Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
އިސްލާމް
ދީނުގެ މަގު

ޖާހިލުކަމުގެ ސަބަބުން ގެއްލުން ލިބެނީ ހަމައެކަނި ޖާހިލު މީހާއަށް އެކަންޏެއް ނޫނެވެ.

ޢިލްމެއް ނެތް ޖާހިލުން ކަންކަމަށް އިސްކުރެވިއްޖެނަމަ، އޭގެ ގެއްލުން އެތައް ޒަމާންތަކެއްވަންދެން މުޖުތަމަޢަށް ކުރޭ

މަރްޔަމް ދާނިޝް ނަޝީދު
މަރްޔަމް ދާނިޝް ނަޝީދު, ރާއްޖެ އެމްވީ | 23 އެޕްރީލު 2023 | އާދީއްތަ 09:59
ޖާހިލުކަމުގެ އެންމެހާ ސިފަތަކުން ދުރުވާން މުސްލިމުން މަސައްކަތްކުރަން ޖެހޭނެ

ޖާހިލުކަމުގެ އެންމެހާ ސިފަތަކުން ދުރުވާން މުސްލިމުން މަސައްކަތްކުރަން ޖެހޭނެ

ކީރިތި ޤުރުއާންގެ އެތައްއެތައް ތަނެއްގައި ޖާހިލުކަމުގެ ސިފައާ ބެހޭގޮތުން އެތައް ވާހަކައެއް ބަޔާންކުރައްވާފައިވެއެވެ. އެގޮތުން މި ލަފުޒު ޤުރުއާންގައި ވާރިދުވެގެންވާ ތަންތަނަށް ބަލާއިރު އެކިއެކި މާނަައިގައި ޖާހިލުކަމުގެ މާނަކުރެވޭކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.

މާތް ﷲ އަށް ނިސްބަތްކޮށް ދޮގުހެދުމާއި ކަމެއް އޭގެ ޒާތުގައި އޮތްގޮތާ ޚިލާފަށް އެކަމެއް ޤަބޫލުކުރުމާއި ފާފައިގެ މާނައިގައި ވެސް މި ލަފުޒު އައިސްފައިވެއެވެ. ޖާހިލުކަމުގެ މާނައިގެ ތެރޭގައި ޢިލްމުގެ އިދިކޮޅު މާނައާއި ޙައްޤު ގޮތާ އިދިކޮޅަށް ބަސްބުނުމާއި ކަންކަން ކުރަން ޖެހޭ ގޮތް ނޫން ގޮތްގޮތަށް ކަންކަން ކުރުމަށް ވެސް މި ލަފުޒު ބޭނުންކުރެވެއެވެ. ޖާހިލިއްޔަތުގެ އާންމު މާނައަށް ބަލާއިރު އިސްލާމްދީން އައުމުގެ ކުރިން ޢަރަބީން ތިބި ހާލަތު ސިފަކުރުމަށް ޖާހިލުކަމޭ ބުނެވެއެވެ. އެހެންކަމުން ޖާހިލުކަމަކީ މާތް ﷲ އާއި އެކަލާނގެ ރަސޫލުބޭކަލުންނާއި އިސްލާމީ ޝަރީޢަތާ މެދު އެއްވެސް އެނގުމެއް ނެތް ޤަބޫލުކުރުންތަކާއި ބުނުންތަކާއި އަމަލުތައްކަމުގައި ބުނެވިދާނެއެވެ.

ސިޔާސީ ގޮތުން ބަލާއިރު އިސްލާމްދީނުގެ ކުރިން ޖާހިލިއްޔަތުގައި ޢަރަބީން އުޅުނީ ވަކިވަކި ޤަބީލާތަކެއްގެ ގޮތުގައެވެ. އެހެންކަމުން ދައުލަތެއް ނުވަތަ ޤާނޫނު އަސާސީއެއް އެބައި މީހުންގެ ތެރެއަކު ނުވެއެވެ. ނަމަވެސް ކޮންމެ ޤަބީލާއެއްގައި އިސް މީހަކާއި ލަފާދޭ މީހުން ތިބުމުން އެޤަބީލާއެއްގެ ނަމުގައި ކަންކަމަށް ބަސްބުނެ އަޑުއުފުލައެވެ.

އިޖުތިމާއީ ގޮތުން ބަލާއިރު ޤަބީލާގެ ހުރިހާ މެންބަރުންނަކީ އެއް ފެންވަރެއްގައި ނުވަތަ އެއް ދަރަޖައެއްގައި ތިބި ބައެއް ނޫނެވެ. ޙައްޤުތަކާއި ވާޖިބުތަކުގައި ވެސް ހަމަހަމައެއް ނޫނެވެ. ދީނީ ގޮތުން ބަލާއިރު ޖާހިލިއްޔަ ޒަމާނުގައި މާބޮޑު ދީނީ ޚިޔާލުތަފާތުވުމެއް ނެތެވެ. ޢަރަބީންގެ ތެރޭގައި ބުދުތަކަށް އަޅުކަން ކުރަނީއެވެ. ޝިރުކުގެ ޢަމަލުތައް ފެތުރި އެބައިމީހުންގެ އަޤީދާވަނީ ފަސާދަވެފައެވެ.

އެހެނެއްކަމަކު މުޙައްމަދު ﷺ ގެންނެވި އަލިގަދަ ރިސާލަތަށްފަހު މުޅި އުންމަތް އެކީއެކަށް ޖާހިލިއްޔަތުގެ ތެރެއަށް ވެއްޓިގެން ނުދާނެއެވެ. އެކަލޭގެފާނުގެ އުންމަތުގައި ޖަމާއަތެއްގެ ބަޔަކު މާތް ﷲ ގެ ދީނަށް ނަޞްރުދިނުމުގެ މަތީ ޙައްޤުގައި ޤިޔާމަތާ ހަމައަށް ދެމިތިބޭނެއެވެ. ނަމަވެސް މުސްލިމުންގެ ބައެއް ރަށްރަށުގައި ޖާހިލުކަން ނުވަތަ ޖާހިލިއްޔަތުގެ ސިފަތަކެއް ހުރެދާނެއެވެ.

ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ."ތިމަންކަލޭގެފާނުގެ އުންމަތުގައި ޖާހިލިއްޔަ ޒަމާނުގެ ހަތަރުކަމެއް ވެއެވެ."މި ޙަދީޘުން ވެސް އެނގެނީ މުސްލިމުންގެ ތެރޭގައި ވެސް ޖާހިލުކަމުގެ ސިފަ ހުންނަ މީހުން އުޅޭނެކަމެވެ.

ޖާހިލުކަމުގެ އެންމެހާ ސިފަތަކުން ދުރުވާން މުސްލިމުން މަސައްކަތްކުރަން ޖެހޭނެއެވެ. އެހެނީ ޖާހިލުކަމުގެ ސަބަބުން ގެއްލުން ލިބެނީ ހަމައެކަނި ޖާހިލު މީހާއަށް އެކަންޏެއް ނޫނެވެ. ޖާހިލު މީހާ އޭނާގެ ޖާހިލުކަމުގައި ބަސްބުނުމުން، އޭނާގެ ނަފްސަށާއި އޭނާގެ ވަށައިގެންވާ މީހުންނަށާއި އޭނާ އުޅޭ މުޅި މުޖުތަމަޢަށް އޭގެ ނުބައި އަސަރާއި ގެއްލުން ކުރެއެވެ. ދުނިޔަވީ ކަންކަމުގައި ވެސް ކަން އޮތީ މިހެންނެވެ. ޢިލްމެއް ނެތް ޖާހިލުން ކަންކަމަށް އިސްކުރެވިއްޖެނަމަ، އޭގެ ގެއްލުން އެތައް ޒަމާންތަކެއްވަންދެން މުޖުތަމަޢަށް ކުރެއެވެ.

އަދި މިއަށްވުރެ ވެސް ނުރައްކާ ވެގެންވަނީ މާތް ﷲ ގެ ދީނާމެދު ޖާހިލުވެ، ނޭންގި ތިބެ ދީނީ ވާހަކަދެއްކުމެވެ. ދީނީ މައްސަލަތަކުގައި ފަތުވާ ދިނުމެވެ. މިކަމުގެ ސަބަބުން އަޅުތަކުންގެ ދީނާއި ދުނިޔޭގެ އެންމެހައި މަޞްލަޙަތުތައް ގެއްލިގެންދެއެވެ. ފަސާދަ އާންމުވެ އޮޅުންބޮޅުމުގެ ތެރެއަށް މީސްތަކުން ވެއްޓިދެއެވެ. ފިތުނަތައް އުފެދި، ފިތުނައިގެ ހުޅުގަނޑު ބޮޑުވެ، ނިއްވާލަން އުނދަގޫ ހިސާބަށް ވެސް ދެއެވެ.

އަޅަމެން އެންމެންނީ ޖާހިލުކަމުގެ ސިފަތަކުން ދުރުވެގެންވާ ބަޔަކުކަމުގައި ލައްވާނދޭވެ!

ނޯޓް: "ދީނުގެމަގު" މި ނޫހަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 1986ން 2008ށް ނެރުނު ނޫހެކެވެ. މި ނޫސް ނެރުމުގެ ބޭނުމަކީ، އާންމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، އިސްލާމީ އުޚުއްވަތްތެރިކަމުގެ ރޫހު ފެތުރުމެވެ. މި ނޫސް އޭރު ނެރެފައިވަނީ ހަފުތާއަކު އެއްފަހަރުއެވެ. މި ލިޔުމަކީ ދީނުގެމަގުގައި ލިޔެފައިވާ ލިޔުމެއްގެ ނަކަލެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަލް-އަޤްޞާ ވަށައިގެން އިސްރާއީލުން ކޮންނަމުން ދިއުމުގެ ސަބަބުން މިސްކިތުގެ ބައެއް ވެއްޓުމުގެ ބިރު އެބައޮތް: ވަފާ ނިއުސް

އަލް-އަޤްޞާ ވަށައިގެން އިސްރާއީލުން ކޮންނަމުން ދިއުމުގެ ސަބަބުން މިސްކިތުގެ ބައެއް ވެއްޓުމުގެ ބިރު އެބައޮތް: ވަފާ ނިއުސް

24 އޮކްޓޯބަރު 2025
ޒަމާނީ އޮއިވަރުގެ ސަބަބުން އަޚްލާޤަށް ނުރަނގަޅު އަސަރުކުރޭ

ޒަމާނީ އޮއިވަރުގެ ސަބަބުން އަޚްލާޤަށް ނުރަނގަޅު އަސަރުކުރޭ

27 އެޕްރީލު 2022
"ސަބަބުތަކުގައި ހިފުމަކީ ހަމައެކަނި ބޭސް ކުރުމެއް ނޫން، ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް އަމަލުވެސް ކުރުން"

"ސަބަބުތަކުގައި ހިފުމަކީ ހަމައެކަނި ބޭސް ކުރުމެއް ނޫން، ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް އަމަލުވެސް ކުރުން"

22 މެއި 2020
ހަމައެކަނި މުވައްޒަފުންނާއެކު މަސްޖިދުއް ނަބަވީގެ މި އަހަރުގެ ފުރަތަމަ ތަރާވީސް ކޮށްފި

ހަމައެކަނި މުވައްޒަފުންނާއެކު މަސްޖިދުއް ނަބަވީގެ މި އަހަރުގެ ފުރަތަމަ ތަރާވީސް ކޮށްފި

24 އެޕްރީލު 2020
ދީނުގެ ނަމުގައި ބޮންގޮއްވައި މީހުންގެ ފުރާނައަށް ގެއްލުންދެނީ ދީން ނޭނގޭތީ: ޚުތުބާ

ދީނުގެ ނަމުގައި ބޮންގޮއްވައި މީހުންގެ ފުރާނައަށް ގެއްލުންދެނީ ދީން ނޭނގޭތީ: ޚުތުބާ

21 ފެބުރުއަރީ 2020

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު