Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މާލެ ލީގު

މިއީ އަމިއްލައިން ބުއި ބޮނޑިއެއް، ޓީސީއަށް ގަދަ ހަތަރެއްގެ ޖާގަ ހައްގު: ސާންތި

އީގަލްސް ވަނީ ޕްރެމިއާ ލީގުން ޖާގަ ނުލިބި މާލެ ލީގު ޕްލޭއޮފްގައި ކުޅެން ޖެހިފައި

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 19 ޖުލައި 2017 | ބުދަ 15:48
އީގަލްސްގެ ކޯޗް އިހްސާން އަބްދުލް ގަނީ

އީގަލްސްގެ ކޯޗް އިހްސާން އަބްދުލް ގަނީ

މެޗުން ބަލިވީ މާބޮޑަށް ފަސޭހަ ކޮށްލެވިގެން ކަމަށާއި، ޕްރެމިއާ ލީގަށް ކޮލިފައިވާން ލިބުނު ފުރުސަތު ނަގާލުން މިއީ އަމިއްލައިން ބުއި ބޮނޑިއެއް ކަމަށް ކްލަބް އީގަލްސްގެ ކޯޗް އިހުސާން އަބްދުލް ޣަނީ (ސާންތި) ބުނެފިއެވެ.

އެސްޓީއޯ މާލެ ލީގުގެ ފަހު މެޗުގައި ގްރީން ސްޓްރީޓާއި ދެކޮޅަށް ކުޅުނު މެޗް ކާމިޔާބުކޮށްގެން އީގަލްސްއަށް ޕްރެމިއާ ލީގަށް ކޮލިފައިވުމުގެ ފުރުސަތު އެޓިމަށް އޮތީ ލިބިފައެވެ. ނަމަވެސް އެޓިމަށް ފުރުސަތު ގެއްލުނީ ގްރީން ސްޓްރީޓް އަތުން 1-0 އިން ބަލިވުމުނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސާންތި ބުނީ، މެޗުގައި ކުޅުންތެރިން ވަރަށް ހިތްވަރު ކުރި ކަމަށާއި ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ނުހިފުނީ ކަމަށެވެ. އެގޮތުން ޕްރެމިއާ ލީގުގެ ފަހު ޖާގަ ޓީސީއަށް ހައްގު ކަމަށާއި، ފުރުސަތު ހަނިކޮށް އޮތް ނަމަވެސް އެޓީމުން ވަރަށް ރަނގަޅަށް މަސައްކަތް ކުރި ކަމަށް ސާންތި ވަނީ ބުނެފައެވެ.

އިތުރަށް ވާހަކަ ދައްކަމުން ސާންތި ބިނީ، ކުރިމަގާމެދު ވަރަށް އަވަހަށް ގޮތެއް ނިންމާނަން ކަމަށާއި، ނަމަވެސް އީގަލްސް ގައި އިތުރަށް މަޑު ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުދެކެން ކަމަށެވެ. އެގޮތުން ސާންތި ބުނީ، އީގަލްސް ފަދަ ކުލަބަކަށް ބަލާނަމަ މިފަހަރުގެ ސީޒަނުގައި ކުލަބުން ވަރަށް ބޮޑު ހަރަދެއް ކޮށްފި ކަމަށާއި، އޭނާ ބޭނުންވާ ހުރިހާކަމެއް ޓީމުން ފުރިހަމަ ކޮށްދީފައި ވާކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި އޭނާ ޒިންމާ އަދާކުރަންޖެހޭ ވަރަށް އަދާކުރެވިފައި ނުވާކަން އޭނާ ގަބޫލުކުރާ ކަމަށްވެސް ސާންތި ބުންޏެވެ.

އީގަލްސް އަށް ޕްރެމިއާ ލީގުން ފުރުސަތު ގެއްލުމުން ދެން އެޓީމަށް ޖެހޭނީ މާލެ ލީގު ޕްލޭއޮފްގައި ކުޅޭށެވެ. އެގޮތުން ޕްލޭއޮފްގައި އީގަލްސްގެ އިތުރުން ދެން ކުޅޭނީ، ވިކްޓްރީ ސްޕޯޓްސް ކުލަބާއި، ވެލެންސިއާ އާއި، ޔުނައިޓެޑް ވިކްޓްރީއެވެ. މީގެ އިތުރުން ސެކަންޑް ޑިވިޝަންގެ އެންމެ ގަދަ ދެޓީމް ކަމަށްވާ ކްލަބް ޒެފްރޯލް އާއި ކުޑަހެންވޭރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް

ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް

08 އެޕްރީލު 2017
މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

11 މާރިޗު 2017
މިއީ ރަނގަޅު ފެށުމެއް، ނަތީޖާ އެނބުރުނީ ކުޅުންތެރިންގެ މަސައްކަތުން: ނިޒާމްބެ

މިއީ ރަނގަޅު ފެށުމެއް، ނަތީޖާ އެނބުރުނީ ކުޅުންތެރިންގެ މަސައްކަތުން: ނިޒާމްބެ

11 މާރިޗު 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން

މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން

26 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު