Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސޮލިޑާރިޓީ ގޭމްސް

ސޮލިޑާރިޓީ ގޭމްސް: 100 މީޓަރުގެ ފައިނަލަށް ސާއިދު ދަތުރުކޮށްފި

16 މެއި 2017 | އަންގާރަ 19:19

ސާއިދު ފައިނަލަށް ދިޔައީ 100 މީޓަރުގެ ތިންވަނަ ހޯދައިގެން

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 16 މެއި 2017 | އަންގާރަ 19:19
ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު

އަޒަރުބައިޖާންގެ ބަކޫގައި ކުރިޔަށްދާ ހަތަރުވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ 100 މީޓަރު ދުވުމުގެ ފައިނަލަށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ދަތުރުކޮށްފިއެވެ.

ސާއިދު މި އިވެންޓުގެ ފައިނަލުން ޖާގައެއް ހޯދީ އަންގާރަ ދުވަހު ހަވީރު އޭނާ ވާދަކުރި ހީޓުން ތިންވަނަ ހޯދައިގެންނެވެ. މި އިވެންޓުގައި އޭނާ ރޭސް ނިންމާފައި ވަނީ 10.40 ސިކުންތުންނެވެ.

ޖުމްލަ 8 ދުވުންތެރިން ވާދަކުރާ މި އިވެންޓުގެ ފައިނަލް ފެށުމަށް ހަމަޖެހިފައި ވަނީ އަންގާރަ ދުވަހުގެރޭ 8:25 ގައެވެ.

ސަތޭކަ މީޓަރު ދުވުމުގެ ފައިނަލުން ސާއިދު ޖާގަ ހޯދިއިރު، އޭނާ ވަނީ އަންގާރަ ދުވަހު މެންދުރު އޮތް 100 މީޓަރު ދުވުމުގައި ވާދަކޮށް ހީޓުން އެއްވަނަ ހޯދާ ސެމީގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

އަންގާރަ ދުވަހު މެންދުރު ކުރިޔަށްދިޔަ 100 މިޓަރު ދުވުމުން ސާއިދު ވަނީ 10.40 ސިކުންތުން ރޭސް ނިންމާފައެވެ. އޭނާއާ އެންމެ ގާތުން ވާދަކުރީ ތުރުކަމިނިސްތާންގެ ދުވުންތެރިޔާ ރަމިލް ގުލިއެވް އެވެ. މި ހީޓުގައި ޕާކިސްތާން، ޔޫއޭއީ އަދި ބަހުރޭންގެ ދުވުންތެރިން ވެސް ވަނީ ވާދަކޮށްފައެވެ.

ހުރިހާ ހީޓެއްގެ ނަތީޖާތަކަށް ބަލާއިރު، ސާއިދު ދިޔައީ ރޭންކިންގެ ފަސްވަނަ އަށެވެ. ރޭންކިންގެ އެއްވަނަ ހޯދާފައި ވަނީ ބަހުރޭންގެ ފިޝާ އެންޑްރިއު އެވެ. އޭނާ ރޭސް ނިންމާފައި ވަނީ 10.20 ސިކުންތުންނެވެ. ސަތޭކަ މީޓަރު ދުވުމުން ރާއްޖޭގެ ސަރީސް އަހުމަދު ވާދަކޮށް ދިޔައީ ހީޓުގެ ފުލަށެވެ. އޭނާ ރޭސް ނިންމާފައިވަނީ 11.28 ސިކުންތުންނެވެ.

މި މުބާރާތުގައި ރާއްޖޭގެ ދުވުންތެރިން ވާދަކުރާނީ ފިރިހެނުންގެ 100 މީޓަރާއި 200 މީޓަރާއި 1500 މީޓަރު އަދި 5000 މީޓަރު ދުވުމުގައެވެ. މީގެ އިތުރުން 400 މީޓަރު ރިލޭގައި ވެސް ރާއްޖެއިން ވާދަކުރާނެ ކަމަށް ވެސް އެތުލެޓިކްސް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

އެތުލެޓިކްސްގެ އިތުރުން މިފަހަރުގެ ގޭމްސްގައި ދެން ބައިވެރިވާ ކުޅިވަރުތަކަކީ ސްވިމިންގ، ޓޭބަލް ޓެނިސް، ޓެނިސް އަދި ޝޫޓިން އެވެ.

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ތާރީހު ބަދަލުކޮށްފި، މަނަންގް ބަލިކޮށް ޓީސީ ފައިނަލަށް

27 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ތާރީހު ބަދަލުކޮށްފި، މަނަންގް ބަލިކޮށް ޓީސީ ފައިނަލަށް
22 ފެބުރުއަރީ 2017

އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: އަންހެން ފައިނަލަށް އިމިގްރޭޝަން އަދި ކަސްޓަމްސް

22 ފެބުރުއަރީ 2017
އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: އަންހެން ފައިނަލަށް އިމިގްރޭޝަން އަދި ކަސްޓަމްސް
21 ފެބުރުއަރީ 2017

ގައުމީ ކެރަމް މުބާރާތް: ފިރިހެން ޑަބަލް އިވެންޓް ފައިނަލަށްދިޔަ ކުޅުންތެރިން ކަށަވަރުވެއްޖެ

21 ފެބުރުއަރީ 2017
ގައުމީ ކެރަމް މުބާރާތް: ފިރިހެން ޑަބަލް އިވެންޓް ފައިނަލަށްދިޔަ ކުޅުންތެރިން ކަށަވަރުވެއްޖެ
08 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން

08 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން
08 ފެބުރުއަރީ 2017

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

08 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް
04 ފެބުރުއަރީ 2017

ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި

04 ފެބުރުއަރީ 2017
ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި
03 ފެބުރުއަރީ 2017

ކޮމަންވެލްތު ގޭމްސްގައި ބޯލްޓް ބައިވެރިއެއް ނުވާނެ

03 ފެބުރުއަރީ 2017
ކޮމަންވެލްތު ގޭމްސްގައި ބޯލްޓް ބައިވެރިއެއް ނުވާނެ
03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
02 ފެބުރުއަރީ 2017

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް