Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފުޓުބޯޅަ

ޕުޔޯލްގެ ނަޒަރުގައި ރޮނާލްޑޯއަށްވުރެ މޮޅީ މެސީ

ރޮނާލްޑޮ އަކީ ފުޓުބޯޅައިގެ ތާރީހުގައިވެސް ދެކުނު އެންމެ މޮޅު ކުޅުންތެރިޔާ

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 17 މެއި 2017 | ބުދަ 22:18
ބާސެލޯނާގެ ތަރި މެސީ އާއި ރެއާލް މެޑްރިޑްގެ ތަރި ރޮނާލްޑޯ

ބާސެލޯނާގެ ތަރި މެސީ އާއި ރެއާލް މެޑްރިޑްގެ ތަރި ރޮނާލްޑޯ

ޕޯޗުގަލްގެ ކެޕްޓަން އަދި ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަކީ ފުޓުބޯޅައިގެ ތާރީހުގައިވެސް ދެކުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށާއި، ނަމަވެސް އޭނާގެ ނަޒަރުގައި ލިއޮނަލް މެސީ އެއަށްވުރެވެސް މޮޅުކަމަށް، ސްޕެއިން ގައުމީ ޓީމު އަދި ބާސެލޯނާގެ ކުރީގެ ކެޕްޓަން ޕުޔޯލް ބުނެފިއެވެ.

އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ 17 އަހަރުން ދާށުގެ ފީފާ ވޯލްޑް ކަޕްގެ ރިޕޯޓަރުންނާއި ވާހަކަ ދައްކަމުން ޕުޔޯލް ބުނީ، ފެށުނީއްސުރެވެސް ރޮނާލްޑޯ އާއި މެސީގެ ކުޅުމާއި މެދު ގިނަ ފަރާތްތަކެއްގެ މެދުގައި ވާދަވެރި، ބޮޑު ބަހުސެއް ކުރެވެމުން އަންނަ ކަމަށާއި، އޭނާ ދެކޭގޮތުގައި އެއީ އެ ދެކުޅުންތެރިން ކުރި އަރައިގެން ދާން ލިބުނު ބޮޑު ހިތްވަރެއް ކަމުގައި ދެކޭކަމަށެވެ.

ޕުޔޯލް ބުނީ، އޭނާ ދެކޭ ގޮތުގައި މެސީ އަކީ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި، މެސީ ވަނީ އޭނާއަށް ފުޓުބޯޅައިން އެތައް ގިނަ އުފާތަކެއް ހޯދައިދީފައި ކަމަށެވެ. އަދި މެސީ އާއި އެކު ކުޅުނު އިރާއި ފާއިތުވި 10 އަހަރުގައިވެސް މެސީ އަންނަނީ އަހަރަކަށްވުރެ އަހަރެއް ކުރިއަރަމުން ކަމަށް ޕުޔޯލް ވަނީ ބުނެފައެވެ.

ޕުޔޯލް ބުނީ، އޭނާ އެންމެ ދެކެން ބޭނުންވަނީ މެސީ ގައުމީ ޓީމާއިއެކު ރަން ކާމިޔާބީއެއް ހާސިލްކުރާ ދުވަސް ކަމަށާއި، ކުލަބު ލެވެލް އާއި އިންޑިވިޖުއަލް ކާމިޔާބީތަކަށް ބަލާއިރު މެސީއަށް ދެވެން އޮތް އެންމެ ފުރިހަމަ ލެވެލްއަށް އޭނާ ގޮސްފި ކަމަށެވެ.

2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް މެސީ އަދި ރޮނާލްޑޯ ފިޔަވާ އެހެން ކުޅުންތެރިއަކަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބިފައި ނުވާއިރު، މިހާތަނަށް މި ދެ ކުޅުންތެރިން އެކުގައި 9 ބެލެންޑިއޯ ވަނީ ހޯދާފައެވެ. އޭގެ ތެރެއިން 4 ފަހަރު ރޮނަލްޑޯ، ބެލެންޑިއޯ ހޯދާފައި ވާއިރު އަނެއް 5 ފަހަރު މި މަގާމް ހޯދާފައިވަނީ މެސީއެވެ.

އިތުރަށް ކިޔާލަން

01 ޖުލައި 2017

މެސީ އެންމެ ފަހުން ކައިވެނިކޮށްފި

01 ޖުލައި 2017
މެސީ އެންމެ ފަހުން ކައިވެނިކޮށްފި
27 ޖޫން 2017

މެސީގެ ކޮންޓްރެކްޓް އާ ކުރުމުގެ މަސައްކަތް އޮތީ ގާތްގަނޑަކަށް ނިމިފައި: ބާސާ

27 ޖޫން 2017
މެސީގެ ކޮންޓްރެކްޓް އާ ކުރުމުގެ މަސައްކަތް އޮތީ ގާތްގަނޑަކަށް ނިމިފައި: ބާސާ
10 ޖޫން 2017

ކޮންޓްރެކްޓް އާކުރަން މެސީ އެއްބަސްވެއްޖެ

10 ޖޫން 2017
ކޮންޓްރެކްޓް އާކުރަން މެސީ އެއްބަސްވެއްޖެ
04 ޖޫން 2017

އެންރީކޭ އާއި އެކު ހޭދަކުރީ އުފާވެރި ދުވަސްތަކެއް: މެސީ

04 ޖޫން 2017
އެންރީކޭ އާއި އެކު ހޭދަކުރީ އުފާވެރި ދުވަސްތަކެއް: މެސީ
24 މެއި 2017

ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި

24 މެއި 2017
ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު