Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރޭންކް ރިބެރީ

އަހަރެންނަށް ހައްގު ބެލެންޑޯ ދިނީ ރޮނާލްޑޯއަށް: ރިބެރީ

9 ޖެނުއަރީ 2018 | އަންގާރަ 12:34

ރިބެރީއަށް އެފަހަރު ލިބުނީ ތިންވަނަ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 9 ޖެނުއަރީ 2018 | އަންގާރަ 12:34
2013 ވަނަ އަހަރުގެ ބެލެންޑޯ އެވޯޑު ދިނުމުގެ ހަފްލާގެ ކުރިން ރިބެރީ ނޫސްވެރިންގެ ބައްދަލުވުމުގައި

2013 ވަނަ އަހަރުގެ ބެލެންޑޯ އެވޯޑު ދިނުމުގެ ހަފްލާގެ ކުރިން ރިބެރީ ނޫސްވެރިންގެ ބައްދަލުވުމުގައި

ފީފާއިން ދިން 2013 ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލެންޑޯ އެވޯޑަކީ ބަޔާން މިއުނިކްގެ ފޯވާޑް ފްރޭންކް ރިބެރީއަށް ހައްގު އެވޯޑެއް ކަމަށާއި އެހެން ނަމަވެސް އެފަހަރުގެ އެވޯޑު ދީފައިވަނީ ރެއާލް މެޑްރިޑްގެ ފޯވާޑް އަދި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ކަމަށް ރިބެރީ ބުނެފިއެވެ.

އޭރު މި އެވޯޑަކީ ފީފާ އަދި ފްރާންސްގެ މަޖައްލާއެއް ކަމަށްވާ 'ފްރާންސް ފުޓްބޯލް' ގުޅިގެން ދިން އެވޯޑެކެވެ. އެހެން ނަމަވެސް މިހާރު ފީފާއިން ދެމުން އަންނަ އެވޯޑަކީ މަޖައްލާއާއެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށް ފަހު ދެމުން އަންނަ އެވޯޑެކެވެ. އެފަހަރުގެ އެވޯޑު ރޮނާލްޑޯ ގެންދިޔައީ ވޯޓުގެ 27.99 އިން ސައްތައާއެކުއެވެ. ރިބެރީ މިބީދައިން ވާހަކަ ދައްކާފައިވާއިރު އޭނާއަށް އެފަހަރު ލިބުނީ ވެސް ތިންވަނައެވެ. އޭނާގެ ކުރިން 24.72 އިން ސައްތަ އާއެކު ބާސެލޯނާގެ ފޯވާޑް ލިއޮނެލް މެސީއަށް ދެވަނަ ލިބުނުއިރު ރިބެރީއަށް ތިންވަނަ ލިބުނީ 23.36 އިން ސައްތައާއެކުއެވެ.

ބަޔާން މިއުނިކްއާއެކު އެފަހަރުގެ ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގާއި ޖަރުމަނު ކަޕްގެ އިތުރުން ޖަރުމަނު ބުންޑެސްލީގާ ރިބެރީ ކާމިޔާބުކުރިއެވެ. އެހެން ނަމަވެސް ރޮނާލްޑޯއަށް ރެއާލްއާއެކު އެއްވެސް ތައްޓެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އެފަހަރުގެ ބެލެންޑޯ ރޮނާލްޑޯއަށް ލިބުނީ އޭނާ ޖެހި ލަނޑުގެ އަދަދު އިތުރުވުމުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެގޮތުން ރެއާލްއަށް ކުޅުނު 56 މެޗުގައި އޭނާ 66 ލަނޑު ޖެހިއިރު ބަޔާންއަށް ކުޅުނު 52 މެޗުގައި ރިބެރީއަށް ޖެހުނީ އެންމެ 22 ލަނޑެވެ.

ފްރާންސްގެ ޓީވީ ޗެނަލްއަކަށް ދިން އިންޓަވިއުއެއްގައި ރިބެރީ ބުނީ އޭނާއަށް ލިބެން ޖެހޭ ބެލެންޑޯ އޭނާ އަތުން އެފަހަރު ފޭރުނީ ކަމަށާއި އެއީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ. ހަމައެހެންމެ ބަޔާންއާއެކު ކާމިޔާބު ކުރެވެން ހުރި ހުރިހާ މުބާރާތެއް ކާމިޔާބުކުރިކަން ފާހަގަކުރަމުން ރިބެރީ ބުނީ އެ އެވޯޑު ހޯދުމަށް އިތުރަށް ކުރަން ޖެހޭ ކަމެއް އޭނާއަށް ނޭނގޭ ކަމަށެވެ.

އޭނާ ބުނީ އަމިއްލަ ގައުމުގެ މީހުންގެ ސަޕޯޓު ވެސް އޭނާއަށް ނުލިބުނު ކަމަށާއި ފްރާންސްގެ އެންމެން ވެސް ބުނަމުންދިޔައީ ބެލެންޑޯއަކީ ރޮނާލްޑޯއަށް ދޭންޖެހޭ އެވޯޑެއް ކަމަށެވެ. އެހެން ނަމަވެސް ޕޯޗުގަލްގެ ރައްޔިތުން އޭނާއަށް ބެލެންޑޯ ދޭން ނުބުނާ ކަމަށާއި އަމިއްލަ ގައުމުގެ މީހުން ވެސް އޭނާއަށް ބެލެންޑޯ އެވޯޑު ލިބެންޖެހޭކަން ގަބޫލުނުކުރާތީ ވަރަށް ދެރަވާ ކަމަށް ރިބެރީ ހާމަކުރިއެވެ.

ލަދުވެތި ގޮތަކަށް 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ފީފާ ވޯލްޑް ކަޕްއިން ފްރާންސް ކެޓިއިރު ޓީމުގެ ތެރޭގައި މަސްލަހަތު ގެއްލުވާލުމަށް އެންމެ ގިނަ މަސައްކަތްކުރީ ރިބެރީ ކަމަށް ބުނާ ބުނުމަށް އޭނާ ވަނީ ރައްދު ދީފައެވެ.

އުމުރުން 34 އަހަރުގެ މިޑްފީލްޑަރު މިކަމާއި ގުޅޭގޮތުން ބުނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތެރޭގައި ފްރާންސްގެ ޓީމުގެ ތެރޭގައި ޖެހުނު މައްސަލަތަކުގެ ޒިންމާ އަޅުވާނެ މީހެއްގެ ގޮތުގައި މީޑިއާއަށް ފެނުނީ އޭނާ ކަމަށާއި އޭނާގެ މައިންބަފައިން ވެސް އެކަން ގަބޫލްކުރި ކަމަށެވެ. އަދި ފްރާންސްގެ މީޑިއާތަކުން ކުރި ކަނަތައްތައް ދުވަހަކު ވެސް ހަދާނުން ފިލައިގެން ނުދާނެ ކަމަށާއި އެ މީޑިއާތަކުން އަސްލު ހަގީގަތް އޮޅުވާލި ކަމަށެވެ.

ބަޔާންއާއެކު ރިބެރީ ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު 2007 ވަނަ އަހަރު އެ ޓީމާއި ގުޅުނު ފަހުން އޭނާ ވަނީ އެ ޓީމަށް 237 މެޗު ކުޅެދީ 75 ލަނޑު ޖަހައިދީފައެވެ. އޭނާވަނީ ބަޔާންއާއެކު 20 ތައްޓެއް ކާމިޔާބު ކޮށްފައެވެ.

އިތުރަށް ކިޔާލަން

17 އޯގަސްޓު 2017

ރޮނާލްޑޯއަށް ދިން އަދަބާ މެދު އޭނާ ނުރުހުން ފާޅުކޮށްފި

17 އޯގަސްޓު 2017
ރޮނާލްޑޯއަށް ދިން އަދަބާ މެދު އޭނާ ނުރުހުން ފާޅުކޮށްފި
15 އޯގަސްޓު 2017

ރޮނާލްޑޯއަށް ރަތްކާޑު ހައްގެއް ނޫން: ޒިދާން

15 އޯގަސްޓު 2017
ރޮނާލްޑޯއަށް ރަތްކާޑު ހައްގެއް ނޫން: ޒިދާން
19 ޖުލައި 2017

މިއީ އަމިއްލައިން ބުއި ބޮނޑިއެއް، ޓީސީއަށް ގަދަ ހަތަރެއްގެ ޖާގަ ހައްގު: ސާންތި

19 ޖުލައި 2017
މިއީ އަމިއްލައިން ބުއި ބޮނޑިއެއް، ޓީސީއަށް ގަދަ ހަތަރެއްގެ ޖާގަ ހައްގު: ސާންތި
27 މެއި 2017

ބުފޮން އަށް "ބެލަންޑިއޯ" އެވޯޑް ހައްގު: އެމްބާޕޭ

27 މެއި 2017
 ބުފޮން އަށް "ބެލަންޑިއޯ" އެވޯޑް ހައްގު: އެމްބާޕޭ
18 މެއި 2017

ކުޅުންތެރިންނަށް ކަނޑައެޅިފައި ވަނީ ހައްގު އަދަބު: އެފްއޭއެމް

18 މެއި 2017
ކުޅުންތެރިންނަށް ކަނޑައެޅިފައި ވަނީ ހައްގު އަދަބު: އެފްއޭއެމް
17 މެއި 2017

ޕުޔޯލްގެ ނަޒަރުގައި ރޮނާލްޑޯއަށްވުރެ މޮޅީ މެސީ

17 މެއި 2017
 ޕުޔޯލްގެ ނަޒަރުގައި ރޮނާލްޑޯއަށްވުރެ މޮޅީ މެސީ
13 މެއި 2017

ހުރިހާ ޝުކުރެއް ހައްގުވަނީ ކުޅުންތެރިންނަށް: ސެކުލޮސްކީ

13 މެއި 2017
ހުރިހާ ޝުކުރެއް ހައްގުވަނީ ކުޅުންތެރިންނަށް: ސެކުލޮސްކީ
28 އެޕްރީލު 2017

މިއީ ޓީސީ އަށް ހައްގު މޮޅެއް، އީގަލްސް އަށް މަސައްކަތް ނުކުރެވުނު: ޝާކިއްޓެ

28 އެޕްރީލު 2017
މިއީ ޓީސީ އަށް ހައްގު މޮޅެއް، އީގަލްސް އަށް މަސައްކަތް ނުކުރެވުނު: ޝާކިއްޓެ
08 އެޕްރީލު 2017

ކުޅުނު ކުޅުމަށް ބަލާއިރު މި ލިބުނީ ހައްގު 3 ޕޮއިންޓު: ޓަވަރޭޒް

08 އެޕްރީލު 2017
ކުޅުނު ކުޅުމަށް ބަލާއިރު މި ލިބުނީ ހައްގު 3 ޕޮއިންޓު: ޓަވަރޭޒް
21 ފެބުރުއަރީ 2017

މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

21 ފެބުރުއަރީ 2017
މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް