Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
އިސްލާމް
ކުޅަދުންވަންތަކަން

ﷲ ގެ ކުޅަދުންވަންތަކަމާ މެދު ވިސްނުމަކީ ހިދާޔަތް ލިބުމުގެ ސަބަބެކެވެ.

އުޑާއި ބިމާއި، ރޭދުވާ ދައުރުވުމާއިމެދު ވިސްނާލައިފިނަމަ ބުއްދި ފުރިހަމަވެފައިވާ، ވިސްނޭ މީހަކަށް މާތްﷲގެ ކުޅަދުންވަންތަ ވެރިކަން ފެންނާނެ

ރާއްޖެ އެމްވީ | 10 އޮކްޓޯބަރު 2017 | އަންގާރަ 03:40
މާ ބަގީޗާއެއް

މާ ބަގީޗާއެއް

ފަހުގެ ހޯދުންތައް ހޯދާ ޢިލްމުވެރިންގެ ތެރެއިން ވަރަށް ގިނަބަޔަކު އެމީހުންނަށް ދިމާވެފައިވާ ޙާދިޘާތަކުގެ އަލީގައި އެމީހުން އީމާންވުމާއި ބެހޭ ގޮތުން ވާހަކަ ދައްކާފައިވެއެވެ. އޭގެ ތެރެއިން މިސާލެއްގެ ގޮތުގައި އެޑްވަޑް ލޯޓަރކެޕްލް ބުނެފައިވާ ވާހަކައެއް ގެންނާނަމެވެ. އެވާހަކަ ދަންނަވާލުމުގެ ކުރީން އޭނަޔާ ބެހޭގޮތުން ކޮންމެވެސް ވަރެއްގެ ކުރު ތަޢާރަފެއް ގެނެސް ދިނުމަކީ އެންމެ ރަނގަޅު ކަމެއް ކަމުގައި ދެކެމެވެ. އޭނާއަކީ ހައިވާނާއި ފަނިފަކްސް ތަކާއިބެހޭ މާހިރެކެވެ. އޭނާ ވަނީ ކެލިފޯނިއާ ޔުނިވާރސިޓީން އެރޮގުން ޕީ.އެޗް.ޑީ ޙާޞިލްކޮށްފައެވެ. އޭނާއަކީ ސެންފްރެންސިސްކޯ ޔުނިވަރސިޓީގެ ހައިވާނު ތަކާއި ބެހޭ ގޮތުން ދިރާސާތައްކުރާ ފެކަލްޓީގެ ރައީސްވެސްމެއެވެ. އޭނާ ވަނީ ފަނިފަކުސްގައި ހުންނަ ފިޔަތަކާއި ބެހޭ ގޮތުން ވަރަށް ބޮޑު ދިރާސާއެއް ކޮށްފައެވެ. އޭނާގެ އީމާންކަމާއި ބެހޭގޮތުން ވަރަށް ދިގުކޮށް ވާހަކަ ދެއްކުމަށް ފަހު ބުނެފައިވެއެވެ. މިކައުނުގައި މާތްﷲ ލައްވާފައިވާ އެކަލާނގެ ކުޅަދުންވަންތަ ކަމުގެ ހެކިތަކުގެ ވާހަކަ އެންމެ ފުރިހަމަ ގޮތުގައި ދެއްކުމަކީ އެއްވެސް އިންސާނަކަށް އެކަށީގެންވާ ކަމެއްނޫނެވެ. އަދި އެކަންތަކުގެ ޙިކުމަތްތަކަކީވެސް އެންމެ ފުރިހަމަ ގޮތުގައި ބަޔާން ކުރުމަކީވެސް ދަތި ކަންތައް ތަކެވެ. ނަމަވެސް ތިމަންނަ ފަނިފަކްސްތަކުގެ ފިޔަތަކާއި ބެހޭގޮތުން ކުރި ދިރާސާތަކުން ތިމަންނައަށް މާތްﷲ ކުޅަދުންވަންތައް ކަމުގެ އެތައް ހެކިތަކެއް ފެނިގެންދިޔައެވެ. އަދި އެފަދައިން ތިމަންނަ ކައުނުއާއި ކައުނުގައި މާތްﷲ ލައްވާފައިވާ ނިޒާމްއާއި ބެހޭގޮތުން ކުރި ދިރާސާތަކުން ތިމަންނަގެ އީމާންކަން ﷲއާއި މެދު އިތުރު ވެގެންދިޔައެވެ. ޝައްކެއްނެތެވެ . ކީރިތި ޤްރުއާނުގެ ނައްޞުން ސާބިތުވެފައިވާ ގޮތުގައި މާތްﷲ ގެ މަޚްލޫޤުތަކާއިމެދު ވިސްނައި ފިކުރު ކުރާބަޔަކަށް އެކަލާނގ ވޮޑިގެންވާ ކަމުގެ ހެކިތައް ފެނިގެންދާނެއެވެ. .މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅުތަކާއި މެދު ވިސްނާ ފިކުރު ކުރުމުން މިހާރު ދުނިޔޭގައި ހިގަމުން މިދާ ކަންތަކާއި މެދު ވިސްނައިފި ނަމަ ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވާފައި އެވަނީ މުޅިން ތެދު ޙަޤީޤަތްކަން އެގިގެންދާނެއެވެ. އަދި މިކާއިނާތުގައި ލައްވާފައި މިވާ ތަކެއްޗަކީ ޒައްރާތަކުން ނުވަތަ އެޓަމިކްތަކުން ހެދިފައިވާ ތަކެއްޗެއްނޫން ކަމާއި އެއީ އަލްޚާލިޤުލް މުބްދިއު ޖައްލަވަޢަލާގެ ނުވަތަ މި ކައުނު ހެއްދެވި ކުޅަދުންވަންތަ ކަމުގެ ހެކިތަކެއްކަން އެނގިގެންދާނެއެވެ. އަލްޖާޘިޔާ ސޫރަތުގެ 3 ވަނަ އާޔަތުން 6 ވަނަ އާޔަތާ ހަމައަށް މާތްﷲ ވަޙީކުރައްވާފައިވާ އާޔަތުގެ މާނާގައި ވަނީ: "ހަމަކަށަވަރުން މުއުމިނުންނަށް އުޑުތަކާއި ބިމުގައި (ﷲގެ ގުދުރަތް ތެރިކަމުގެ) ހެކިތަކެއް ވާކަން ކަށަވަރެވެ. އަދި ތިޔަބައިމީހުން ހެއްދެވުމުގައްޔާއި އެކަލާނގެ ފަތުރުއްވާފައިވާ އެންމެހާ ދިރޭތަކެތީގައި ޔަގީންކުރާބަޔަކަށް ހެކިތަކެއްވެއެވެ. އަދި ރޭދުވާ ތަފާތުވުމުގައްޔާއި، ބިންމަރުވުމަށް ފަހު، ﷲ އުޑުންވެއްސެވި ރިޒުގުން (އެބަހީ ވާރޭފެނުން) އެ ބިން ދިރިރުއްވިކަމާއި، ވައިރޯޅި (އެކިފަރާތްފަރާތަށް) ހިންގެވުމުގައި ވިސްނާބަޔަކަށް ހެކިތަކެއްވެއެވެ. އެއީ ﷲގެ އާޔަތް ތަކެވެ. ޙައްގު ތެދު ގޮތުގައި ކަލޭގެފާނަށް ތިމަންރަސްކަލާނގެ އާޔަތްތައް ކިޔައި ދެއްވަމެވެ. ފަހެ ﷲގެ ފޮތާއި، އެކަލާނގެ އާޔަތް ތަކަށްފަހުގައި އެއުރެން އީމާންވާނީ ކޮންވާހަކައަކަށް ހެއްޔެވެ؟

ޝައްކެއްނެތެވެ. އުޑާއި ބިމާއި، ރޭދުވާ ދައުރުވުމާއި ޖަނަވާރުތަކާއި ގަސްގަހާއި ގެއްސާއި އެންމެހައި މަޚްލޫޤްތަކާއި މެދު ފުންކޮށް ވިސްނާލައިފިނަމަ ބުއްދި ފުރިހަމަވެފައިވާ، ވިސްނޭ މީހަކަށް މާތްﷲގެ ކުޅަދުންވަންތަ ވެރިކަން އެނގިގެންދާނެއެވެ. ނަމަވެސް ބޮލެއް ހުރި ކަމުގައި ވިޔަސް ނުވިސްނޭ ސިކުނޑިއެއް ހުރި ނަމަ އެމީހަކަށް ނުވިސްނޭނެއެވެ. ކެމިސްޓްރީ އާއި ހިސާބުން ޕީ. އެޗް.ޑީ ހަދާފައިވާ ޕްރޮފިސަރެއް ކަރުގައިވާ ޖޯން ކްލިފް ލޯންޑް "އެންމެ ފަހުގެ ނަތީޖާ " މި މައުޟޫގެ ދަށުގައި ލިޔެފައިވާ ލިޔުމެއްގައި ލިޔެފައިވެއެވެ. މި ދުނިޔެ އާއި ދުނިޔޭގައިވާހައި ތަކެއްޗަކީ އަމިއްލައަށް އުފެދުމަށް ނުކުޅެދިފައިވާ ތަކެއްޗަށްވާ ނަމަ އަދި އެތަކެތި އުޅުމަށް އަމިއްލަ ޤާނޫނު ތަކެއް ތަޙްދީދު ކުރުމަށް ނުކުޅެދިފައިވާ ކަމުގައިވާ ނަމަ އެއްވެސް ޝައްކެއްނެތް ގޮތުގައި މިތަކެތި އުފައްދަވާފައި ވަނީ އެއްވެސް މާއްދީ ބާރެއް އެފަރާތެއްގައި އެކުލެވިފައިނުވާ ފަރާތެއްގެ ޤުދުރަތްތެރި ކަމުންނެވެ. މިހުރިހާ މަޚްލޫޤާތްތަކަށް ވިސްނާލުމުން މި މަޚްލޫޤާތްތައް އުފެއްދެވި ފަރާތަކީ ޙިކްމަތްތެރި އަދި ހުރިހައި ކަމެއް ވަރަށް މޮޅަށް ދެނެވޮޑިގެންވާ ފަރާތެއްކަން އެނގިގެންދެއެވެ.

އެހެނީ މިމާއްދީ ދުނިޔޭގައިވާ އެއްވެސް ސިކުނޑިއަކަށް އެއީ ޑޮކްޓަރީ ކަމުގެ މައިދާނުގައި މަސައްކަތް ކުރި ކަމުގައި ވިޔަސް އަދި ސައިންސާއި ޓެކްނޮލިޖީ ގޮތުން މީހުންނަށް މަޢުލޫމާތުދޭ މީހެއްކަމުގައި ވިނަމަވެސް އަދި އެނޫން ކަމެއްގައި ވިނަމަވެސް މިއިން ކޮންމެ ކަމެއްވެސް ކުރެވޭނީ ޤަޞްދެއް ނުވަތަ ވަކި މަޤުޞަދެއް އޮވެގެންނެވެ. އެފަރާތަކީ ވަކި މަޤުޞަދު ތަކަކަށް ޢަމަލު ކުރުމުގެ ސިފައާއި އިޚްތިޔާރު ލިބިގެންވާ ފަރާތެއް ކަމުގައި ވާނަމަ އެފަރާތް ވުޖޫދު ވެގެންވާ ކަމާއި މެދަކު އެއްވެސް ޝައްކެއްނެތެވެ.

ވީމާ، އެންމެ ފަހުގެ ނަތީޖާ އަހަރެންނަށް ދައްކައި ދެނީ މިކައުނު ހެއްދެވި ފަރާތެއް ވާކަން އެކަންޏެއް ނޫނެވެ. އަދި ކިއެއްތޯއެވެ. ދާއިމަށް ދިރި ދެމި ވޮޑިގެންވާ އަދި އެފަރާތެއްގެ ޤުދުރަތްތެރި ކަމުގެ ހެކިތައް އެކި ކަންކޮޅު ތަކުގައި ފެންނަށް ހުންނަ ފަރާތެއް ކަމުގައިވެއެވެ. އަދި މިކަމަކީ އެއްވެސް މީހަކު އެކަމާއި ދެބަސްވެ އެކަމާއި ދެކޮޅު ހެދުމަށް ޖާގަ ލިބިގެންވާ ކަމެއް ނޫނެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވޮޑިގެންވާ ކަމަށް ބޭރުފުށުން އިންކާރު ކުރި ކަމުގައި ވިޔަސް އެމީހެއްގެ ހިތުގެ އަޑިން ﷲ ސުބްހާނަހޫ ވަތަޢާލާ ވޮޑިގެންވާ ކަން ޤަބޫލުކުރެވޭ ނެއެވެ.

އެޑިޓަރުގެ ނޯޓް: މިލިޔުން ލިޔުއްވާފައި ވަނީ އިސްލާމިކް މިނިސްޓްރީގެ ކުރީގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވި އަހްމަދުﷲ ޖަމީލެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުސްލިމުންގެ ގޮތަކީ އެކަކު އަނެކަކާމެދު ހެޔޮކޮށް ހީކުރުމެވެ

މުސްލިމުންގެ ގޮތަކީ އެކަކު އަނެކަކާމެދު ހެޔޮކޮށް ހީކުރުމެވެ

24 އެޕްރީލު 2022
ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުން ދާއިރު ވެސް ގައިދުރު ކުރުމާއި މާސްކު އެޅުމާމެދު ރާއްޖޭގެ ދީނީ ފަތުވާ ބަދަލެއް ނުވޭ

ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުން ދާއިރު ވެސް ގައިދުރު ކުރުމާއި މާސްކު އެޅުމާމެދު ރާއްޖޭގެ ދީނީ ފަތުވާ ބަދަލެއް ނުވޭ

05 އޯގަސްޓު 2020
ބަދަލުވަމުންދާ ޒަމާނާ އެކު އިންސާނުންގެ މެދުގައި އޮންނަ ހަމަހަމަ ކަމަށް ބުރޫ އަރަންޖެހޭތަ؟

ބަދަލުވަމުންދާ ޒަމާނާ އެކު އިންސާނުންގެ މެދުގައި އޮންނަ ހަމަހަމަ ކަމަށް ބުރޫ އަރަންޖެހޭތަ؟

21 މެއި 2019

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު