Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ޒަމްޒަމް ފެން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ޒަމްޒަމް ފެންފޮދުގެ ކިއުބިކް ސެންޓިމީޓަރެއްގެ ތެރެއަށް އާދައިގެ ފެން އަޅައި، އެއް ލީޓަރު ފެން (1000 ކިއުބިކް ސެންޓިމީޓަރ) ހަމަކުރި އެވެ. އެއަށްފަހު އެފެން ގަނޑުކުރުމުން އޭނާއަށް ނަތީޖާއެއް ލިބުނެވެ. އ

އަހްމަދުﷲ ޖަމީލް
އަހްމަދުﷲ ޖަމީލް, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2018 | ހޯމަ 08:00
ޒަމްޒަމް ފެން ތަޙުލީލުކޮށް ބަލަހައްޓަނީ ޖިއްދާގައި ހުންނަ ޖިއަލޮޖިކަލް ސެންޓަރުންނެވެ. ޒަމްޒަމް ފެނުގައި ކެލްސިޔަމް އާއި މެގްނީޒިޔަމް އެކުލެވިގެންވާ މިންވަރު  މަތިކަމަށް އެސެންޓަރުން ބުނެއެވެ.

ޒަމްޒަމް ފެން ތަޙުލީލުކޮށް ބަލަހައްޓަނީ ޖިއްދާގައި ހުންނަ ޖިއަލޮޖިކަލް ސެންޓަރުންނެވެ. ޒަމްޒަމް ފެނުގައި ކެލްސިޔަމް އާއި މެގްނީޒިޔަމް އެކުލެވިގެންވާ މިންވަރު މަތިކަމަށް އެސެންޓަރުން ބުނެއެވެ.

(12 ޖެނުއަރީ 2018 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ ލިޔުމާ ގުޅޭ(

ޒަމްޒަމް ވަޅުގައިވާ ﷲ ގެ ކުޅަދުންވަންތަ ކަމުގެ ވަރުގަދަ ހެކި ފާޅުގަދަ ގޮތެއްގައި ފެންނަން ހުއްޓައި މެ، 1971 ވަނަ އަހަރު ޔޫރަޕުގެ ޕްރެސްއަކަށް މިޞްރުގެ ޑޮކްޓަރަކު ފޮނުވި ލިޔުމެއްގައި، ޒަމްޒަމް ފެނަކީ އިންސާނުން ބޯން ކަމުދާ ފެނެއްނޫންކަމަށް ލިޔެފައިވެއެވެ. ކިންގ ފައިޞަލްއަށް މިޚަބަރު އިވިވަޑައިގަތް ހިނދު، މިކަމާ ވަރަށްބޮޑަށް ކޯފާވެވަޑައިގެން ހަމަ ވަގުތުން، ޒަމްޒަމްފެނުގެ ސާމްޕަލް ޔޫރަޕަށް ފޮނުވައިގެން ތަޙްލީލު ކުރެއްވުމަށް، ސަޢޫދީގެ ވޯޓަރ އެންޑް އެގްރިކަލްޗަރ މިނިސްޓްރީއަށް އެންގެވިއެވެ. މި އަމުރާ ގުޅިގެން އެ މިނިސްޓްރީ އިން އެ މަސައްކަތް ޙަވާލުކުރީ ޖިއްދާގައި ހުންނަ ޖިއްދާގެ ފެނާއި ކަރަންޓާއިބެހޭ ކުންފުންޏާއެވެ. އެތަނުން އެ މަސައްކަތާ ޙާވާލުވެ ހުރީ ޠާރިޤް ޙުސައިން ކިޔާ ޖިޔަލޮޖިސްޓެކެވެ. އޭނާއަކީ އެކުންފުނީގައި ފެނުގެ ކޮލިޓީ ކޮންޓްރޯލު ކުރުމާއި، އެފަދަ ކަންކަމާއި ޙަވާލުވެ ހުންނަ އިންޖިނިއޭރެވެ.

އޭނާ ބުނިގޮތުން އެތައް މިލިޔަން ލީޓަރުގެ ފެން އެތަކެއް މިލިޔަން ޙާޖީންނަށް ފޯރުކޮށްދެވޭ ވަޅުކަމުގައިވާ، ޒަމްޒަމް ފެންއާރުން ލޮލަށް ފެންނަނީ 14 ފޫޓު 18 ފޫޓުގެ ފެންގަނޑެކެވެ. މިންތައް ބަރާބަރަށް ނެގުމުގެ ގޮތުން ވަޅުގެ ފުންމިން ބެލުމަށް ވަޅަށް އެރެން، އޭނާއާއި ޙަވާލު ކުރެވުނު މީހާ ގާތުގައި ބުނިކަމަށް ޠާރިޤު ހާމަކޮށްފައި ވަނީ އެމީހާ ގޮސް ރީތިކޮށް ފެންވަރައިގެން ވަޅަށް އެރުމަށެވެ. ދެން އޭނާ ވަޅަށް ފައިބައި ފެންގަނޑުގެ މެދެއްހާ ހިސާބުގައި ހުއްޓި ހިންދެމިލުމުން ފެންގަނޑު ހުރީ އޭނާގެ ކޮނޑާ ހަމައިގައެވެ. ވަޅަށް ފޭބި މީހާގެ އިސްކޮޅުގައި ހުންނާނީ ގާތްގަނޑަކަށް 5 ފޫޓް 8 އިންޗިއެވެ. ދެން އެމީހާ ގާތުގައި ބުނެގެން ވަޅުގެ އެއްފަރާތުން އަނެއްފަރާތަށް ފޮނުވައި ވަޅުގެ އެއްވެސްތަނަކަށް އެއްވެސް ކަހަލަ ހޮޅިއެއް ނުވަތަ ފެން ވަންނަ ގޮތެއް ހުރިތޯ ބެލުވީމެވެ. އެއީ ޒަމްޒަމް ވަޅާއި ގުޅިފައި އެއްވެސް ހޮޅިއެއް ނުވަތަ ފެންފާއްދާފަދަ ތަނެއް ފާހަގަކުރެވޭތޯ އެވެ. ނަމަވެސް އެފަދަ ހިލަމެއް އޭނާއަށް ހަމަ އެއްގޮތަކަށް ވެސް ފާހަގައެއް ނުކުރެވުނެވެ.

ހޯދި ހޯދުންތަކުން އެނގުނު ޙަޤީޤަތަކީ، ކެލްސިޔަމް އާއި މެގްނީޒިޔަމް އެކުލެވިގެންވާ މިންވަރު ޒަމްޒަމް ފެނުގައި މަތިކަމެވެ. އަދި ފްލޮރައިޑް އެކުލެވިގެން ވާތީވެ، އެއްވެސް ބާވަތެއްގެ ޖަރާސީމެއް މިފެނުގައި ނުހުންނަކަމެވެ. ވީމާ ހުޅަނގުގެ ޑޮކްޓަރު ދެއްކި ވާހަކައަކީ ޙަޤީޤަތާ ޚިލާފު ވާހަކައެއް ކަން، ޢިލްމީ ހެކިތަކުގެ އަލީގައި ވެސް ވަނީ ސާބިތުވެފައެވެ. މި ދިރާސާގެ އިތުރުން ޢިލްމީ އެހެނިހެން ހެކިތަކަށް ބަލާއިރު ވެސް މި ޢަޖައިބުވަނިވި ފެނާ ގުޅޭގޮތުން ޙައިރާންކުރަނިވި ހޯދުންތައް ހޯދިފައިވެއެވެ. އެގޮތުން ޖަޕާނުގެ ސައިންޓިސްޓެއް ކަމުގައިވާ މަސަރޫ އެމޯޓޯ ވަނީ ޒަމްޒަމް ފެނުގެ ތަޙްލީލުތަކެއް ކޮށްފައެވެ. އޭނާއަށް ޒަމްޒަމް ފެނުން، ކުރެވުނު އާދަޔާ ޚިލާފު ތަޖުރިބާ ދުނިޔެއަށް ޙިއްސާ ކޮށްފައި ވެއެވެ.

މަސަރޫ ހާމަކުރި ގޮތުގައި އޭނާ، އެކިއެކި ފޮތް ކިޔަމުން ގެންދިޔަ އިރު އޭނާއަށް އެނގުނީ ދުނިޔެ މައްޗަށް ވެއްޓޭ ކޮންމެ ގަނޑުފެން ފޮދެއް ވެސް (ސްނޯފްލޭކް) ހުންނާނީ ތަފާތު ބައްޓަމަކަށެވެ. ހޯދައި ބެލުމަށް ޝައުޤުވެރިކަން ހުންނަ ސައިންސްވެރިއާ، މަސަރޫގެ ސިކުނޑިއަށް މިކަން ޤަބޫލެއް ނުކުރެވުނެވެ. އެއީ ފެން އުފެދިފައި ހުންނަނީ "ހައިޑްރޮޖަން އެޓޮމް" އާއި، "އޮކްސިޖަން އެޓޮމް" އަކާއި އެކުވެގެން ކަމުގައިވާތީ، އުޑުން ފައިބާ ގަނޑުފެންކޮޅުތައް ތަފާތު ބައްޓަންތަކަކަށް ހުންނަން ޖެހޭ ސަބަބު ދެނަގަތުމަށް ޝައުޤުވެރި ވިއެވެ. އަދި މި ސުވާލަށް ޖަވާބު ހޯދުމުގެ މަސައްކަތް ފެށިއެވެ.

މިއަށް ޖަވާބު ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރޭގައި، ޓޯކިއޯގެ ޔުނިވާސިޓީއެއްގައި ތަޢުލީމު ޙާސިލްކުރަމުން ގެންދިޔަ ސަޢުދީ ޢަރަބިއާގެ ދަރިވަރަކާއި ބައްދަލުވި އެވެ. އެ ދަރިވަރާއި މަސަރޫގެ ދިރާސާގެ ވާހަކަ ޙިއްޞާ ކުރިއެވެ. ސަޢޫދީގެ އެ ދަރިވަރު މަސަރޫއަށް ޒަމްޒަމް ފެނުގުޅޭ ވާހަކަތައް އޭނާއަށް އެނގިހުރި މިންވަރުން ކިޔައިދިނެވެ. ޒަމްޒަމް ފެނަކީ ބަރަކާތްތެރި ފެނެއްކަމާއި، އެ ފެނުގައި އާދަޔާ ޚިލާފު ކަންތައްތަކެއް އެކުލެވިގެން ވާ ކަމުގައި ކިޔައިދިނެވެ. އެފެނަކީ ކެއުމަށާއި، ބުއިމުގެ އިތުރުން އޭގައި ޝިފާ އެކުލެވިގެންވާ އެއްޗެއް ކަމުގައި ބުނެ ދިނެވެ. ޒަމްޒަމް ފެނަކީ ސިހުރު ހާހޫރަ އާއި ޖިންނި ޝައިޠާނުންގެ އަސަރު ފޯރުވޭ ފެނެއް ނޫން ކަމުގައި ވެސް އޭނާ މަސަރޫއަށް ކިޔަ ދިނެވެ. އަދި ޒަމްޒަމް ފެން ފޮދެއް ވެސް އެ ދަރިވަރު މަސަރޫ އަށް ދިނެވެ.

މަސަރޫއަށް ލިބުނު މި މަޢުލޫމާތުގެ އަލީގައި ޒަމްޒަމް ފެން ފޮދު ދިރާސާކުރުމުގެ މަސައްކަތް ފެށިއެވެ. އެގޮތުން އެ ފެންފޮދު ގަނޑުކުރަން މަސައްކަތްކުރިއެވެ. މި މަސައްކަތް ވީ ނާ ކާމިޔާބެވެ. އެއީ އެފެން ގަނޑުކުރުމުގައި ބޭނުންވި ކަންކަން ޙާޞިލް ނުވުމެވެ. ދެން އޭނާ ފެން މިކްސްކޮށް އެއްލީޓަރުގެ ގަނޑުފެން ތައްޔާރުކޮށް އެ ގަނޑުކުރަން މަސައްކަތްކުރިއެވެ. މިގޮތުން ޒަމްޒަމް ފެންފޮދުގެ ކިއުބިކް ސެންޓިމީޓަރެއްގެ ތެރެއަށް އާދައިގެ ފެން އަޅައި، އެއް ލީޓަރު ފެން (1000 ކިއުބިކް ސެންޓިމީޓަރ) ހަމަކުރި އެވެ. އެއަށްފަހު އެފެން ގަނޑުކުރުމުން އޭނާއަށް ނަތީޖާއެއް ލިބުނެވެ. އެއީ އާދަޔާ ޚިލާފަށް އޮތް ދެ ގަނޑުފެންކޮޅެވެ.

މަސަރޫ އަށް އުފެދުނު ސުވާލުތަކުގެ ތެރޭގައި، އެއް ގަނޑު ފެންކޮޅު އަނެއް ގަނޑުފެންކޮޅުގެ މަތީގައި އޮތުން އެއީ ސުވާލަކަށް ވިއެވެ. އަދި ޖަވާބު ހޯދުމުގެ މަސައްކަތް ފެށިއެވެ. އަދި އޭނާގެ މުސްލިމު އެކުވެރިއަކާ ސުވާލުކޮށް މަޢުލޫމާތު ހޯދަން ފެށިއެވެ. އެގޮތުން ލިބުނު މަޢުލޫމާތުގެ އަލީގައި "ޒަމްޒަމް" މިލަފްޒު އުފެދިފައި ވަނީ ދެބަހުން "ޒަމް" ، "ޒަމް" ކަމަށް އެނގުނެވެ. އަދި އެރަހުމަތްތެރިޔާ ގާތުން، ޒަމްޒަމް ފެން ބަހައްޓައިގެން ޤުރުއާން ކިޔެވުމަށް އެދުނެވެ. ދެން ރިކޯޑަރެއް ގެނެސް ލެބޯޓްރީގެ ތެރޭގައި ޤުރުއާނުގެ އާޔަތްތައް ޖެހުމުން ލިބުނީ އިތުރު ޙައިރާން ކަމެކެވެ. އެއީ އެފެނުން އުފެދުނީ ވަރަށް ރީތި ބައްޓަންތަކަކަށް ހުރި ގަނޑުފެންކޮޅު ތަކެއް ފެނުމުގެ ސަބަބުންނެވެ. އޭގެ ފަހުން އަނެއްކާ އެހެން ތަޙުލީލަކަށް ކުރިމަތިލިއެވެ. އެއީ އެ ފެނުގެ ކައިރީގައި ﷲގެ އުނަސައްތަ އިސްމުފުޅު ރެކޯޑަރުން ޖެހުމުން ނިކުއި ނަތީޖާއެކެވެ. އެފެނުން އުފެދުނީ ތަފާތު އުނަސައްޔަ ގަނޑުފެންކޮޅެވެ. ކޮންމެ އިސްމުފުޅަކަށް ތަފާތު ބައްޓަމަކަށް ފަދަ ގަނޑުފެންކޮޅެކެވެ.

ނުނިމޭ

ކޮމެންޓް

އިތުރަށް ކިޔާލަން

މުޖުތަމައުގައި ނޭދެވޭ ކަންތައްތައް ހިނގަނީ އީމާންކަމުގެ ބިންގާ ހަރުދަނާ ގޮތެއްގައި ފަރުދުންގެ ހިތްތަކުގައި އެޅިފައި ނެތުމުން: ޚުތުބާ

މުޖުތަމައުގައި ނޭދެވޭ ކަންތައްތައް ހިނގަނީ އީމާންކަމުގެ ބިންގާ ހަރުދަނާ ގޮތެއްގައި ފަރުދުންގެ ހިތްތަކުގައި އެޅިފައި ނެތުމުން: ޚުތުބާ

14 ނޮވެމްބަރު 2025
ޖާހިލުކަމުގެ ސަބަބުން ގެއްލުން ލިބެނީ ހަމައެކަނި ޖާހިލު މީހާއަށް އެކަންޏެއް ނޫނެވެ.

ޖާހިލުކަމުގެ ސަބަބުން ގެއްލުން ލިބެނީ ހަމައެކަނި ޖާހިލު މީހާއަށް އެކަންޏެއް ނޫނެވެ.

23 އެޕްރީލު 2023
ދުއާއަކީ އަޅުކަމުގެ މައިގަނޑެވެ.

ދުއާއަކީ އަޅުކަމުގެ މައިގަނޑެވެ.

21 މެއި 2022
27 ވިލޭރޭގެ އަޅުކަމަށް އައި މީހުންނަށް ދެލައްކަ ޒަމްޒަމް ފެންފުޅި ފޯރުކޮށް ދީފި

27 ވިލޭރޭގެ އަޅުކަމަށް އައި މީހުންނަށް ދެލައްކަ ޒަމްޒަމް ފެންފުޅި ފޯރުކޮށް ދީފި

10 މެއި 2021
ޒަމްޒަމް ފެން - ދިރިހުރި މުއުޖިޒާތެއް

ޒަމްޒަމް ފެން - ދިރިހުރި މުއުޖިޒާތެއް

30 މެއި 2020

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު