Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ރޭންކިން

ފީފާ ރޭންކިންގް: އިންޑިއާ ދުނިޔޭގެ 100 ވަނަ އަށް އެރިއިރު، ރާއްޖެއަށް އެއް ދަރަޖައިގެ ވެއްޓުމެއް

ރާއްޖެއަށް ލިބުނީ ދުނިޔޭގެ 152 ވަނަ

ލީވާން އަލީ
ލީވާން އަލީ | 4 މެއި 2017 | ބުރާސްފަތި 16:24
ރާއްޖެ އަދި އިންޑިއާ ސާފް ސުޒުކީ ކަޕްގައި ބައްދަލުކުރި މެޗުގެ ތެރެއިން

ރާއްޖެ އަދި އިންޑިއާ ސާފް ސުޒުކީ ކަޕްގައި ބައްދަލުކުރި މެޗުގެ ތެރެއިން

ފީފާ ވޯލްޑް ރޭންކިންގްގައި އެއް ދަރަޖައިގެ ކުރިއެރުމަކާއެކު އިންޑިއާ ދުނިޔޭގެ 100 ވަނަ އަށް އެރިއިރު، ރާއްޖެ އެއް ދަރަޖަ ފަހަތަށް ވެއްޓިއްޖެއެވެ.

ރޭންކިންގައި ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ އިންޑިއާ ވަނީ 331 ޕޮއިންޓް ހަމަކޮށްފައެވެ. އެގޮތުން ސާކްގެ އެއްވަނަ އެޓީމަށް ލިބުނު އިރު، އޭޝިއާއިން މިފަހަރުވެސް އެޓީމަށް ލިބުނީ 11 ވަނައެވެ. އެޕްރީލް މަހު އިންޑިއާ އިން އޮފިޝަލް މެޗެއް ކުޅެފައިނުވާކަންވެސް ފާހަގަކޮށްލެވެއެވެ.

މި އަހަރު ފަހުކޮޅު އިންޑިއާގައި 17 އަހަރުންދަށުގެ ވޯލްޑްކަޕް ބާއްވަން އެގައުމުން ތައްޔާރުވަމުންދާއިރު، ފީފާ ވޯލްޑް ރޭންކިންގައި އިންޑިއާ އިން އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ 1996 ވަނަ އަހަރެވެ. އެ އަހަރު އިންޑިއާ ވަނީ ދުނިޔޭގެ 94 ވަނަ ހޯދާފައެވެ.

މާޗު މަހުގެ ފީފާ ރޭންކިންގައި ރާއްޖެއަށް އެއް ދަރަޖައިގެ ވެއްޓުމަކާ އެކު 152 ވަނަ ލިބިފައިވާއިރު، ސަރަހައްދުން ރާއްޖެއަށް ލިބިފައިވަނީ ދެވަނައެވެ. އަދި އޭޝިއާ ސަރަހައްދުން ރާއްޖެއަށް ލިބުނީ 27 ވަނައެވެ.

ސަރަހައްދުގެ ތިންވަނަ ރޭންކިންގެ 164 ވަނައިގައި އޮތް ބޫޓާނަށް ލިބުނުއިރު، ހަތަރުވަނަ ލިބުނީ ރޭންކިންގެ 172 ވަނައިގައި އޮތް ނޭޕާލަށެވެ. ފަސްވަނަ ރޭންކިންގެ 193 ވަނައިގައި އޮތް ބަންގްލަދޭޝްއަށް ލިބުނުއިރު، ހަވަނަ ލިބުނީ ރޭންކިންގެ 197 ވަނައިގައި އޮތް ސްރީލަންކާއަށެވެ. އަދި ހަތްވަނަ ލިބުނީ ރޭންކިންގެ 201 ވަނައަށް ރޭންކު ކުރެވިފައިވާ ޕާކިސްތާނަށެވެ.

ދުނިޔޭގެ އެއްވަނަ ބްރެޒިލަށް ލިބިފައިވާއިރު، ދެވަނަ ލިބިފައިވަނީ އާޖެންޓީނާއަށެވެ. އަދި ތިންވަނަ ލިބިފައިވަނީ ޖަރުމަނަށެވެ.

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

ޗެމްޕިއަންސް ކަޕްގެ ނަމުގައި އިންޑިއާ އިން ބޮޑު މުބާރާތެއް ބާއްވަނީ

04 އެޕްރީލު 2017
ޗެމްޕިއަންސް ކަޕްގެ ނަމުގައި އިންޑިއާ އިން ބޮޑު މުބާރާތެއް ބާއްވަނީ
03 އެޕްރީލު 2017

މިއާމީ އޯޕެންއަށް ފަހު ޖޮހޭނާގެ އަމާޒް ދުނިޔޭގެ އެއްވަނަ ކުޅުންތެރިއާއަށް ވުމަށް

03 އެޕްރީލު 2017
މިއާމީ އޯޕެންއަށް ފަހު ޖޮހޭނާގެ އަމާޒް ދުނިޔޭގެ އެއްވަނަ ކުޅުންތެރިއާއަށް ވުމަށް
03 އެޕްރީލު 2017

ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް

03 އެޕްރީލު 2017
ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް
29 މާރިޗު 2017

ހަޒާޑް ގަތުމަށް މެޑްރިޑުން 100 މިލިއަން ޕައުންޑް ޚަރަދު ނުކޮށްފާނެ: ކަލްޑެރޮން

29 މާރިޗު 2017
ހަޒާޑް ގަތުމަށް މެޑްރިޑުން 100 މިލިއަން ޕައުންޑް ޚަރަދު ނުކޮށްފާނެ: ކަލްޑެރޮން
08 މާރިޗު 2017

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017
އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު