Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްހުކުުރު ޚުތުބާ

މިއީ މުއްސަނދިން ދީލަތިކަމުގެ ނަމޫނާ ދައްކަންވީ ވަގުތު: ޚުތުބާ

ކ ތުލުސްދޫ މަސްޖިދުލް ތަޤްވާގައި ހުކުރު ނަމާދު ވަނީ ކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 އެޕްރީލު 2020 | ހުކުރު 08:01
ހުކުރު ޚުތުބާ

ހުކުރު ޚުތުބާ

މިއީ އެކަކު އަނެކަކަށް އެހީތެރިވެ، މުއްސަނދިން ދީލަތިކަމުގެ ނަމޫނާ ދައްކަންޖެހޭ ވަގުތުކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ވައިރަސް ރާއްޖެއިންވެސް ފެނި، ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ޖަމާއަތުގައި ރާއްޖޭގެ މިސްކިތް ތަކުގައި ހުކުރު ނަމާދު ކުރުން ހުއްޓާލާފައިވާއިރު، ކ ތުލުސްދޫ މަސްޖިދުލް ތަޤްވާގައި ކުރެވޭ ހުކުރު ނަމާދުގެ މަންޒަރުތައް ޓީވީތަކުން ވަނީ ވަގުތުން ގެނެސްދީފައެވެ.

އެގޮތުން "އިސްރާފު ކުރުމުގެ ނުބައިކަން" މި މައުޟޫގެ މައްޗަށް ބިނާކޮށްފައިވާ ޚުތުބާގައި ބުނީ، މި ދަނޑިވަޅަކީ އެކަކު އަނެކަކަށް އެހީތެރިވެ އެއްބާރުލުން ދޭންވީ ވަގުތު ކަމަށާއި، މި ދަނޑިވަޅުގައި މުއްސަނދިންވެސް ދީލަތިކަމުގެ ނަމޫނާ ދައްކަން ޖެހޭނެ ކަމަށެވެ. އަދި އެންމެ ހެޔޮ އަމަލަކީ އެމީހެއްގެ އަޚާއަށް އުފާވެރިކަން ގެނެސްދޭފަދަ ކަމެއް ކޮށްދިނުން ކަމަށްވެސް ކީރިތި ރަސޫލާގެ ޙަދީޘް ބަސްފުޅުތަކާ ޙަވާލާދީ ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި އިތުރަށް ބުނީ، މި ދުވަސްވަރަކީ ގޭގައި ތިބެން ކަމާބެހޭ ފަރާތްތަކުން އިރުޝާދުދޭ ދުވަސްވަރަކަށް ވުމާއެކު ގޭގައި ތިބޭއިރުވެސް ކެއިން ބުއިމާއި ސިއްޙަތަށް ޚާއްސަ ސަމާލުކަމެއް ދިނުމަށެވެ. އެގޮތުން ގޭގައި ގިނަ ވަގުތުތަކެއް ހޭދަކުރަންޖެހޭއިރު ކެއިން ބުއިން ގިނަ ކުރުމުގެ ބަދަލުގައި މިފަދަ ތަޑުމަޑުކަމުގެ ވަގުތެއްގައި ކެއިންބުއިންވެސް ވީހާވެސް ކޮންޓްރޯލްކޮށް، ބަލިތަކުން ރައްކާތެރިވެ ތިބުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.

އޭގެ އިތުރުން، ކޮންމެ ކަމެއްގައިވެސް ހައްދުފަހަނައަޅައި ދާނަމަ އެއީ އިސްރާފެއްގެ ގޮތުގައި ޚުތުބާގައި ވަނީ ސިފަކޮށްފައެވެ. އެގޮތުން ޚުތުބާގައި ބުނީ، އިސްރާފަކީ ހަމައެކަނި ކެއިން ބުއިމާއި ގުޅިފައިވާ ކަމެއް ނޫން ކަމަށާއި، އުރެދުންތަކަށް އަރައިގަތުން ގިނަކޮށް، ކުފުރުވުމާ ހަމައަށް ގޮސްފިނަމަ އެއީވެސް އިސްރާފެއް ކަމަށެވެ.

ޚުތުބާގައި އިތުރަށް ބުނީ، މުޖުތަމައުގެ އާންމު މަސްލަހަތަށް އިސްކަން ދިނުމަކީ މުހިއްމު ކަމެއް ކަމަށާއި، ގޭގައި ތިބޭއިރުވެސް އަނބިދަރިންގެ ޙައްޤުތަކަށް ރައްކާތެރިވެ، އަޅުކަންތަކަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ ކަމަށެވެ.

އިތުރަށް ކިޔާލަން

24 އޮކްޓޯބަރު 2025

ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

24 އޮކްޓޯބަރު 2025
ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ
24 އެޕްރީލު 2022

ކީރިތި ރަސޫލާއަކީ މީސްތަކުންނަށްވާ ނަމޫނާއެއް

24 އެޕްރީލު 2022
ކީރިތި ރަސޫލާއަކީ މީސްތަކުންނަށްވާ ނަމޫނާއެއް
22 އެޕްރީލު 2022

މިއީ ކާބަފައިންނަށްވުރެ އީމާންތެރިކަމާއި ދީންވެރިކަން ބޮޑުވާންޖެހޭ ޒަމާނެއް

22 އެޕްރީލު 2022
މިއީ ކާބަފައިންނަށްވުރެ އީމާންތެރިކަމާއި ދީންވެރިކަން ބޮޑުވާންޖެހޭ ޒަމާނެއް
27 ޑިސެމްބަރު 2019

ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ރަސޫލާ ނަމޫނާއަކަށް ބެލުމަށް ހުކުރު ހުތުބާގައި ގޮވާލައިފި

27 ޑިސެމްބަރު 2019
ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ރަސޫލާ ނަމޫނާއަކަށް ބެލުމަށް ހުކުރު ހުތުބާގައި ގޮވާލައިފި
24 ނޮވެމްބަރު 2018

އަހަރަމެންގެ ނަމޫނާ ޝަޚްޞިއްޔަތު

24 ނޮވެމްބަރު 2018
އަހަރަމެންގެ ނަމޫނާ ޝަޚްޞިއްޔަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު