ކ. މާލެ
|
19 ޖެނުއަރީ 2018 | ހުކުރު 17:06
ޒަމްޒަމް ފެނުގެ ތިއްކެއްގައިވާ ބާރު ދުނިޔޭގެ އެހެން އެއްވެސް ހިސާބެއްގެ ފެނުގައި ނުހުރުން ހިމެނެ އެވެ.
ޒަމްޒަމް ފެނުގެ ތިއްކެއްގައިވާ ބާރު ދުނިޔޭގެ އެހެން އެއްވެސް ހިސާބެއްގެ ފެނުގައި ނުހުރުން ހިމެނެ އެވެ.
އަހްމަދުﷲ ޖަމީލް
ޒަމްޒަމް ފެނުގައިވާ
ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަކަމުގެ ހެކިތަކަށް ވިސްނާލަމާ!
 
މައްކާ އާއި މަދީނާގައި ދިރިއުޅޭ މީހުން ކެންސަރު ޖެހި އެކަން ޢާއްމު ނުވާ ސަބަބާ މެދު ވިސްނައި ފިކުރު ކުރަންޖެހޭ

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

(15 ޖެނުއަރީ 2018 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ ލިޔުމާ ގުޅޭ( 

މަސަރޫ އަށް އުފެދުނު ސުވާލުތަކުގެ ތެރޭގައި، އެއް ގަނޑު ފެންކޮޅު އަނެއް ގަނޑުފެންކޮޅުގެ މަތީގައި އޮތުން އެއީ ސުވާލަކަށް ވިއެވެ. އަދި ޖަވާބު ހޯދުމުގެ މަސައްކަތް ފެށިއެވެ. އަދި އޭނާގެ މުސްލިމު އެކުވެރިއަކާ ސުވާލުކޮށް މަޢުލޫމާތު ހޯދަން ފެށިއެވެ. އެގޮތުން ލިބުނު މަޢުލޫމާތުގެ އަލީގައި "ޒަމްޒަމް" މިލަފްޒު އުފެދިފައި ވަނީ ދެބަހުން "ޒަމް" ، "ޒަމް" ކަމަށް އެނގުނެވެ. އަދި އެ ރަހުމަތްތެރިޔާ ގާތުން، ޒަމްޒަމް ފެން ބަހައްޓައިގެން ޤުރުއާން ކިޔެވުމަށް އެދުނެވެ. ދެން ރިކޯޑަރެއް ގެނެސް ލެބޯޓްރީގެ ތެރޭގައި ޤުރުއާނުގެ އާޔަތްތައް ޖެހުމުން ލިބުނީ އިތުރު ޙައިރާން ކަމެކެވެ. އެއީ އެފެނުން އުފެދުނު ވަރަށް ރީތި ބައްޓަންތަކަކަށް ހުރި ގަނޑުފެންކޮޅު ތަކެއް ފެނުމުގެ ސަބަބުންނެވެ. އޭގެ ފަހުން އަނެއްކާ އެހެން ތަޙުލީލަކަށް ކުރިމަތިލިއެވެ. އެއީ އެ ފެނުގެ ކައިރީގައި ﷲގެ އުނަސައްތަ އިސްމުފުޅު ރެކޯޑަރުން ޖެހުމުން ނިކުއި ނަތީޖާއެކެވެ. އެފެނުން އުފެދުނީ ތަފާތު އުނަސައްޔަ ގަނޑުފެންކޮޅެވެ. ކޮންމެ އިސްމުފުޅަކަށް ތަފާތު ބައްޓަމަކަށް ފަދަ ގަނޑުފެންކޮޅެކެވެ.)

މަސަރޫ އެމޯޓޯގެ ދިރާސާގެ ތެރޭގައި ޒަމްޒަމް ފެނުގެ ކަރާމާތްތެރިކަން ހޯދުމަށް 15 އަހަރު ހޭދަވިއެވެ. އޭގެ ތެރޭގައި އެފެނުގެ ތިއްކެއް އާދައިގެ ފެނުގެ އެއްހާސް ތިކީގެ ތެރެއަށް އެޅިނަމަވެސް އެފެން ޒަމްޒަމް ފެނުގެ ފެންވަރަށް ބަދަލު ނައުމާއި، ޒަމްޒަމް ފެނުގެ ތިއްކެއްގައިވާ ބާރު ދުނިޔޭގެ އެހެން އެއްވެސް ހިސާބެއްގެ ފެނުގައި ނުހުރުން ހިމެނެ އެވެ. އަދި ޒަމްޒަމް ފެން ކިތަންމެ ފަހަރަކު ބޭނުންކުރި ނަމަވެސް އޭގެ ފެންވަރަށް އެއްވެސް ބަދަލެއް ނައުމަކީ ވެސް ﷲގެ ކުޅަދުންވަންތަ ކަމުގެ ހެކިތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މީގެއިތުރުން ބިސްމީގެ ބަރަކާތުން ފެންބޯން ފެށުމަކީ ވެސް އެފެނުގެ ފެންވަރަށް ތަފާތު ހެޔޮ ބަދަލު އަންނަ ކަމެއްކަމުގައި ވެސް މަސަރޫގެ ދިރާސާތަކާ ގުޅޭގޮތުން ޝާއިޢުކޮށްފައިވާ ފޮތުގައި ވެއެވެ. މީގެ އިތުރުން ޤުރުއާން ކިޔެވުމުން ފެނުގައި ބަލިތަކަށް ޝިފާ ލިބުމުގެ ބާރު ލައްވަވާ ކަމަށްވެސް އެފޮތުގައި ލިޔެފައިވެ އެވެ.

ޒަމްޒަމް ވަޅުކޮޅާ ގުޅޭގޮތުން 1970 އިގެ އަހަރުތަކުގައި ފެތުރި ނުބައި ޚަބަރަށް ފަހު، އެފަދަ ވާހަކައެއް ފަތުރާފއި ވަނީ 2005 ވަނަ އަހަރުއެވެ. އެ އަހަރުގެ އޮކްޓޯބަރު މަހު އިނގިރޭސި ވިލާތުގެ "ބްރިޓިޝް ފުޑް ސްޓޭންޑަރޑްސް އޭޖެންސީ" އިން އިޢުލާން ކުރި ގޮތުގައި، އެ ވިލާތުގައި "ޒަމްޒަމް ފެން" ކަމަށް ބުނެ ވިއްކަމުން ދިޔަ ފެން އިންސާނުން ބުއިމަށް ކަމު ނުދާ ކަމަށް ބުނެ ފަތުރާފައިވާ ކަބަރެކެވެ. ފެނުގައި ހުރެގެން ނުވާނޭ މިންވަރަށް "އާސަނިކް" އެކުލެވިފައި ވާތީ ކަމަށް ބުނެފައި ވެއެވެ. އަދި މި މާއްދާއަކީ ކެންސަރަށް ވާރުތަ ކުރާ މާއްދާއަކަށް ވާތީ އެފެން ބޭނުން ނުކުރުމަށް ގޮވާލިއެވެ.

މިމައްސަލަ ބެލިބެލުމުން އެނގުނީ ޒަމްޒަމް ފެނުގެ ނަމުގައި ބަންދު ކުރެވިފައި ހުރި ފެނެއް ބާޒާރުގައި ގަނެވިއްކަމުންދާ ކަމުގައެވެ. އަޞްލު ޒަމްޒަމް ފެން ނޫން ފެނެއް ބާޒާރުގައި ވިއްކަމުން ގެންދާކަމަށް ބުނެ " ބްރިޓިޝް ފުޑް ސްޓޭންޑަރޑްސް އޭޖެންސީ" އަށް އިނގިރޭސި ވިލާތުގެ މުސްލިމް ލީޑަރުން ޝަކުވާކުރިއެވެ. އެއީ ޒަމްޒަމް ފެން ވިޔަފާރީގެ ގޮތުގައި ބޭނުން ކުރުމާއި ގައުމުން ބޭރު ކުރުމަކީ ސަޢޫދީ ޢަރަބިއްޔާގެ ގާނޫނުތަކުގައި ވަރަށް ބޮޑަށް މަނާކުރެވިފައި އޮންނަ ކަމަކަށްވާތީ، އިނގިރޭސިވިލާތުގައި ޒަމްޒަމް ފެން ގަނެވިއްކުގައި ބޭނުން ކުރެވޭނަމަ އެއީ ޣައިރު ޤާނޫނީ ކަމެއް ކަމަށާއި، އެހެން ނޫނީ އެ ފެނަކީ އަޞްލު ޒަމްޒަމް ފެން ކަމުގައި ނުވާނެ ކަމުގެ ޝަކުވާ ހުށަހެޅިއެވެ.

މި ހާދިސާއާ ގުޅިގެން ބްރިޓިޝް ބްރޯޑްކާސްޓިންގ ކޯރޕޮރޭޝަން (ބީބީސީ.) އިން ވަނީ ޒަމްޒަމް ފެން ތަޙުލީލު ކުރުމުގެ ސިއްރު ތަހުގީގެއް ހިންގައިފައެވެ. ބީބީސީގެ "ތަހުގީގު"ގެ ނަތީޖާ 2011 ވަނަ އަހަރުގެ ތެރޭގައި ހާމަކުރަމުން ބުނެފައި އޮތީ، އެމީހުން މުސްލިމް ފިހާރަތަކުން ޒަމްޒަމް ފެން ކަމަށް ބުނާ ފެން ގަތްކަމަށާއި، އަދި ޙާޖީއެއްގެ ގޮތުގައި މީހަކު މައްކާއަށް ފޮނުވައިގެން ވެސް ޒަމްޒަމް ފެނުގެ ސާމްޕަލް ހޯދިކަމުގައެވެ. އަދި އެމީހުން ޓެސްޓު ކުރި ކުރުމުން ޒަމްޒަމް ފެނުގައި، އިންސާނުން ބުއިމަށް ޑަބްލިއޫއެޗްއޯ. އިން ކަނޑައަޅާފައި ވާ މިންގަނޑަށް ވުރެ ތިން ގުނަ ޒަމްޒަމް ފެނުގައި އާރސަނިކް އިތުރުކަމުގައެވެ. އަދި އެ ފެނުގައި ނައިޓްރޭޓާއި އެހެން ޖަރާސީމު ވެސް ހުރިކަމަށް ބީބީސީ. ގެ އެ ދިރާސާ ގައި ބުނެފައި ވެއެވެ.

ބީބީސީގެ މި ދިރާސާއާ ގުޅިގެން ފާހަގަ ކުރެވޭ ކަންތައްތަކެއް ވެއެވެ. އެއީ ބީބީސީ. ގެ ދިރާސާއިން ހޯދުނު ފަދަ ކަމެއް، ޒަމްޒަމް ފެނަށް ކުރިމަތި ވެދާނެކަމަށް ވިދާޅުވާ މުސްލިމް ރިސާޗަރުން ތިއްބެވިކަމެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި މައްކާގައި ހިންގިފައިވާ އަދި ހިންގަމުން ގެންދާ ޢުމްރާނީ މަޝްރޫއުތަކުން އެތައް ބާވަތެއްގެ ކެމިކަލާއި ގިނަ ޢަދަދަކަށް ހަޑިފެން މައްކާގެ ފަސްގަނޑަށް ހިންދަމުން ގެންދިއުމުގެ ސަބަބުން ޒަމްޒަމް ވަޅުކޮޅުގެ ފެނަށް ނުރަނގަޅު އަސަރު ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

ބީބީސީ.ގެ މި ދިރާސާއާ ގުޅިގެން ފާހަގަކުރެވޭ އެހެން ނުކުތާ އަކަށް ބަލައިލާނަމެވެ. އެ ދިރާސާ ޕިއަރ ރިވިއު ކޮށްފައި ނުވެއެވެ. މާނައަކީ ބީބީސީ.ގެ ދިރާސާ، ވަކިފަރާތަކަށް ނުޖެހޭ އެހެން ފަރާތަކުން ސައްޙަކަން ކަށަވަރު ކޮށްދީފައި ނުވެއެވެ. މިއީ މިފަދަ ސައިންސީ ހޯދުންތަކާ ގުޅިގެން ސައިންޓިފިކް މުޖުތަމައުގައި ކަންކުރެވޭ ޢާއްމު އުޞޫލަކަށްވާ އިރު، ބީބީސީ. އިން ކޮށްފައިވާ ދިރާސާ ގައި އެފަދައިން ޢަމަލުކޮށްފައި ނުވެއެވެ. މިހެން މިކަން އޮތް އިރު ބީބީސީ.ގެ މި ތަޙުލީލާ ގުޅިގެން ޑަބްލިއޫއެޗްއޯ. އިން ޒަމްޒަމް ފެނަކީ ބޯން ކަމު ނުދާ ފެނެއް ކަމަށް ބުނެ އެއްވެސް ސިފައެއްގައި އިޢުލާން ކޮށްފައި ނުވެއެވެ. މީގެ މާނައަކީ ބީބީސީ.ގެ ހޯދުމަށް ޑަބްލިއޫއެޗްއޯއިން އިތުބާރު ނުކުރާ ކަމެވެ.

އަދި ވިސްނާލަން ޖެހޭ އަނެއްކަމަކީ، މައްކާ އާއި މަދީނާގައި ދިރިއުޅޭ އަދި ޒިޔާރަތްކުރާ އެތައް ލައްކަ ބަޔަކު ކޮންމެ ދުވަހަކު ޒަމްޒަމް ފެން ބޮމުން ގެންދެއެވެ. އެ ބުނާ ދަރަޖައަށް އެ ފެނުގައި އާރސަނިކް ހުންނަ ނަމަ، މައްކާ އާއި މަދީނާގައި ދިރިއުޅޭ މީހުން ކެންސަރު ޖެހި އެކަން ޢާއްމު ނުވާ ސަބަބާ މެދު ވިސްނައި ފިކުރު ކުރަންޖެހެއެވެ. މިގޮތަށް ވިސްނާއިރު، ޒަމްޒަމް ފެނަކީ ބަރަކާތްތެރި ފެނެއްކަން ކަށަވަރު ކޮށްދެއްވީ ﷲ ގެ ރަސޫލާއެވެ. އެ ފެނަކީ ޝިފާއެއް ކަމުގެ ޔަޤީންކަން ދެއްވީ އެކަލޭގެފާނެވެ. އެ ފެނަކީ ނަބީބޭކަލުންގެ ބަފައިކަލުން، އިބްރާހީމް ޢަލައިހިއްސަލާމަށް ﷲ ދެއްވި އެންމެ ބޮޑު އެއް ހަދިޔާއެވެ. އެފަނަކީ ތަޣައްޔަރުކަމެއް ނާންނަނޭ ފެނެކެވެ. ﷲ ގެ ކުޅުދުންވަންތަ ކަމުން އެފެނަށް އުނި، ޢައިބު ކަމެއް މެދުވެރި ނުވާނެއެވެ. އެ ފެނުގައި ﷲގެ ކުޅުދުންވަންތަކަމުގެ ހެކިތައް އެކުލެވިގެން ވެއެވެ. އެހެކިތައް ފެންނާނީ ނުވަތަ ފާހަގަ ވާނީ ވިސްނައި ފިކުރުކުރާ ބަޔަކަށެވެ.

އެހެންކަމުން ޒަމްޒަމްގެ ބަރަކާތްތެރި ފެނާ މެދު މުސްލިމުން ޝައްކެއް ނުކުރެއެވެ. އެއީ ﷲގެ ނިޢުމަތްތަކުގެ ތެރެއިން ވާ ނިޢުމަތެކެވެ. އަދި ﷲގެ ކުޅުދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ހެއްކެކެވެ. 3000 އަހަރަށް ވުރެ ގިނަ އަހަރުވެފައިވާ އެފެން އެ ވަނީ މުއުމިނުންގެ ރޫހާނީ އަދި މާއްދީ ކަރުހިއްކުން ފިލުވައި ދީފައެވެ. މުސްލިމުންގެ ހިތްތަކުން ޚާއްސަ މަޤާމަކާއި، ޤަދަރެއް ހޯދާފައެވެ. މިހެން މިކަން އޮތްއިރު ޒަމްޒަމް ރައްކާތެރިކަމާއެކު މާދަމާއަށް ޓަކައި ބަހައްޓަން އަޅުގަނޑުމެން ބޭނުން ނަމަ، އަޅުގަނޑުމެން ކުރަން ޖެހޭ ކަންތައްތަކެއްވާކަން ދަންނަން ޖެހެއެވެ. އެކަމަކީ އެ ނިއުމަތާ މެދު ރައްކައުތެރިވެ ފަރުވާތެރި ވުމެވެ. ނިއުމަތަތަކަކީ އިންސާނާ ކުފުރުވެރިވުމުން، ނުވަތަ އިހުމާލުވުމުން އެނިޢުމަތް ބީވެދާ ކަމެކެވެ. ނުވަތަ ޝުކުރުވެރި ނުވުމުން އެ ނިޢުމަތް ބީވެދެވެ.

މިހެންވުމުން ޒަމްޒަމް ފެނުގެ ނިޢުމަތަކީ ﷲގެ ކުޅުދުންވަންތަކަމުން މި އުއްމަތަށް ލިބިދީފައިވާ ނިޢުމަތެކެވެ. އެ ފެނާމެދު ވިސަންނައި ފިކުރުކުރާ ބަޔަކަށް ﷲގެ ނިޢުމަތާއި، ކުޅުދުންވަންތަކަން ފެނި، އެނގި ހާމަވެގެން ދެއެވެ. ﷲގެ ކުޅުދުންވަންތަ ކަން ހާމަވަނީ ހަމައެކަނި އެއް ދިމާއަކުން ނޫނެވެ. އިންސާނާގެ ވަށައިގެންވާ ކޮންމެ ދިމާއަކުން ވެސް ކުޅުދުންވަންތަކަން ފެނި ހާމަވެއެވެ. ހަމަ އެފަދައިން ޒަމްޒަމް ފެނަކީ އޭގައި ބަރަކާތްތެރިކަމާއި، ﷲ ގެ ކުޅުދުންވަންތަ ކަން އެކުލެވިގެންވާ ކަން ވިސްނާ ފިކުރުކުރާ ބަޔަކަށް ދޭހަ ވެއެވެ.

ނިމުނީ

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
11%
78%
0%
0%
11%
0%
ކޮމެންޓް