Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއޯޕްރާ ވިންފްރީ

އޯޕްރާ ވިންފްރީގެ ތަގުރީރަށް އިވަންކާ ޓްރަމްޕް ތައުރީފް ކުރައްވައިފި

9 ޖެނުއަރީ 2018 | އަންގާރަ 18:13

އެމެރިކާގެ ރައީސްކަމަށް އޯޕްރާ ވާދަކުރައްވާނެ ކަމުގެ އަޑުތައްވަނީ ފެތުރިފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 9 ޖެނުއަރީ 2018 | އަންގާރަ 18:13
އޯޕްރާގެ ތަގުރީރަށް އެތައްބައެއްގެ ތައުރީފް ލިބިގެންް ގޮސްފައިވޭ

އޯޕްރާގެ ތަގުރީރަށް އެތައްބައެއްގެ ތައުރީފް ލިބިގެންް ގޮސްފައިވޭ

ގޯލްޑަން ގްލޯބް ހަފްލާގައި، މަޝްހޫރު ޓީވީ ޕްރެޒެންޓަރ އޯޕްރާ ވިންފްރީ ދިން ތަގުރީރަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދޮށީ އަންހެން ދަރިކަނބަލުން އަދި އެޑްވައިޒަރ އިވަންކާ ޓްރަމްޕް ތައުރީފް ކުރައްވައިފިއެވެ.

އޯޕްރާގެ އެ ތަގުރީރާއެކު އެމެރިކާގައި ދެން އޮންނަ ރިޔާސީ އިންތިޚާބެއްގައި ވާދަކުރައްވަފާނެ ކަމުގެ އަޑުތައްވަނީ ފެތުރިގެން ގޮސްފައެވެ.

އިވަންކާ ވިދާޅުވީ ގޯލްޑެން ގްލޯބް އެވޯޑްސް ގައި ދިން ތަގުރީރަކީ " ބާރުވެރި ކުރުވައި އަދި ހިތްވަރު ދެނިވި ތަގގުރީރެއް" ކަމަށެވެ.

އޯޕްރާ ވާހަކަދައްކާފައި ވަނީ ނަސްލީ ތަފާތުކުރުމާއި ޖިންސީ ފުރައްސާރައާއި، އަދި ތަފާތުކުރުންތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ މުހިއްމުކަމާ ބެހޭގޮތުންނެވެ.

އެ ތަގުރީރާއިއެކު 2020 ވަނަ އަހަރު އޮންނަ އިންތިޚާބުގައި އޯޕްރާ ވާދަކުރުމަށް ގޮވާލުން އިތުރުވެފައިވާއިރު އިވަންކާގެ ބައްޕާފުޅު، ރައީސް ޓްރަމްޕްވަނީ އެ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

"ހިނގާ އަންހެނުންނާއި ފިރެހެނުން އެކުވެ ބުނަމާ #ޓައިމްސްއަޕް!" އިވަންކާގެ ޓްވީޓްގައިވެއެވެ.

ޓައިިމްސް އަޕް އަކީ ފިލްމީ ދާއިރާ އަދި އެހެނިހެން މަސައްކަތުގެ މާހައުލުގައި ދިމާވާ ޖިންސީ ފުރައްސާރައާއި ދެކޮޅަށް މަސައްކަތް ކުުރުމަށް އެހީވުމަށް ކުރިޔަށްގެންދާ ކެމްްޕެއިނެކެވެ.

އޯޕްރާގެ ތަގުރީރަށް އިވަންކާ ތާއީދު ކުރެއްވުމުން ސޯޝަލް މީޑިއާގައި އެއްބަޔަކު އެކަމާނާއަށް ފާޑުކިޔާފައިވެސްވެއެވެ. އެތައް ބަޔަކު ގަބޫލުކުރާ ގޮތުގައި 2020 ގެ ރިޔާސީ އިންތިޚާބުގައި އޯޕްރާ ނުކުތުމަށް ތާއީދު ކުރުމުގެ މާނައަކީ ރައީސް ޓްރަމްޕްއާއި ދެކޮަޅަށް ކުރެއްވި ކެމްޕޭނެކެވެ.

އެއްބަޔަކު ވަނީ އިވަންކާ ރައީސް ޓްރަމްޕްއަށާއި ޓައިމްސްއަޕް ކެމްޕެއިނަށް ތާއީދުކުރެެއްވުމުން ފާޑުކިޔާފައެވެ. ރައީސް ޓްރަމްޕްއަކީ އެތައް އަންހެނަކަށް ޖިންސީ ފުރައްސާރަކޮށް ގޯނާ ކޮށްފައިވާކަމުގެ ތުހުމަތު ކުރެވިފައިވާ ބޭފުޅެކެވެ. އެ ތުހުމަތުތައް ރައީސް ޓްރަމްޕް ދޮގު ކުރައްވައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
28 ޖެނުއަރީ 2017

މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި

28 ޖެނުއަރީ 2017
މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
26 ޖެނުއަރީ 2017

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ
25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
25 ޖެނުއަރީ 2017

އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް

25 ޖެނުއަރީ 2017
އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް
16 ޖެނުއަރީ 2017

ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި

16 ޖެނުއަރީ 2017
ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް