަރު ކުޅުންތެރިންގެ ބަދު ނަސީބުން އަނިޔާއާ ކުރިމަތިލާން ޖެހޭ ކަމަށެވެ.

މިދިޔަ ސީޒަނަކީ ފެޑެރާ އަނިޔާއިން އެނބުރި އައިސް ކުޅުނު ސީޒަނެކެވެ. ހަ މަސްދުވަހުގެ އަނިޔާއަކުން އެނބުރި އައިސް މިދިޔަ ސީޒަނުގައި ފެޑެރާ ދެ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކުރިއެވެ. އޭނާ ބުނީ މިދިޔަ ސީޒަނާއި ކުރިމަތިލިއިރު މުބާރާތެއް ކާމިޔާބު ކުރެވޭނެ ކަމުގެ އެއްވެސް އުއްމީދެއް ނުކުރާ ކަމަށާއި އެހެން ނަމަވެސް ސީޒަން ނިމުނުއިރު މިދިޔަ ސީޒަން ވެގެން ގޮސްފައިވަނީ އޭނާގެ ކެރިއަރުގައި ވެސް އެންމެ ކާމިޔާބު ސީޒަންތަކުގެ ތެރެއިން އެއް ސީޒަނަށް ކަމަށެވެ.

މިއަހަރުގެ ޓެނިސް ސީޒަނުގެ ފުރަތަމަ ގްރޭންޑް ސްލޭމް މެލްބަންގައި ފެށިފައިވާއިރު މިފަހަރުގެ މުބާރާތަކީ ފެޑެރާއަށް 20 ވަނަ ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކުރުމަށް ލިބޭ ބޮޑު ފުރުސަތެކެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

09 މާރިޗު 2017

ޓީސީ އޮތް ފޯމާ ދޭތެރޭ ބެލުން މުހިންމެއް ނޫން: ފެސްކޯ

09 މާރިޗު 2017
ޓީސީ އޮތް ފޯމާ ދޭތެރޭ ބެލުން މުހިންމެއް ނޫން: ފެސްކޯ
08 މާރިޗު 2017

ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

08 މާރިޗު 2017
ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް
02 މާރިޗު 2017

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން
26 ފެބުރުއަރީ 2017

މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން

26 ފެބުރުއަރީ 2017
މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން
25 ފެބުރުއަރީ 2017

މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން

25 ފެބުރުއަރީ 2017
މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން
21 ފެބުރުއަރީ 2017

މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

21 ފެބުރުއަރީ 2017
މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ
05 ފެބުރުއަރީ 2017

ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި

05 ފެބުރުއަރީ 2017
ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި
30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
25 ޖެނުއަރީ 2017

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް