Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްދީނުގެމަގު

ދުއާއަކީ އަޅުކަމުގެ މައިގަނޑެވެ.

ދުޢާ ދަންނަވަންވާނީ ހަމައެކަނި މުސީބާތެއް ކުރިމަތިވާހިނދު އެކަންޏެއްނޫން

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 21 މެއި 2022 | ހޮނިހިރު 08:14
މިސްކިތެއްގައި މީހަކު ނަމާދުކޮށްގެން ދުޢާކުރަނީ

މިސްކިތެއްގައި މީހަކު ނަމާދުކޮށްގެން ދުޢާކުރަނީ

ކޮންމެ އިންސާނަކީވެސް މާތްﷲ ހައްދަވާފައިވާ އެކަލާނގެ އަޅެކެވެ. ހުރިހާ ވަގުތެއްގައި ވެސް އެ އިންސާނާ ވަނީ، އެކަލާނގެ މަދަދަށް ބޭނުންވެފައެވެ. އަޅުތަކުންގެ ކިބައިން އެއްވެސް ކަމަކަށް އެކަލާނގެ ބޭނުންވެ ވޮޑިގެނެއް ނުވެއެވެ. އެކަލާނގެ ހަޟުރަތުން މަދަދަށާއި ވާތްގަށް އެދޭނީ އެއްވެސް މެދުވެރިއަކު މެދުވެރިކޮށްގެނެއް ނޫނެވެ. އެކަލާނގެ ހަޟުރަތުން ކަމަކަށް އެދޭއިރު މެދުވެރިއަކު މެދުވެރިކުރުމީ، އެކަލާނގެއަށް ޝަރީކު ކުރުމެކެވެ. އެއީ ނުފުއްސަވާވަރުގެ ބޮޑުފާފައެއްކަން، ކީރިތި ޤްރުއާންގައި އަންގަވާފައިވެއެވެ.

ކޮންމެ މީހަކުވެސް އެމީހަކު ބޭނުންވާ ކޮންމެ ކަމަކަށް ﷲގެ ހަޟްރަތުގައި ދެންނެވުމަކީ އެކަލާނގެ ލޯބިވެވޮޑިގަންނަވާ ކަމެކެވެ. އަދި އެކަމަކީ، ކީރިތި ޤްރުއާނުގައްޔާއި ރަސޫލާގެ ސުންނަތުގައި އަމުރުކުރައްވާފައިވާ ކަމެއް ވެސް މެއެވެ. އެކަލާނގެ ވަހީ ބަސްފުޅުގައި ވެއެވެ. "وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ" މާނައީ: އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ وحى ކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް دعاء ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ دعاء އިޖާބަކުރައްވާހުށީމެވެ. ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘް އެއްގެ މާނާގައިވެއެވެ. " ތިޔަބައި މީހުންގެ ދުޢާ އިޖާބަކުރައްވާނޭ ކަމުގެ ޔަޤީންކަން މަތީ ތިބެ، ތިޔަބައި މީހުން ﷲގެ ހަޟުރަތުގައި ދުޢާ ދަންނަވާ ހުށިކަމެވެ. އަދި ތިޔަބައި މީހުން ދަންނާށެވެ! ހަމަ ކަށަވަރުން، ޣާފިލްވެ އެހެން ފަރާތަކާ މަޝްޢޫލުވެފައިވާ ހިތެއްގެ ވެރިއަކު ކުރާ ދުޢާ މާތްﷲ އިޖާބައެއް ނުކުރައްވާނެތެވެ."

ދުޢާ އަކީ، ﷲ އަށް އަޅުކަން ޚާލިސް ކުރުމުގެ ވެސް މައިގަނޑު މަޤްސަދެވެ. މިކަމަށްޓަކައި އެކަލާނގެ ވަހީ ބަސްފުޅެއްގައިވެއެވެ. "قُلْ مَا يَعْبَأُ بِكُمْ رَبِّي لَوْلَا دُعَاؤُكُمْ" މާނައަކީ: ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ دعاء ކުރުން ނުވާނަމަ، ތިމަންގެ ވެރިރަސްކަލާނގެ، ތިޔަބައިމީހުންނާމެދު ފަރުވާލެއް ނުބަހައްޓަވާނެތެވެ."

ﷲގެ ހަޟުރަތުގައި ދުޢާ ދަންނަވާނީ، ދަތި އުނދަގޫތަކާއި މުސީބާތްތައް ކުރިމަތިވާ ހިނދު އެކަންޏެއް ނޫނެވެ. އުފާފާގަތި ދުވަސްތަކުގައި ވެސް މެއެވެ. ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘެއްގައި ވެއެވެ. ދަތި އުނދަގުލާއި މުސީބާތްތައް ކުރިމަތިވާ ހިނދު މާތްﷲ، އޭނާގެ ދުޢާ އިޖާބަ ކުރެއްވުމަށް ބޭނުންވެ އެދޭ މީހާ (ދަންނާށެވެ!) ފަހެ، އޭނާ އުފާފާގަތިކަމުގައި އެކަލާނގެއަށް ދުޢާ ދެންނެވުން ގިނަކުރާ ހުށިކަމެވެ.!"

ދުޢާ ކުރަން ފަށައިގަންނަ ހިނދު، މާތްﷲ އަށް ހަމްދުޘަނާ ކިޔައި، ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ސަލަވާތް ކިޔެވުމަށް އިރުޝާދު ދެއްވާފައިވާ ހަދީޘްފުޅުތައް އެބަހުއްޓެވެ. އަދި ހަލާލު ތަކެތި ކައިގެން ބޮއިގެން ހުރެ ދުޢާ ކުރުމަށް ވެސް އަމުރުކުރައްވާފައިވެއެވެ.

ނޯޓް: ދީނުގެމަގު މި ނޫހަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 1986ން 2008ށް ނެރުނު ނޫހެކެވެ. މި ނޫސް ނެރުމުގެ ބޭނުމަކީ، އާންމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، އިސްލާމީ އުޚުވަތްތެރިކަމުގެ ރޫހު ފެތުރުމެވެ. މި ނޫސް އޭރު ނެރެފައިވަނީ ހަފްތާއަކު އެއްފަހަރު އެވެ. މި ލިޔުމަކީ ދީނުގެމަގުގައި ލިޔެފައިވާ ލިޔުމެއްގެ ނަކަލެކެވެ.

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ދުންފަތުގެ އިސްތިއުމާލު ކުރުމީ ބޮޑު އިސްރާފެއް، އިސްރާފު ކުރުމަކީ ހަރާމް ކަމެއް: ޚުތުބާ

05 ޑިސެމްބަރު 2025
ދުންފަތުގެ އިސްތިއުމާލު ކުރުމީ ބޮޑު އިސްރާފެއް، އިސްރާފު ކުރުމަކީ ހަރާމް ކަމެއް: ޚުތުބާ
28 ނޮވެމްބަރު 2025

އަދުގެ މުޖުތަމައު ގައި ފާހިޝް ކަންތައްތައް ފެތުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ނޫސް މަޖައްލާތަކާއި، ޓީވީތަކާއި، ރޭޑިއޯ ތައް: ޚުތުބާ

28 ނޮވެމްބަރު 2025
އަދުގެ މުޖުތަމައު ގައި ފާހިޝް ކަންތައްތައް ފެތުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ނޫސް މަޖައްލާތަކާއި، ޓީވީތަކާއި، ރޭޑިއޯ ތައް: ޚުތުބާ
21 ނޮވެމްބަރު 2025

ނަމާދަށް ފަރުވާތެރިވޭ، އުޒުރަކާ ނުލައި ނަމާދު އެޅުމަކީ އެ މީހެއްގެ މައްޗަށް މާތްﷲގެ ކޯފާ އަންނާނެ ކަމެއް: ޚުތުބާ

21 ނޮވެމްބަރު 2025
ނަމާދަށް ފަރުވާތެރިވޭ، އުޒުރަކާ ނުލައި ނަމާދު އެޅުމަކީ އެ މީހެއްގެ މައްޗަށް މާތްﷲގެ ކޯފާ އަންނާނެ ކަމެއް: ޚުތުބާ
14 ނޮވެމްބަރު 2025

މުޖުތަމައުގައި ނޭދެވޭ ކަންތައްތައް ހިނގަނީ އީމާންކަމުގެ ބިންގާ ހަރުދަނާ ގޮތެއްގައި ފަރުދުންގެ ހިތްތަކުގައި އެޅިފައި ނެތުމުން: ޚުތުބާ

14 ނޮވެމްބަރު 2025
މުޖުތަމައުގައި ނޭދެވޭ ކަންތައްތައް ހިނގަނީ އީމާންކަމުގެ ބިންގާ ހަރުދަނާ ގޮތެއްގައި ފަރުދުންގެ ހިތްތަކުގައި އެޅިފައި ނެތުމުން: ޚުތުބާ
07 ނޮވެމްބަރު 2025

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

07 ނޮވެމްބަރު 2025
އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ
03 ނޮވެމްބަރު 2025

އުމުރާ ވިސާ ދޫކުރާތާ 30 ދުވަސް ތެރޭގައި ސައުދީ އަށް އެތެރެ ނުވެއްޖެ ނަމަ ވިސާ ބާތިލު ވާނެ

03 ނޮވެމްބަރު 2025
އުމުރާ ވިސާ ދޫކުރާތާ 30 ދުވަސް ތެރޭގައި ސައުދީ އަށް އެތެރެ ނުވެއްޖެ ނަމަ ވިސާ ބާތިލު ވާނެ
31 އޮކްޓޯބަރު 2025

ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

31 އޮކްޓޯބަރު 2025
ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި
24 އޮކްޓޯބަރު 2025

އަލް-އަޤްޞާ ވަށައިގެން އިސްރާއީލުން ކޮންނަމުން ދިއުމުގެ ސަބަބުން މިސްކިތުގެ ބައެއް ވެއްޓުމުގެ ބިރު އެބައޮތް: ވަފާ ނިއުސް

24 އޮކްޓޯބަރު 2025
އަލް-އަޤްޞާ ވަށައިގެން އިސްރާއީލުން ކޮންނަމުން ދިއުމުގެ ސަބަބުން މިސްކިތުގެ ބައެއް ވެއްޓުމުގެ ބިރު އެބައޮތް: ވަފާ ނިއުސް
24 އޮކްޓޯބަރު 2025

ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

24 އޮކްޓޯބަރު 2025
ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ
23 އޮކްޓޯބަރު 2025

ސައޫދީ އަރަބިއްޔާ އިން ގްރޭންޑް މުފްތީގެ މަގާމަށް ޝައިޚް ސާލިޙް އަލް-ފައުޒާން އައްޔަން ކޮށްފި

23 އޮކްޓޯބަރު 2025
ސައޫދީ އަރަބިއްޔާ އިން ގްރޭންޑް މުފްތީގެ މަގާމަށް ޝައިޚް ސާލިޙް އަލް-ފައުޒާން އައްޔަން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު