Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
އިސްލާމް
ޒަމްޒަމް ފެން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ޒަމްޒަމް ވަޅަކީ، މީލާދީގޮތުން 3000 އަށްވުރެ ގިނައަހަރުވެފައިވާ ވަޅެކެވެ.

އަހްމަދުﷲ ޖަމީލް
އަހްމަދުﷲ ޖަމީލް, ރާއްޖެ އެމްވީ | 10 ޖެނުއަރީ 2018 | ބުދަ 08:01
ޒަމްޒަމް ވަޅުކޮޅަކީ 7 ފޫޓު 3.5 ފޫޓު ހުންނަ ވަޅުކޮޅެކެވެ.

ޒަމްޒަމް ވަޅުކޮޅަކީ 7 ފޫޓު 3.5 ފޫޓު ހުންނަ ވަޅުކޮޅެކެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅެއްގެ މާނާގައި ވެއެވެ. "ދުނިޔޭގައިވާ އެންމެ ރަނގަޅު ފެނަކީ ޒަމްޒަމް ފެނެވެ. ބަނޑުހައިވެފައިވާ މީހަކަށް ކެއުމަކަށް އެފެން ފުދެއެވެ. އަދި އެއީ ބަލިތަކަށް ހުރި ޝިފާއެކެވެ. އެފެން ބުއިމުން ބަނޑުހައި ހޫނުކަން ފިލައިދެއެވެ. ބަލިތަކަށް ޝިފާ ލިބެއެވެ. އަދި ބޮޑެތި ބަލިތަކާއި ކުދިބަލިތައް ފިލުވައިދެއެވެ." މި ޙަދީޘަށް ބަލާއިރު މިފެނަށް އާދެ "ޒަމްޒަމް" ފެނަކީ ވަރަށް ބަރަކާތްތެރި ނުވަތަ ޚާޞިއްޔަތެއް ލިބިގެންވާ ފެނެކެވެ. މިހެންވުމުން ޒަމްޒަމަކީ ކޮބައިކަން ބަލައިލުން މުހިންމެވެ.

ޒަމްޒަމް ވަޅަކީ، މީލާދީގޮތުން 3000 އަށްވުރެ ގިނައަހަރުވެފައިވާ ވަޅެކެވެ. ވަޅު އުފެދުނު ގޮތްކަމަށް ލިޔުންތަކުން ފެންނަން ހުރީ އަންނަނިވި ގޮތަށެވެ. އެއީ އިބްރާހީމްގެ ފާނުގެ ދަރިކަލުން އިސްމާޢީލުގެ ފާނަށްޓަކައި ﷲގެ އަމުރުފުޅަށް މައްކާގެ ބިމުން ނެރުއްވުނު ފެނެކެވެ. ﷲ ގެ އަމުރުފުޅަށް އިބްރާހީމްގެ ފާނުނު އެކަލޭގެފާނުގެ އަނބިކަބަލުން ހާޖަރާ އާއި ތުއްތު ދަރިކަލުން އިސްމާޢީލުގެ ފާނު މައްކާގެ ހަނަފަސް ވާދީއަށް ދޫކޮށްލައްވައި ވަޑައިގަންނަވަން ޖެހިވަޑައި ގެންނެވިއެވެ. އެއީ ﷲ ގެ އަމުރުފުޅަށެވެ. އަމުރުކުރެއްވުނު ތަނަކަށް ވަޑައިގަންނަވަން ފެށްޓެވުމުން، އިސްމާޢީލްގެ ފާނުން އެ ބިމުގައި އުޑުތިލައަށް ބާއްވަވައި ހާޖަރާ އެ ސަހަރާގައި ހުންނަ ދެފަރުބަދަ ކަމުގައިވާ ޞަފާ އާއި، މަރުވާގެ ދެމެދުގައި ދުވެވަޑައިގަންނަވަމުން ގެންދެވިއެވެ. އެއީ އެ ސަރަޙައްދުން ދަތުރުވެރިޔަކު ވިޔަސް ފެނިވަޑައި ގަނޭތޯއެވެ. އެހެނީ އެ ހަނަފަސް ސަހަރާގައި ކާނޭ އެއްޗެއް، ބޯނޭ އެއްޗެއް ހުރި ބިމެއް ކަމުގައި ނުވާތީ، އެފަދަ އެއްޗެއް ހޯއްދެވުމުގެ ބޭނުން ފުޅުގައެވެ. އެއީ ހަނަފަސް ބިމަކަށް ވާތީއެވެ. މި މަސައްކަތުގައި އުޅުއްވާފައި ހާޖަރާ އެނބުރި ތުއްޕުޅު އިސްމާޢީލްގެ ފާނުންގެ އަރިއަހަށް ވަޑައިގެންނެވި އިރު އެކަލޭގެފާނުގެ ފައިޕުޅުން ބިމުގައި ޖެހުނު ތަނުން ފެން ނިކުންނަމުން ދިޔައެވެ.

އަދި އެހެން ރިވާޔަތެއްގައި ވެއެވެ. ހާޖަރުގެ ފާނު ޞާފާ މަރުވާ ދެމެދުގައި ބާރަށް ހިންގަވައި ވަޑައިގަންނަވަމުން، ތުއްޕުޅު އިސްމާޢީލުގެ ފާނު ބޭއްވެވި ތަނާ ދިމާއިން އެކަމަނާއަށް އަޑެއް އިވިވަޑައިގަތެވެ. އެއީ ހަތްވަނަ ފަހަރަށް މަރުވާ ފަރުބަދަޔަށް އަރައިވަޑައި ގަންނަވަނިކޮން ނެވެ. އެހިނދު އެ ދިމާއަށް އެކަމަނާ ބައްލަވައިލެއްވި އިރު ފެނިވަޑައިގެންނެވީ ޖިބްރީލުލްއަމީން، އިސްމާޢީލުގެފާނު އޮންނެވި ދިމާއަށް ފައިބައިވަޑައިގެންނެވި މަންޒަރެވެ. އަދި ޖިބްރީލުގެފާނު އެކަލޭގެފާނުގެ ފުންނާބުފުޅުން ނުވަތަ ފިޔަފުޅުން ބިންމަތީގައި ޖެއްސެވިތަނެވެ. ނުވަތަ ބިންގަނޑު ކޮންނަވަނިކޮށްނެވެ. އެ ކޮންނެވި ތަނުން ކޯދުލައި އަރައިގެން އައީ ޒަމްޒަމްގެ ބަރަކާތްތެރި ފެނެވެ.

ދެން އެދެ މައިން ފެންފޮދު ހިއްޕަވައި ފަރިއްކޮޅަކަށް ބޭނުން ކުރެއްވީ، އެފެން ކަމުގައި ބުނެވެއެވެ. މިއީ ޒަމްޒަމުގެ ނަމުން މަޝްހޫރުވެފައިވާ ފެނެއްކަމުގައި ލިޔުންތަކުން ފެންނަން ހުރެއެވެ. ޒަމްޒަމްގެ މާނައަކީ "ހުއްޓޭ ހުއްޓޭ" އެވެ. އެއީ ކޯދުލައި އަރަމުން ދިޔަ ފެނަށް އިޝާރާތް ކުރައްވައި ހާޖަރު ވިދާޅުވި ވިދާޅުވުން ކަމުގައި ވެސް ބުނެވެއެވެ. ކޮންމެއަކަސް، ގާތްގަޑަކަށް ތިންހާސް އަހަރަށްވުރެ ގިނަ އަހަރު ވެފައިވާ މިވަޅުކޮޅުގެ ފެންގަނޑު ހިނދެން ކީއްކުރަންތޯއެވެ. ފެނުގެ މިންވަރަކަށް ވެސް އެއްވެސް އުނިކަމެއް އައިސްފައެއް ނުވެއެވެ.

މި ވަޅުކޮޅާ ގުޅޭގޮތުން އައިސްފައިވާ ވާހަކަތަކުގެ ތެރޭގައި އަންނަނިވި ވާހަކައަކީ ވެސް މަޝްހޫރު ވާހަކައެކެވެ. މައްކާގައި އާބަދުވި މީހުންގެ މެދުގައި ހިނގައިދިޔަ ކަންތައްތަކެއްގެ ސަބަބުން މައްކާގެ ޖުރްހުމް ޤަބީލާގެ މީހުން އެރަށުން ނިކުމެގެން ދާން ޖެހިދާނޭކަމަށް ބެލެވެން ފެށުމުން، ޖުރްހުމް ޤަބީލާގެ ވެރިޔާ ޒަމްޒަމް ވަޅުކޮޅަށް ފަސް އަޅައި ފޮރުވައިލި ކަމަށް ބުނެވެއެވެ. އަދި އޭގެފަހުން އެތަކެއް ދުވަހެއް ފާއިތުވުގެން ދިޔަފަހުންް އިތުރު ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކާފާފުޅު ޢަބްދުލްމުއްޠަލިބުގެ ފާނުގެ ދުވަސްވަރާ ހަމަޔަށް އެ ވަޅުކޮޅު ހުރީ ވަންހަނާ ވެފައެވެ. އެހެން ނަމަވެސް ޢަބްދުލްމުއްޠަލިބުގެ ފާނަށް ހުވަފެންފުޅުގައި ފެނިވަޑައިގެން، އެ ވަޅުކޮޅު އަލުން ހޯއްދެވިއެވެ. އެއީ އިތުރު ނަބިއްޔާ މުޙައްދުގެފާނު ދުނިޔެއަށް ރައްކައުވުމުގެ ތިރީހަކަށް އަހަރު ކުރީންނެވެ. އޭގެ ފަހުން މިއަދާ ހަމަޔަށް ވެސް ޒަމްޒަމްގެ ބޭނުން ދަނީ ކުރެވެމުންނެވެ.

މިދުވަސްވަރުން ފެށިގެން ވަޅުކޮޅު ހުރީ އާދައިގެ ވަޅެއްގެ ސިފައިގައެވެ. ވަޅުކޮޅުގެ ވަށައިގެން ހުރީ އާދައިގެ ހިލަ ޖައްސާފައެވެ. އެއަށްފަހު މީލާދީން 771 ގައި ޢައްބާސީ ދައުލަތުގެ ޚަލީފާއެއް ކަމުގައިިވާ އަލްމަންޞޫރުގެ ޒަމާނުގައި ޒަމްޒަމް ވަޅުކޮޅަށް ހިޔާ ލިބޭނޭ ގޮތަށް ގުއްބެއް ހެއްދެވިއެވެ. އޭގެ ފަހުން އެކި ދުވަސްވަރު މުސްލިމް އެކިއެކި ވެރިން، ވަޅުކޮޅު ހުންނަ ތަނާއި، ސަރަޙައްދު ހިޔާ ކުރައްވައި ޒީނަތްތެރި ކުރައްވަމުން ގެންދަވައިފައިވެއެވެ. މީލާދީން 775 ގައި ޢައްބާސީ ދައުލަތުގެ ޚަލީފާ އަލްމަހްދީ އާއި، މީލާދީން 835 ގައި އެ ދައުލަތުގެ ޚަލީފާ އަލްމުޢްތަޞިމް އާއި، މީލާދީން 1417 ގައި މިޞުރުގެ މަމްލޫކީ ސުލްޠާން ވެސް ޒަމްޒަމް ވަޅުގެ ގުއްބު އިތުރަށް ފުރިހަމަ ކުރައްވިއެވެ. ނުވަތަ އަލުން ބިނާ ކުރައްވިއެވެ. މިހެން އަންނަމުން އައިސް ސަޢޫދީ ޢަރަބިއްޔާ އުފެދި އެޤައުމުގެ ރަސްކަން އުފެދުމަށް ފަހު އެޤައުމުގެ ވެރިކަމުގެ ފަރާތުން ވަނީ ޒަމްޒަމް ވަޅުކޮޅު ހުންނަ ސަރަހައްދު ވަރަށް ބޮޑަށް ބަދަލު ކުރައްވައިފައެވެ. މިއަދު އެ ވަޅުކޮޅު ހާމަޔަށް ފެންނާކަށް ނުހުރެއެވެ.

މުސްލިމުން ޤަބޫލުކުރާ ގޮތުގައި ޒަމްޒަމް ވަޅުކޮޅުގެ ފެނަކީ މުޤައްދަސް ފެނެކެވެ. ޚާއްޞިއްޔަތެއް ލިބިގެންވާ ބަރަކާތްތެރި ފެނެކެވެ. މުސްލިމުންގެ ގާތުގައި މިފަދަ މަޤާމެއް ލިބިގެންވާ ކޮންމެ އެއްޗަކާ ބެހޭގޮތުން ހުޅަނގުންނާއި، އެބައިމީހުންގެ އައުވާނުން ފާޑުފާޑުގެ ވާހަކަތައް ފަތުރަމުން ގެންދެއެވެ. އެހެން ނުވެ ދިޔުމަކީ މި ޒަމާނުގައި މުޅިން މުސްތަހީލު ކަމެކެވެ. މި ބީދައިން ޒަމްޒަމްގެ ފެނާ ބެހޭގޮތުން ވެސް މި ފަދަ ދޮގު ބުހުތާން ވާހަކަތަކެއް ފަތުރާފައިވެއެވެ.

ޒަމްޒަމް ވަޅުކޮޅު ހުންނަނީ ކަޢްބަތުﷲ ގެފުޅު އެހުންނަ "ވާދީ އިބްރާހީމް" ގައެވެ. ގެފުޅާ ޖެހިގެންނޭ ބުނެވޭހައި ގާތުގައެވެ. ގާތްގަނޑަކަށް މާތްވެގެންވާ ކަޢުބާއާ 21 މީޓަރު ދުރުގައިވާ ވަޅެކެވެ. ޠަވާފު ކުރާ ސަރަހައްދުގައި، މަޤާމު އިބްރާހީމުގެ ފަހަތުގައެވެ. ޒަމާނުއްސުރެ ހާމަޔަށް ހުރި އެ ވަޅުކޮޅު މިހާރު ހުންނަނީ ޠަވާފުކުރާ ސަރަހައްދުގެ އަޑިއަށް ވާގޮތަށެވެ. މަތީގައި މާބްލް ޖަހާފައެވެ. ވަޅުކޮޅު ހުންނަ ދިމާ ދައްކައިދޭ ނިޝާނެއް ޠަވާފު ކުރާ ސަރަހައްދުގައި ހުރެއެވެ. މިހާރު ވަޅުކޮޅުން ސީދާ ފެން ނެގޭކަށް ވެސް ނުހުރެއެވެ. ފެން ނަގަނީ ބިމުގެއަޑިން ވަޅުކޮޅަށް ގުޅާފައި ހުންނަ ފެން ނަގާ ނިޒާމެއްގެ ބޭނުން ހިފައިގެން ފެން އިސްކުރުތަކުންނެވެ.

ޒަމްޒަމް ވަޅުކޮޅު އެއްމެ ފުރަތަމަ ހުރީ އާދައިގެ ވަޅެއްގެ ގޮތުގައި ކަމަށް ބުނެވެއެވެ. އެ ދުވަސްވަރު ޒަމްޒަމް ވަޅުކޮޅު ވަރަށް ތިލައެވެ. އަދި ކުޑައެވެ. ނަމަވެސް މިހާރު އެ ވަޅުކޮޅަކީ ވަރަށް ފުނަށް ކޮނެވިފައި ހުންނަ ވަޅުކޮޅެކެވެ. "ސަޢޫދީ ޖިއޮލޮޖިކަލް ސާރވޭ" ގެ ބެލުމުގެ ދަށުން ޒަމްޒަމް ފެނާ ބެހޭ ކަންތައްތައް ބެލެހެއްޓުމަށްޓަކައި މުއައްސަސާއެއް ޤާއިމު ކޮށްފައި ހުރެއެވެ. އެ މުއައްސަސާ ކަމުގައިވާ "ޒަމްޒަމް ސްޓަޑީޒް އެންޑް ރިސާރޗް ސެންޓަރ" ގެ ވެބްސައިޓުގައި ވާގޮތުން މިހާރު ޒަމްޒަމް ވަޅުކޮޅުގެ ފުންމިނުގައި ގާތްގަނޑަކަށް 98 ފޫޓުހުރެއެވެ. ވަޅުކޮޅުގެ އެކި ހިސާބުހިސާބުގެ ފުޅާމިން ތަފާތެވެ. އެއް ސަރަޙައްދެއްގައި ގާތްގަނޑަކަށް 7 ފޫޓު ހުންނަ އިރު އެހެން ހިސާބެއްގައި ހުންނަނީ ގާތްގަނޑަކަށް 3.5 ފޫޓު އެވެ.

.... ނުނިމޭ

ކޮމެންޓް

އިތުރަށް ކިޔާލަން

މުޖުތަމައުގައި ނޭދެވޭ ކަންތައްތައް ހިނގަނީ އީމާންކަމުގެ ބިންގާ ހަރުދަނާ ގޮތެއްގައި ފަރުދުންގެ ހިތްތަކުގައި އެޅިފައި ނެތުމުން: ޚުތުބާ

މުޖުތަމައުގައި ނޭދެވޭ ކަންތައްތައް ހިނގަނީ އީމާންކަމުގެ ބިންގާ ހަރުދަނާ ގޮތެއްގައި ފަރުދުންގެ ހިތްތަކުގައި އެޅިފައި ނެތުމުން: ޚުތުބާ

14 ނޮވެމްބަރު 2025
ޖާހިލުކަމުގެ ސަބަބުން ގެއްލުން ލިބެނީ ހަމައެކަނި ޖާހިލު މީހާއަށް އެކަންޏެއް ނޫނެވެ.

ޖާހިލުކަމުގެ ސަބަބުން ގެއްލުން ލިބެނީ ހަމައެކަނި ޖާހިލު މީހާއަށް އެކަންޏެއް ނޫނެވެ.

23 އެޕްރީލު 2023
ދުއާއަކީ އަޅުކަމުގެ މައިގަނޑެވެ.

ދުއާއަކީ އަޅުކަމުގެ މައިގަނޑެވެ.

21 މެއި 2022
27 ވިލޭރޭގެ އަޅުކަމަށް އައި މީހުންނަށް ދެލައްކަ ޒަމްޒަމް ފެންފުޅި ފޯރުކޮށް ދީފި

27 ވިލޭރޭގެ އަޅުކަމަށް އައި މީހުންނަށް ދެލައްކަ ޒަމްޒަމް ފެންފުޅި ފޯރުކޮށް ދީފި

10 މެއި 2021
ޒަމްޒަމް ފެން - ދިރިހުރި މުއުޖިޒާތެއް

ޒަމްޒަމް ފެން - ދިރިހުރި މުއުޖިޒާތެއް

30 މެއި 2020

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު