Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޮސްޓްރޭލިއަން އޯޕަން 2018

އޮސްޓްރޭލިއަން އޯޕަންއަށް ޖޮކޮވިޗް ނުކުންނަނީ 100 އިން ސައްތައަކު ނޫން

13 ޖެނުއަރީ 2018 | ހޮނިހިރު 13:45

ވޭތެވެދިޔަ ހަ މަސްދުވަހު އޭނާ އެއްވެސް މުބާރާތެއްގައި ވާދަކޮށްފައެއް ނުވޭ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 13 ޖެނުއަރީ 2018 | ހޮނިހިރު 13:45
2016 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަންގެ ތަށި ޖޮކޮވިޗް އުފުލާލަނީ

2016 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަންގެ ތަށި ޖޮކޮވިޗް އުފުލާލަނީ

މި ހަފްތާގެ ތެރޭގައި އޮސްޓްރޭލިއާގެ މެލްބަންގައި ފެށުމަށް ހަމަޖެހިފައިވާ މިއަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަންއާ ކުރީގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗް ކުރިމަތިލާނީ 100 އިން ސައްތަ ފިޓްނެސްގައި ނޫން ކަމަށް އޭނާ ބުނެފިއެވެ.

މިދިޔަ އަހަރުގެ ވިމްބެލްޑަން ޓެނިސް ޗެމްޕިއަންޝިޕްގެ ކުއާޓާ ފައިނަލްގައި ތޯމަސް ބާޑިޗްއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާގެ އުޅަބޮށްޓައް ލިބުނު އަނިޔާއަކާ ގުޅިގެން ވޭތުވެދިޔަ ހަ މަސްދުވަހު އޭނާ އެއްވެސް މެޗެއް ކުޅެފައެއް ނުވެއެވެ. މި އަނިޔާއިން ސަލާމަތްވުމަށް އޭނާ ސާޖަރީއެއް ވެސް ފުރިހަމަކޮށްފައިވެއެވެ. ޖޮކޮވިޗް ވަނީ އަނިޔާއިން ސަލަމާތްވުމަށް ފަހު މިދިޔަ ހަފްތާގައި މެލްބަންގައި ކުރިޔަށްދިޔަ ކޫޔޮންގް ޓެނިސް ކްލެސިކްގައި ވާދަކޮށްފައެވެ.

މުބާރާތް ފެށުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޖޮކޮވިޗް ބުނީ އަދިވެސް އަނިޔާ އެއްކޮށް ރަނގަޅު ނުވާ ކަމަށާއި 100 އިންސައްތަ ފިޓްނެސްއަށް އައުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ކޮންމެ ދުވަހަކު ވެސް ކުރިއެރުން ފެންނަމުންދާ ކަމަށާއި މުބާރާތް ފެށުމުގެ ކުރިން 100 އިންސައްތަ ފިޓްނެސްއަށް ދެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ޖޮކޮވިޗް ބުންޏެވެ.

އޭނާ ބުނީ މުބާރާތުގެ ތެރޭގައި އަނިޔާ ގޯސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ވާދަވެރި މުބާރާތެއްގައި ނުކުޅެ ހުރުމަށް ފަހު ކުޅެން ޖެހުމުން ކޮންމެ ވެސް ވަރަކަށް ޖެހިލުންވާ ކަމަށެވެ. އަދި މުބާރާތުގައި ވާދަކުރަން ނިންމީ އެހެން ކުޅުންތެރިންނާއި ވާދަކުރެވޭނެކަން ގަބޫލުކުރެވޭތީ ކަމަށް އޭނާ ބުނެފައިވެއެވެ.

އަނިޔާ އިން އެނބުރި އައިސް، އޮފް ސީޒަންގައި ޖޮކޮވިޗް ވަނީ އޭނާގެ އާ ކޯޗު ކަމަށްވާ ރެޑެކް ސްޓެޕަނެކްއާ އެކު ފަރިތަކުރުންތައް ކުރިޔަށް ގެންގޮސްފައެވެ. އަދި މި މުބާރާތަށް ޖޮކޮވިޗް ތައްޔާރުކޮށްދިނުމުގެ ގޮތުން ޓެނިސް ލެޖެންޑެއް ކަމަށްވާ އަންދްރޭ އަގާސީ ވެސް ވަނީ މެލްބަންއަށް ގޮސްފައެވެ. ޖޮކޮވިޗްގެ ތަމްރީނުތައް ބިނާކުރަމުން އަންނަނީ އޭނާގެ އުޅަބޮށްޓައް ލޯޑު ކުޑަވާނެ ގޮތަށް ކަމަށް މީޑިއާތަކުން ބުނެއެވެ.

މިދިޔަ އަހަރުގެ ޓެނިސް ސީޒަނުގެ ބޮޑުބައި ޖޮކޮވިޗްއަށް ގެއްލުނުއިރު އޭނާގެ ރޭންކިންއަށް ވެސް މިކަމުގެ ސަބަބުން ބޮޑެތި އަސަރުތަކެއް ކުރިއެވެ. ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އޮވެގެން އޭނާ 2017 ވަނަ އަހަރު ފެށިއިރު އަނިޔާގެ ސަބަބުން މުބާރާތްތައް ގެއްލުމާއި ގުޅިގެން އޭނާ އަހަރު ނިންމާލީ 14 ވަނައިގައި ރޭންކް ކުރެވިގެންނެވެ މިއަހަރުގެ އޮސްޓްރޭލިއަން އޯޕަންގައި ޖޮކޮވިޗް ސީޑު ކުރެވިފައިވަނީ 14 ވަނައަށެވެ. އޭނާގެ ފުރަތަމަ މެޗުގައި އަންގާރަ ދުވަހު ނުކުންނާނީ އެމެރިކާގެ ޑޮނަލްޑް ޔަންގްއާ ދެކޮޅަށެވެ.

މިއަހަރުގެ މުބާރާތަށް އޭނާ ނުކުންނާނީ ހަތްވަނަ ފަހަރަށް މި މުބާރާތް ކާމިޔާބުކޮށް 13 ވަނަ ގްރޭންޑް ސްލޭމްއެއް ކާމިޔާބުކުރުމުގެ އުއްމީދުގައެވެ.

އިތުރަށް ކިޔާލަން

16 މެއި 2017

ސޮލިޑާރިޓީ ގޭމްސް: 100 މީޓަރުގެ ފައިނަލަށް ސާއިދު ދަތުރުކޮށްފި

16 މެއި 2017
ސޮލިޑާރިޓީ ގޭމްސް: 100 މީޓަރުގެ ފައިނަލަށް ސާއިދު ދަތުރުކޮށްފި
11 މެއި 2017

ބޫޓާން މެޗަށް ތައްޔާރުވުމުގެ ގޮތުން އަފްޣާނާ ދެކޮޅަށް ރާއްޖެ ނުކުންނަނީ

11 މެއި 2017
ބޫޓާން މެޗަށް ތައްޔާރުވުމުގެ ގޮތުން އަފްޣާނާ ދެކޮޅަށް ރާއްޖެ ނުކުންނަނީ
04 މެއި 2017

ފީފާ ރޭންކިންގް: އިންޑިއާ ދުނިޔޭގެ 100 ވަނަ އަށް އެރިއިރު، ރާއްޖެއަށް އެއް ދަރަޖައިގެ ވެއްޓުމެއް

04 މެއި 2017
ފީފާ ރޭންކިންގް: އިންޑިއާ ދުނިޔޭގެ 100 ވަނަ އަށް އެރިއިރު، ރާއްޖެއަށް އެއް ދަރަޖައިގެ ވެއްޓުމެއް
17 އެޕްރީލު 2017

ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް

17 އެޕްރީލު 2017
ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް
13 އެޕްރީލު 2017

ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި

13 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި
03 އެޕްރީލު 2017

ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް

03 އެޕްރީލު 2017
ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް
29 މާރިޗު 2017

ހަޒާޑް ގަތުމަށް މެޑްރިޑުން 100 މިލިއަން ޕައުންޑް ޚަރަދު ނުކޮށްފާނެ: ކަލްޑެރޮން

29 މާރިޗު 2017
ހަޒާޑް ގަތުމަށް މެޑްރިޑުން 100 މިލިއަން ޕައުންޑް ޚަރަދު ނުކޮށްފާނެ: ކަލްޑެރޮން
04 ފެބުރުއަރީ 2017

ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި

04 ފެބުރުއަރީ 2017
ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި
30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް