Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޮސްޓްރޭލިއަން އޯޕަން

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

ފެޑެރާއަކީ ތަފާތު ތިން ގްރޭންޑް ސްލޭމް މުބާރާތުގައި ފަސް ތަށި ހޯދި ފުރަތަމަ ޓެނިސް ކުޅުންތެރިޔާ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 30 ޖެނުއަރީ 2017 | ހޯމަ 01:14
އޮސްޓްރޭލިއަން އޯޕަންގެ ފަސްވަނަ ތަށި ފެޑެރާ އުފުލާލަނީ

އޮސްޓްރޭލިއަން އޯޕަންގެ ފަސްވަނަ ތަށި ފެޑެރާ އުފުލާލަނީ

އޮސްޓްރޭލިއަން އޯޕަންގައި ރަފައެލް ނަޑާލް ބަލިކޮށް އުމުރުން 35 އަހަރުގެ ރޮޖާ ފެޑެރާ 18 ވަނަ ގްރޭންޑް ސްލޭމް މުބާރާތް އުފުލާލައިފި އެވެ.

އާދީއްތަ ދުވަހު ކުޅުނު މި މެޗު ނަޑާލްއާ ވާދަކޮށް ފެޑެރާ ކާމިޔާބުކޮށްފައިވަނީ ތިން ސެޓް ދެ ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓް 4-6 ގެ ނަތީޖާއަކުން ފެޑެރާ ގެންދިޔައިރު، ދެވަނަ ސެޓް 3-6 ގެ ނަތީޖާއަކުން ނަޑާލް ވަނީ ކާމިޔާބުކޮށްފައެވެ. އެހެން ނަމަވެސް ޖެހިގެން އައި ތިންވަނަ ސެޓް ފެޑެރާ ވަނީ ފަސޭހަކަމާއެކު 1-6 ގެ ނަތީޖާއިން ކާމިޔާބުކޮށްފައެވެ. ހަތަރުވަނަ ސެޓް 3-6 ގެ ނަތީޖާއަކުން ނަޑާލް ކާމިޔާބުކުރިއިރު، ނަތީޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓު 3-6 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ފެޑެރާ އެވެ.

މިފަދަ ބޮޑު މުބާރާތެއް ފެޑެރާ އެންމެ ފަހުން ކާމިޔާބުކޮށްފައި ވަނީ 2012 ވަނަ އަހަރު އެވެ. އެފަހަރު އޭނާ ކާމިޔާބުކޮށްފައިވަނީ ވިމްބެލްޑޮން އެވެ. މީގެއިތުރުން މިއީ އޮސްޓްރޭލިއަން އޯޕަން ފެޑެރާ ކާމިޔާބުކުރި ފަސްވަނަ ފަހަރެވެ.

މެޗަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ފެޑެރާ ބުނީ އޮސްޓްރޭލިއަން އޯޕަން އަށް އޭނާ އަންނަތާ 20 އަހަރު ވެފައިވާ ކަމަށާއި، ކޮންމެފަހަރަކުވެސް އެއީ ފާހަގަކޮށްލެވޭ ފަހަރެއް ކަމަށެވެ.

އަންނަ އަހަރުވެސް ފެންނާނެ ކަމުގެ އުންމީދު އޮތްކަން ފާހަގަކުރަމުން ފެޑެރާ ބުނީ އޭނާ ކޮންމެފަހަރަކުވެސް އަންނަނީ މޮޅުވާން ކަމަށާއި، ކުރިޔަށް އޮތް މުބާރާތަށްވެސް އަންނަނީ މޮޅުވާން ކަމަށެވެ.

ފެޑެރާއަކީ ތަފާތު ތިން ގްރޭންޑް ސްލޭމް މުބާރާތުގައި ފަސް ތަށި ހޯދި ފުރަތަމަ ޓެނިސް ކުޅުންތެރިޔާއެވެ. އޭނާ ވަނީ ފަސް އޮސްޓްރޭލިއަން އޯޕަން، ފަސް ޔޫއެސް އޯޕަން އަދި ހަތް ވިމްބެލްޑަންސް ކާމިޔާބުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު