Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމެރިކާ- ރާއްޖެ

އިންޒާރެއް ދިނުމެއް ނެތި ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދިނުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެ އެމެރިކާ މީހުން ސަމާލުވާން އަންގައިފި

13 ޖެނުއަރީ 2018 | ހޮނިހިރު 06:59

އެމެރިކާއިން ނެރެނީ ހަތަރު ލެވަލްއެއްގެ އެޑްވައިޒަރީ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 13 ޖެނުއަރީ 2018 | ހޮނިހިރު 06:59
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ފަތުރުވެރިންތަކެއް

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ފަތުރުވެރިންތަކެއް

އިންޒާރެއް ދިނުމެއް ނެތި ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދިނުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެ، ރާއްޖެއަށް ޒިޔާރަތް ކުރާ އެމެރިކާ މީހުން ސަމާލުވާން އެގައުމުގެ ސްޓޭޓް ޑިޕާރޓްމެންޓް އިން އަންގައިފި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާރޓްމެންޓް އިން މިމަހުގެ 10 ވަނަ ދުވަހު ވަނީ، ރާއްޖެއަށް ޒިޔާރަތްކުރާ އެގައުމުގެ ރައްޔިތުން ސަމާލުވެ ތިބުމަށް ގޮވާލައި، ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައެވެ. އެގައުމުން ނެރެފައިވަނީ ލެވަލް ދޭއްގެ އެޑްވައިޒަރީއެކެވެ.

Advertisement - newsAdvertisement

އެމެރިކާގެ ސްޓޭޓް ޑިޕާރޓްމެންޓުން ނެރެނީ ހަތަރު ލެވަލްއެއްގެ އެޑްވައިޒަރީއެވެ. އެގޮތުން ލެވަލް އެކަކީ ދަތުރުކުރުމުގައި ބަލައިގެން އުޅުމަށް އިރުޝާދު ދިނުމަށް ނެރޭ އެޑްވައިޒަރީއެކެވެ. ލެވަލް ދޭކަކީ ދަތުރުކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އިރުޝާދު ދިނުމަށް ނެރޭ އެޑްވައިޒަރީއެކެވެ. ލެވަލް ތިނަކަކީ ދަތުރު ކުރުމާ މެދު ދެވަނަ ވިސްނުމަށް ދިއުމަށް އިރުޝާދު ދިނުމަށް ނެރޭ އެޑްވައިޒަރީއެކެވެ. ލެވަލް ހަތަރަކަކީ ދަތުރު ނުކުރުމަށް އިރުޝާދު ދިނުމަށް ނެރޭ އެޑްވައިޒަރީއެކެވެ.

އެޑްވައިޒަރީގައި ވާގޮތުގައި، ކުރިއާލައި އިންޒާރު ދިނުމެއް ނެތި ނުވަތަ އިންޒާރު ދިނުމަށް ފަހުގައި ޓެރަރިސްޓް ހަމަލާއެއް ރާއްޖޭގައި ދީފާނެ ކަމަށް ބެލެވޭ ކަމަށެވެ. ފަތުރުވެރިން އާންމުކޮށް ޒިޔާރަތްކުރާ ތަންތަނަށާއި، މާރުކޭޓްތަކާއި، ފިހާރަތަކުގެ އިތުރުން ސަރުކާރުގެ އިދާރާތަކުގެ އިމާރާތްތައް ހިމެނޭ ސަރަހައްދުތަކަށް ހަމަލާދިނުން އެކަށީގެންވާ ކަމަށް އެޑްވައިޒަރީގައިވެއެވެ.

މިކަންކަން ފާހަގަކޮށް އެމެރިކާގެ ސްޓޭޓް ޑިޕާރޓްމެންޓް އިން ވަނީ، މީޑިއާތަކުގެ ހަބަރުތަކަށް ސަމާލުވުމަށާއި، ގިނައިން ހުޅަނގުގެ މީހުން ޒިޔާރަތްކުރާ ސަރަހައްދުތަކުގައި އުޅޭއިރު ސަމާލުވުމަށް އެގައުމުގެ ރައްޔިތުންނަށް އިރުޝާދު ދީފައެވެ.

މީގެ ކުރިން، މިދިޔަ އަހަރު ވެސް އެމެރިކާއިން ރާއްޖެއަށް ޓްރެވަލް އެޑްވައިޒަރީއެއް ނެރުނެވެ.

އެމެރިކާއިން ޓްރެވަލް އެޑްވައިޒަރީއެއް ނެރުނު އިރު، ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމަށް ބެލެވޭ ކަމަށް ބުނެ އިނގިރޭސިވިލާތުން ވެސް ވަނީ ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
25 ޖެނުއަރީ 2017

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް